Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޭސީސީ ލުތުފީ

އޭސީސީގެ ރައީސް ލުތުފީއަށް މަހުލޫފްގެ ދެ ސުވާލެއް!

މަހްލޫފް ކުރައްވާފައިވާ ފުރަތަމަ ސުވާލަކީ، ފްލެޓް ބައްލަވައިގަންނަވަން އުޅުއްވާކަން އެނގޭއިރު އެކަން ތަހުޤީޤ ނުކުރީ ކީއްވެތޯ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 5 މެއި 2018 | ހޮނިހިރު 04:36
އޭސީސީގެ ރައީސް ހަސަން ލުތުފީ - އޭނާ ފުލުހުންގެ އިދާރާއަށް ދެއްވި ބަޔާން ވަނީ ލީކުވެފައި

އޭސީސީގެ ރައީސް ހަސަން ލުތުފީ - އޭނާ ފުލުހުންގެ އިދާރާއަށް ދެއްވި ބަޔާން ވަނީ ލީކުވެފައި

އޭސީސީގެ ރައީސް ހަސަން ލުތުފީ ފުލުހުންގެ ތަހުޤީޤަށް ދެއްވާފައިވާ ސިއްރު ބަޔާން ލީކުކޮށްލާފައިވާއިރު، އެ ބަޔާނާއި ގުޅިގެން ލުތުފީއަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ދެ ސުވާލެއް ކުރައްވައިފި އެވެ.

ފުލުހުންގެ ތަހުޤީޤަށް، ލުތުފީ ދެއްވާފައިވާ ބަޔާނުގައި ބުނެފައިވާގޮތުގައި ދެ ފަނޑިޔާރުންނާއި، ހަސަން ސައީދު މެލޭޝިޔާއިން ފްލެޓެއް ބައްލަވައިގަންނަވަން އުޅުއްވިކަމުގެ މައުލޫމާތު އޭނާއަށް ލިބިވަޑައިގެންފައިވެއެވެ. އަދި އެ ފަނޑިޔާރުން ފްލެޓް ބައްލަވައިގަތުމަށް ފައިސާ ދެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްކަމުގެ މައުލޫމާތު ވެސް އޭނާއަށް ލިބިވަޑައިގެންފައިވެއެވެ.

Advertisement - newsAdvertisement

އެ ނުކުތާ ފާހަގަކޮށް، މަހުލޫފް ލުތުފީއާ ކުރައްވާފައިވާ ފުރަތަމަ ސުވާލަކީ ފްލެޓް ގަންނަކަމާއި، ފްލެޓަށް ފައިސާ ދައްކަނީ ޤާސިމް ކަމަށް ތުހުމަތުކުރެވުނު ކަމަށް ބަޔާނުގައި ވިދާޅުވެފައިވާއިރު، އޭސީސީއިން އެކަން ތަހުޤީޤް ނުކުރީ ކީއްވެތޯ އެވެ. ދެވަނަ ސުވާލެއްގެ ގޮތުން މަހުލޫފް ކުރައްވާފައިވަނީ، ސުޕްރީމް ކޯޓުން ސަރުކާރު ވައްޓާލަން އުޅުނުކަމަށް ޤަބޫލުކުރެވުނުއިރު އެކަން ފުލުހުންގެ އިދާރާއަށް އަދި ރައީސް އަބްދުﷲ ޔާމީނަށް ހުށަނޭޅުއްވީ ކީއްވެތޯ އެވެ.

ދައުލަތުގެ ސިއްރު ލިޔުމެއްގެ ގޮތުގައި ވަނިކޮށް، ލީކުވެފައިވާ ލުތުފީގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ތެރެއިން ވެރިކަން ވައްޓާލަން ރޭވުންތަކެއް ރޭވިކަން އެނގިގެން ސަރުކާރާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރުމަށް ފަނޑިޔާރު އަލީ ހަމީދަށާއި ހަސަން ސައީދަށް އިންޒާރު ދެއްވި ކަމަށެވެ.

އެ ބަޔާނުގައި ލުތުފީ ވިދާޅުވެފައި ވަނީ ފެބްރުއަރީ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން އަމުރު ނެރުނުއިރު، އޭނާ ހުންނެވީ ހުޅުމާލެ ޝްވެކް ސިނަމާގައި "ޕަދްމާވަތު" ފިލްމު ބެލުމަށް ކަމަށެވެ. ސިނަމާގައި އިންދާ ސުޕްރީމް ކޯޓުގެ އަމުރު ނެރުނު ކަމުގެ މެސެޖުތައް ލިބެން ފެށުމުން، އަލީ ހަމީދާއި ހަސަން ސައީދަށް ގުޅޭތޯ މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެބޭފުޅުން ފޯނު ނުނެންގެވި ކަމަށް ލުތުފީ ވިދާޅުވެފައިވެއެވެ. އަދި އެ ދެ ބޭފުޅުންނަށް ފޮނުއްވެވި މެސެޖަށް ވެސް ޖަވާބު ދީފައި ނުވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އެވަގުތު ލުތުފީގެ ހިތަށް އެރި ވާހަކަތަކެއް އޭނާގެ ބަޔާނުގައި ލިޔެފައިވެއެވެ. އެގޮތުން، "މިއީ ކޮން ކަމެއް ހެއްޔޭ"، "ތިހާ މުނާފިގު ވާކަށް ނުވާނެއޭ" ބުނެ، އަލީ ހަމީދާއި ހަސަން ސައީދު އަރިހުގައި އެ ވާހަކަތައް ވިދާޅުވާން ބޭނުންފުޅުވި ކަމަށް ލުތުފީގެ ބަޔާނުގައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު