Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަހްމޫދު އައްބާސް

މަހްމޫދު އައްބާސް ޕީއެލްއޯގެ އެގްޒެކެޓިވް ކޮމިޓީގެ ޗެއާމަނަކަށް އަނެއްކާވެސް ހޮވިވަޑައިގެންފި

4 މެއި 2018 | ހުކުރު 06:56

ޕީއެލްއޯ ގެ އެގްޒެކެޓިވް ކޮމިޓީ ޗެއާމަންކަމުގެ މަގާމަކީ ވޯޓަކުން އިންތިޚާބު ކުރާ މަގާމެއް ނޫން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 4 މެއި 2018 | ހުކުރު 06:56
ފަލަސްތީނުގެ ލީޑަރު މަހްމޫދް އައްބާސް

ފަލަސްތީނުގެ ލީޑަރު މަހްމޫދް އައްބާސް

އިސްރާއީލުގެ އަޅުވެތި ކަމުން ފަލަސްތީނު މިނިވަން ކުރުމަށް މަސައްކަތް ކުރަމުންދާ ޖަމާއަތެއް ކަމަށްވާ ފަލަސްތީނުގެ "ޕަލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)" ގެ އެގްޒެކެޓިވް ކޮމިޓީގެ ޗެއާމަނަކަށް، ފަލަސްތީނުގެ ލީޑަރު މަހްމޫދު އައްބާސް ހޮވިވަޑައިގެންފިއެވެ.

މަހްމޫދު އައްބާސް ޕީއެލްއޯގެ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންނެވީ ޕީއެލްއޯގެ ނެޝަނަލް ކައުންސިލުން ހުޅަނގު އައްސޭރީގެ ރާމަﷲ ގައި ބޭއްވި ހަތަރު ދުވަހުގެ ބައްދަލުވުމަކަށްފަހުގައެވެ. ޕީއެލްއޯގެ އެންމެ އިސް ބޮޑީ އަކީ އެ ޖަމާއަތުގެ އެގްޒެކެޓިވް ބޮޑީ ކަމަށްވާއިރު، އެ ބޮޑީ ހޮވަނީ ޕީއެލްއޯގެ ނެޝެނަލް ކައުންސިލުންނެވެ.

ޕީއެލްއޯގެ ނެޝެނަލް ކައުންސިލުގެ ބައްދަލުވުމަކަށް މަހްމޫދު އައްބާސް ގޮވާލެއްވީ، އިސްރާއީލުގެ ވެރިރަށަކީ ޖެރޫސަލަމް ކަމަށް އެމެރިކާ އިން ގަބޫލުކުރާކަން، ރައީސް ޓްރަމްޕް އިއުލާންކުރެއްވުމާ ގުޅިގެންނާއި އަދި އެމެރިކާގެ އެމްބަސީ ޖެރޫސަލަމް އަށް ބަދަލުކުރާކަން އިއުލާން ކުރުމާ ގުޅިގެން އެކަމަށް ރައްދު ދޭނީ ކޮންގޮތަކަށް ކަމާމެދު އުސޫލުތަކެއް އެކުކަވާލުމަށެވެ.

ޕީއެލްއޯގެ ނެޝަނަލް ކައުންސިލުގެ ބައްދަލުވުމެއް ހޯމަ ދުވަހު ފެށިއިރު މިއީ 22 އަހަރުތެރޭ ބާއްވާ، އެ ކައުންސިލުގެ ފުރަތަމަ ބައްދަލުވުމެވެ.

ޕީއެލްއޯ ގެ އެގްޒެކެޓިވް ކޮމިޓީ ޗެއާމަންކަމުގެ މަގާމަކީ ވޯޓަކުން އިންތިޚާބު ކުރާ މަގާމެއް ނޫނެވެ. ޕީއެލްއޯ ގެ އެގްޒެކެޓިވް ކޮމިޓީ އަށް ޗެއާމަނަކު ހޮވަނީ ޕީއެލްއޯގެ އެކި ފެކްޝަންތަކާ މަޝްވަރާ ކުރުމަށްފަހުގައެވެ.

ޕީއެލްއޯގެ ނެޝަނަލް ކައުންސިލުގެ ބައްދަލުވުން، ހަމާސް އާއި އިސްލާމިކް ޖިހާދް ވަނީ ބޯއިކޮޓްކޮށްފައެވެ. އަދި ޕީއެލްއޯގެ ބައެއް ފެކްޝަންތަކުންވެސް ބޯއިކޮޓް ކުރިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 ޖުލައި 2023

މަސްރަހު ފިނިކުރުމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ޖެނިން ރެފިޔުޖީ ކޭމްޕަށް ވަޑައިގެންފި

13 ޖުލައި 2023
މަސްރަހު ފިނިކުރުމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ޖެނިން ރެފިޔުޖީ ކޭމްޕަށް ވަޑައިގެންފި
25 ސެޕްޓެމްބަރު 2022

ޝީރީންގެ ޤާޠިލުންނަށް ދައުވާ ކުރުމަށް އައްބާސް ގޮންޖައްސަވައިފި

25 ސެޕްޓެމްބަރު 2022
ޝީރީންގެ ޤާޠިލުންނަށް ދައުވާ ކުރުމަށް އައްބާސް ގޮންޖައްސަވައިފި
25 ފެބުރުއަރީ 2019

މަހްމޫދް އައްބާސްގެ އިސްތިއުފާއަށް ގޮވާލައި ޢައްޒާގައި މުޒާހަރާކޮށްފި

25 ފެބުރުއަރީ 2019
މަހްމޫދް އައްބާސްގެ އިސްތިއުފާއަށް ގޮވާލައި ޢައްޒާގައި މުޒާހަރާކޮށްފި
25 ޖޫން 2018

އެމެރިކާއިން އުޅެނީ ރައީސް މަހުމޫދު އައްބާސް ވެރިކަމުން ވައްޓާލަން:ފަލަސްތީނު

25 ޖޫން 2018
އެމެރިކާއިން އުޅެނީ ރައީސް މަހުމޫދު އައްބާސް ވެރިކަމުން ވައްޓާލަން:ފަލަސްތީނު
23 ފެބުރުއަރީ 2018

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަނީ!

23 ފެބުރުއަރީ 2018
ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަނީ!
23 ޖެނުއަރީ 2018

ފަލަސްތީނު ދައުލަތެއްގެ ގޮތުގައި އަވަހަށް ބަަލައިގަތުމަށް އައްބާސް އީޔޫއަށް ދަންނަވައިފި

23 ޖެނުއަރީ 2018
ފަލަސްތީނު ދައުލަތެއްގެ ގޮތުގައި އަވަހަށް ބަަލައިގަތުމަށް އައްބާސް އީޔޫއަށް ދަންނަވައިފި
04 ޖެނުއަރީ 2018

އެމެރިކާ އިން ބިރުދެއްކިޔަސް، ގުދުސް އަކީ ވިއްކާ ބިމެއް ނޫން:އައްބާސް

04 ޖެނުއަރީ 2018
އެމެރިކާ އިން ބިރުދެއްކިޔަސް، ގުދުސް އަކީ ވިއްކާ ބިމެއް ނޫން:އައްބާސް
23 ޑިސެމްބަރު 2017

ސުލްހައިގެ ވާހަކަތަކުގެ މެދުވެރިއަކަށް އީޔޫ ވެދިނުމަށް އައްބާސް އެދިވަޑައިގެންފި

23 ޑިސެމްބަރު 2017
ސުލްހައިގެ ވާހަކަތަކުގެ މެދުވެރިއަކަށް އީޔޫ ވެދިނުމަށް އައްބާސް އެދިވަޑައިގެންފި
07 ޑިސެމްބަރު 2017

މެދުއިރުމަތީގެ ސުލްހައިގެ ވާހަތަކަތަކުގެ މެދުވެރިއަކަށް އެމެރިކާއަކަށް ނުވެވޭނެ: މަހްމޫދު އައްބާސް

07 ޑިސެމްބަރު 2017
މެދުއިރުމަތީގެ ސުލްހައިގެ ވާހަތަކަތަކުގެ މެދުވެރިއަކަށް އެމެރިކާއަކަށް ނުވެވޭނެ: މަހްމޫދު އައްބާސް
20 އެޕްރީލު 2017

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

20 އެޕްރީލު 2017
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް