Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގުދުސްގެ މައްސަލަ

ފަލަސްތީނު ދައުލަތެއްގެ ގޮތުގައި އަވަހަށް ބަަލައިގަތުމަށް އައްބާސް އީޔޫއަށް ދަންނަވައިފި

އީޔޫގެ ނުވަ ގައުމަކުން މިހާރު ވެސް ފަލަސްތީނު ދައުލަތެއް ކަމަށް ބަލައިގަނޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2018 | އަންގާރަ 01:54
އީޔޫގެ ޚާރިޖީ ގުޅުުންތަކާ ބެހޭ ވެރިޔާ ފެޑެރިކާ މޮގަރިނީ (ކ) އަދި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އީޔޫގެ މައި މަރުކަޒުގައި ބައްދަލުކުރައްވަނީ

އީޔޫގެ ޚާރިޖީ ގުޅުުންތަކާ ބެހޭ ވެރިޔާ ފެޑެރިކާ މޮގަރިނީ (ކ) އަދި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އީޔޫގެ މައި މަރުކަޒުގައި ބައްދަލުކުރައްވަނީ

އިރުމަތީ ގުދުސްއަކީ އެ ދައުލަތުގެ ވެރިރަށް ކަމަށް ބަލައިގަނެ ފަލަސްތީނުގެ ދައުލަތެއް ކަމަށް "އަވަހަށް" ބަލައިގަތުމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އެދިވަޑައިގެންފިއެވެ.

ބްރަސަލްސްގައި ހުންނަވައި ހޯމަ ދުވަހު އައްބާސް މިހެން ވިދާޅުވެފައި މި ވަނީ ހަމަ އެދުވަހު އިސްރާއީލުގެ ގާނޫނުހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން، އަންނަ އަހަރު ނިމުމުގެ ކުރިން އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލުކުރާނެ ކަމަށް އެމެރިކާގެ ނާއިބު ރައީސް މައިކް ޕެންސް ވައުދުވެ ވަޑައިގެންފައިވަނިކޮށެވެ.

ގުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ބަލައިގަނެ އެމްބަސީ ގުދުސްއަށް ބަދަލުކުރުމަށް މިދޔަ މަހު އެމެރިކާ އިން ނިންމި ނިންމުމާ ގުޅިގެން ފަލަސްތީނުން ވަނީ ޕެންސްގެ ދަތުރުފުޅު ބޮއިކޮޓްކޮށްފައެވެ.

އީޔޫގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި އައްބާސް ވަނީ 28 ގައުމު ހިމެނޭ އެ ބްލޮކަކީ ހަގީގީ ބައިވެރިއެއް އަދި އެކުވެރިޔެއް ކަމަށް ވިދާޅުވެ މެދުއިރުމަތީގެ މައްސަލައިގައި ސިޔާސީ ގޮތުން ކުރެވޭ މަސައްކަތްތައް އިތުރުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އައްބާސް ވިދާޅުވީ ފަލަސްތީނަކީ ދައުލަތެއް ކަމަށް އީޔޫއިން ބަލައިގަތުމަކުން އިސްރާއީލާ އެކު ކުރިޔަށް ގެންދާ ސުލްހައިގެ ވާހަކަތަކަށް ބުރުލެއް ނާރާނެ ކަމަށާއި އޭގެ ބަދަލުގައި އެކަން ވާނީ ސުލްހައަށް ކުރާ އިންތިޒާރުގައި ފަލަސްތީނުގެ ރައްޔިތުންނަށް ލިބޭ ހިތްވަރަކަށް ކަމަށެވެ.

މީގެ އިތުރުން ހޯމަ ދުވަހުގެ ފަހުގެ ވަގުތެއްގައި އައްބާސް ވިދާޅުވެފައި ވަނީ ގުދުސްގެ މައްސަލައިގައި އީޔޫ އިން ފަލަސްތީނާ އެއްބަސްވާ ކަމަށެވެ. އަދި އީޔޫ އަށް މައްސަލަ އެނގޭ ކަމަށާއި ނަމަވެސް އަދި ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާ މެދު އެ ޖަމާތުން ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އެގޮތަށް ނިންމާފައި ނުވަނީ އެކަމާ ބެހޭ ގޮތުން އިތުރު ބައްދަލުވުމެއް ބޭއްވުމަށް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއްގެ ވެރިރަށުގެ ގޮތުގައި ފަލަސްތީނުން ދެކޭއިރު، ފަލަސްތީނުގެ ބިންތަކަށް ވެރިވެގެންފައިވާ އިޒްރޭލުގެ ދައުލަތުން ދެކެނީ އިރުމަތީ ގުދުސް ހިމެނޭ ގޮތަށް މުޅި ގުދުސްއަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައެވެ.

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ އިން ބަލައިގަނެ، ޓެލް އަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމަށް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައި ވަނީ، އިރުމަތީ ގުދުސްގެ ގާނޫނީ ހައިސިއްޔަތަށް އެއްވެސް ބަދަލެއް އަންނާނެ ނިންމުމެއް ނުނިންމޭނެ ކަމަށް ކަނޑައަޅައި، އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާއި ޚިލާފަށެވެ. އަދި ޓްރަމްޕްގެ ނިންމެވުމަކީ ބާތިލް އަދި ޣައިރު ގާނޫނީ ނިންމެވުމެއް ކަމަށް ކަނޑައަޅައި، އދ. ގެ އާއްމުން މަޖިލީހުން ގަރާރެއް ފާސްކޮށްފައިވެއެވެ.

އީޔޫގެ ގާނޫނުހަދާ މަޖިލީހުން 2014 ވަނަ އަހަރު ވަނީ "އުސޫލެއްގެ ގޮތުން" ފަލަސްތީނުގެ ދައުލަތް ބަލައިގަންނަ ކަމަށް އިއްތިފާގުން ފާސްކޮށްފައެވެ. ނަމަވެސް އެ ޖަމާއަތުން ބުނެފައި ވަނީ އެފަދަ ނިންމުމެއް އަންނަންވާނީ ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންްދެވޭނެ ގޮތެއްގެ މަތިން ކަަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ

ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ

03 މާރިޗު 2017
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

20 ފެބުރުއަރީ 2017
ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ

ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ

19 ފެބުރުއަރީ 2017
ގަބުރެއްގެ ގޮތުގައިވިޔަސް މުގާބޭ އިންތިޚާބަށް ކުރިމަތިލާނެ:އަނބިކަނބަލުން

ގަބުރެއްގެ ގޮތުގައިވިޔަސް މުގާބޭ އިންތިޚާބަށް ކުރިމަތިލާނެ:އަނބިކަނބަލުން

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު