Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީން

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަނީ!

އައްބާސް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ވެނެޒުއޭލާ އަށް ރަސްމީ ދަތުރުފުޅެއް ފެށްޓެވުމަށް ގާތްވެފައިވަނިކޮށް

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2018 | ހުކުރު 11:10
އދ.ގެ ސަލާމަތީ މަޖިލީހުގައި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވާހަކަ ދައްކަވަނީ

އދ.ގެ ސަލާމަތީ މަޖިލީހުގައި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވާހަކަ ދައްކަވަނީ

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް، އެމެރިކާގެ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވަމުންދާ ކަމަށް ރޮއިޓަރސް އިން ބުނެފި އެވެ.

ފަލަސްތީނުގެ އިސް އޮފިޝަލަކާއި ހަވާލާދީ ރޮއިޓަރސް އިން ބުނީ، އެމެރިކާގެ ހޮސްޕިޓަލަކަށް އައްބާސް ވަޑައިގެންނެވީ، ރޫޓިން ޗެކްއަޕް އެއް ހެއްދެއްވުމަށް ކަމަށެވެ. އެހެން ނަމަވެސް، އެކަމާއި ގުޅޭ އިތުރު ތަފްސީލް ދެއްވާފައެއްނުވެއެވެ.

އުމުރުފުޅުން 82 އަހަރުގެ އައްބާސް، އެމެރިކާ އަށް ވަޑައިގެންނެވީ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ނިއު ޔޯކްގައި ބޭއްވި އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. މިބައްދަލުވުމުގައ އައްބާސް ވަނީ، އިޒްރޭލާއި ފަލަސްތީނާއި ދެމެދު ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށް، މިއަހަރުގެ މެދުތެރޭގައި ބައިނަލްއަޤްވާމީ ބައްދަލުވުމެއް ބޭއްވުމަށް ހުށަހަޅާފައެވެ.

އަދި އެބައްދަލުވުމަށް ފަހު ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު، ވެނެޒުއޭލާ އަށް ރަސްމީ ދަތުރުފުޅެއް ފެށްޓެވުމަށް ކުރިން ތާވަލް ކޮށްފައިވާ ކަމަށް އައްބާސްގެ އޮފީހުން މައުލޫމާތު ދެއެވެ.

އާއްމުކޮށް އެންގުމަކާއި ނުލައި 2016 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައިވެސް، ކުއްލި ގޮތަކަށް ހިތުގެ ޓެސްޓުތަކެއް ހެއްދެވުމަށް ހުޅަނގު އައްސޭރީގެ ހޮސްޕިޓަލެއްގައި އައްބާސް އެނދުމަތި ކުރިއެވެ. އެހެން ނަމަވެސް ހިތުގެ ހިނގުމާއި ގުޅޭ އެ ޓެސްޓްތަކުން އާދަޔާޚިލާފް ކަމެއް ފާހަގަވެފައިނުވާ ކަމަށް ޑޮކްޓަރުން ވަނީ ނިންމާފައެވެ.

ފަލަސްތީނުގެ ރައީސްގެ މަގާމާއި މަހްމޫދު އައްބާސް ހަވާލުވެވަޑައިގެންނެވީ، ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތު 2004 ވަނަ އަހަރު އަވަހާރަވުމަށް ފަހު އެވެ.

އދ.ގައި ވާހަކަ ދެއްކެވުމަށް ފަހު، ގައުމުތަކުގެ ވަފްދުތަކާއި ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ބޭއްވި ބައްދަލުވުންތަކަށް ފަހު، މަހުމޫދު އައްބާސް އާ ގުޅޭ އެއްވެސް ޚަބަރެއް، ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީ ވަފާ އިން ގެނެސްދީފައެއް ނުވެއެވެ. ވަފާ ނޫހުގައި ފަލަސްތީނުގެ ރިޔާސަތާއި ގުޅޭ ޚަބަރެއް ނުހިމެނި 48 ގަޑިއިރަށް ވުރެ އިތުރުވުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު