Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މަހުމޫދު އައްބާސް ޖެނިން ރެފިޔުޖީ ކޭމްޕަށް

މަސްރަހު ފިނިކުރުމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ޖެނިން ރެފިޔުޖީ ކޭމްޕަށް ވަޑައިގެންފި

މަހުމޫދު އައްބާސްގެ އިސް ތިން އޮފިޝަލަކަށް ޖަނާޒާ ދޫކޮށް ދާން ވަނީ މަޖުބޫރުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 13 ޖުލައި 2023 | ބުރާސްފަތި 02:17
ޖެނިން ރެފިޔުޖީ ކޭމްޕްގެ ކުރިމަތީގައި އޮންނަ ގަބުރުސްތާނުގައި ފަލަސްތީނުގައި ރައީސް މަހުމޫދު އައްބާސް

ޖެނިން ރެފިޔުޖީ ކޭމްޕްގެ ކުރިމަތީގައި އޮންނަ ގަބުރުސްތާނުގައި ފަލަސްތީނުގައި ރައީސް މަހުމޫދު އައްބާސް

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރެފިޔުޖީ ކޭމްޕަށް ވަޑައިގެންފިއެވެ.

މަހުމޫދު އައްބާސް ޖެނިން ރެފިޔުޖީ ކޭމްޕަށް މިވަޑައިގެންނެވީ ޖެނިންގައި ކުރިޔަށްދިޔަ ޖަނާޒާއެއްގައި މަހުމޫދު އައްބާސްގެ އިސް ތިން އޮފިޝަލަކަށް އެސަރަހައްދު ދޫކޮށް ދާން މަޖުބޫރުވި ހާދިސާއާއި ގުޅިގެން މަޝްރަހު ފިނިކުރުމަށެވެ. ޖަނާޒާގައި ބައިވެރިވި މީހުން ރުޅި އައިސްފައިވަނީ އިސްރާއީލުން ޖެނިން ރެފިޔުޖީ ކޭމްޕްގައި 48 ގަޑިއިރުގެ މުއްދަތަށް ހިންގި ރެއިޑާއި ގުޅިގެންނެވެ.

ޖަނާޒާގައި ބައިވެރިވި މީހުންގެ ރުޅިވެރިކަމަކީ ފަލަސްތީނުގެ ސަރުކާރާމެދު ރައްޔިތުން ދެކޭގޮތް އެންމެ ބޮޑަށް މިފަހުން ހާމަވެގެންދިޔަ ހާދިސާއެވެ. ފަލަސްތީނު ސަރުކާރުގެ މަގުބޫލުކަން ކުޑަވަމުންދާއިރު ފަލަސްތީނުގައި އުފެދިފައިވާ އެކި ޖަމާއަތްތަކުގައި އުފެދިފައިވާ ދެބަސްވުންވެސް ވަނީ އިތުރުވަމުންނެވެ.

އައްބާސްގެ ފަތަހަ ޕާޓީއަށް ނިސްބަތްވާ ތިން މެންބަރުން ޖަނާޒާއިން ފައްސާލަމުން އެތައް ހާސް ބަޔަކު ގޮވަމުންދިޔައީ ތަންދޫކޮށް ދިޔުމަށެވެ.

އުމުރުފުޅުން 87 އަހަރުގެ އައްބާސް ފަހުން ވަނީ ޖަނާޒާ ކުރިޔަށްދިޔަ ގަބުރުސްތާނަށް ވަޑައިގަންނަވާފައެވެ. މިގަބުރުސްތާނު އޮންނަނީ ޖެނިން ރެފިޔުޖީ ކޭމްޕަށް ވަންނަ ތަނުގައެވެ.

ފާއިތުވި 20 އަހަރުގެ ތެރޭގައި އިސްރާއީލުން ޖެނިން ރެފިޔުޖީ ކޭމްޕްގައި ކުރިޔަށްގެންދިޔަ އެންމެ ވަރުގަދަ ރެއިޑްގައި ވެއްޓިފައިވާ އެތައް ސަތޭކަ އިމާރާތްތަކާއި ހަލާކުވެފައިވާ މަގުތައް ކުރިމަތީ ހުންނަވާ އެއްވެފައިވާ މީހުންނާ މުޚާތަބުކުރައްވާ އައްބާސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. ގާޑުންގެ ފައުޖަކާއެކު ސަލާމަތީ ފިޔަވަޅުތައް އަޅުއްވައިގެން ހުންނަވާ އައްބާސް ވިދާޅުވީ ފަލަސްތީނުގެ ބިމުގެ ދިފާއުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް، ވާންޖެހުނު ކޮންމެ ގުރުބާނީއެއް އިސްރާއީލާ ދެކޮޅަށް ޖެނިން ކޭމްޕް ކޮށްފައިވާކަމަށެވެ. އަދި ޖެނިން ކޭމްޕް އަލުން ބިނާކުރެވޭނެކަމަށް އައްބާސް ވިދާޅުވިއެވެ.

އައްބާސް ވަނީ އިސްރާއީލުން ޖެނިންގައި ކުރިޔަށްގެންދިޔަ ރެއިޑް ކުށްވެރިކުރައްވާ އިސްރާއީލާއެކު ސަލާމަތީގޮތުން އެއްބާރުލުން ދިނުން ހުއްޓާލެއްވީކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ފަލަސްތީނުގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި އެމީހުންނާ މެދު އެއްވެސް ބަޔަކު އަޅައެއް ނުލައެވެ. އިސްރާއީލުން އަންނަނީ ފާއިތުވި އަހަރުތަކުގައި މިފަދަ ރެއިޑްތައް ފަލަސްތީނުގެ އެކި ސިޓީތަކުގައި ހިންގަމުންނެވެ. މިފަދަ ރެއިޑްތަކުގައި ފަލަސްތީނުގެ އެތައް ސަތޭކަ ހަނގުރާމަވެރިންގެ އިތުރުން އާންމުންވެސް ވަނީ މަރުވެފައެވެ.

މީގެ 30 އަހަރު ކުރިން އެއްބަސްވެފައިވާ އޮސްލޯ މުއާހަދާގެ ދަށުން ފަލަސްތީނުގެ ސަރުކާރުގެ ބާރު ހުޅަނގު އައްސޭރީގެ ގިނަ ހިސާބުތަކުގައި ނޯވެއެވެ. އޭގެތެރޭގައި ޖެނިން ރެފިޔުޖީ ކޭމްޕް ހިމެނޭއިރު ފަލަސްތީނު ސަރުކާރަށް ވަނީ އިސްރާއީލުން ހިންގަމުން އަންނަ ރެއިޑްތައް ހުއްޓުވާލުމުގަޔާއި ފަލަސްތީނުގައި ހަރަކާތްތެރިވާ އަސްކަރީ ގްރޫޕްތައް ކޮންޓްރޯލްކުރުމުގައި ނުކުޅެދިފައެވެ.

މިދިޔަ ހަފްތާގައި ޖެނިން ރެފިޔުޖީ ކޭމްޕްގެ ޖަނާޒާގައި ހިނގާ ދިޔަ ކަންތައްތަކާއި ގުޅިގެން ފަލަސްތީނުގެ ސެކިޔުރިޓީ ފައުޖުތަކާއި އައްބާހުގެ ގާޑުން ވަނީ އެސަރަހައްދުގައި އިތުރުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު