Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނު ރައީސްގެ އިސްތިއުފާއަށް ގޮވާލުން

މަހްމޫދް އައްބާސްގެ އިސްތިއުފާއަށް ގޮވާލައި ޢައްޒާގައި މުޒާހަރާކޮށްފި

25 ފެބުރުއަރީ 2019 | ހޯމަ 09:59

އައްބާސްއާ ދެކޮޅަށް މުޒާހަރާ ކުރީ، ހަމާސް ޖަމާއަތަށް ދަތިކުރުމުގެ ގޮތުން މާލީ ފިއްތުންތައް ކުރިމަތި ކުރެއްވުމާ ގުޅިގެން

އަމަން ހަލީމް
އަމަން ހަލީމް | 25 ފެބުރުއަރީ 2019 | ހޯމަ 09:59
އައްބާސްގެ އިސްތިއުފާއަށް ގޮވާލައި ކުރި މުޒާހަރާގެ ތެރެއިން

އައްބާސްގެ އިސްތިއުފާއަށް ގޮވާލައި ކުރި މުޒާހަރާގެ ތެރެއިން

ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސްގެ އިސްތިއުފާއަށް ގޮވާލައި، ގިނަ އަދަދެއްގެ ބަޔަކު ޢައްޒާގައި މުޒާހަރާކޮށްފިއެވެ.

އާދިއްތަ ދުވަހު އައްބާސް އާއި ދެކޮޅަށް މުޒާހަރާ ކުރީ، ހަމާސް ޖަމާއަތަށް ދަތިކުރުމުގެ ގޮތުން މާލީ ފިއްތުންތައް ކުރިމަތި ކުރަން އޭނާ މަސައްކަތް ކުރެއްވުމާއި ގުޅިގެންނެވެ. މުޒާހަރާގެ ބައިވެރިން ވަނީ ޣައްޒާގައި މަސައްކަތް ކުރާ ސަރުކާރުގެ މުވައްޒަފުންގެ ހަމަ އުޖޫރަ ދިނުމަށް ވެސް ގޮވާލާފައެވެ. އަދި 2006 ގެ ފަހުން އެއްވެސް އިންތިހާބެއް ބާއްވާފައި ނުވާ ފަލަސްތީނުގައި އިންތިހާބުތައް ބޭއްވުމަށް ވެސް އެ މީހުން ވަނީ މުޒާހަރާގައި ގޮވާލާފައެވެ.

މީގެ އިތުރުން މުޒާހަރާގެ ބައިވެރިން ވަނީ އިޒްރޭލުން ޣައްޒާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވާޅުތައް އުވާލަން ވެސް ގޮވާލާފައެވެ. އިޒްރޭލުން ޣައްޒާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވަނީ އެ ގައުމާ އެކު 2008ގެ ފަހުން ތިން ހަނގުރާމަތަކެއް ކޮށްފައިވާ ހަމާސް ޖަމާއަތަށް ހަތިޔާރާއި އެހެނިހެން ތަކެތި ހޯދޭނެ މަގު ހަނި ކުރުމުގެ ގޮތުން ކަމަށް އިޒްރޭލު ސަރުކާރުން ވަނީ ބުނެފައެވެ.

އައްބާސްއާ ދެކޮޅަށް މުޒާހަރާ ކުރި ވަގުތު، ހުޅަނގު އައްސޭރީގެ އެހެން އަވަށެއް ކަމުގައިވާ ހިބްރޫންގައި ބަޔަކު އޭނާއަށް ތާއީދުކޮށް މުޒާހަރާ ކޮށްފައި ވެއެވެ. އެ މީހުން ވަނީ ފަލަސްތީނާ ދެކޮޅަށް ގިނަ ފަރާތްތަކަކުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، ހަމާސް އިން ވެސް ފަލަސްތީނުގެ ލާބަ އާއި މަންފާއަށް މަސައްކަތް ކުރަން ގޮވާލާފައެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ދައުރު 2009ގައި ނިމިފައިވީ ނަމަވެސް، އޭގެ ފަހުން އިންތިހާބެއް ނުބާއްވައި އޭނާ އަދިވެސް ހުންނެވީ އެ މަގާމުގައެވެ. އައްބާސްގެ ފަތަހް ޖަމާއަތާއި ހަމާސްގެ ގުޅުން ގޯސްވީ، 2007 ވަނަ އަހަރު ވަރުގަދަ ކުރިމަތިލުންތަކަަކަށް ފަހު ޢައްޒާގެ ކޮންޓްރޯލް ހަމާސްއިން ނެގުމާއި ގުޅިގެންނެވެ. ދެ ފަރާތަށް އެއްބަސްވެވޭ ގޮތްތަކެއް ހޯދުމަށް މިހާތަނަށް ދެ ޖަމާއަތުން ކުރި މަޝްވަރާތައް ވަނީ ނާކާމިޔާބުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 ޖުލައި 2017

ހިޔާލު ތަފާތުވުން އުފެދިފައިވާ ބޯޑަރު ސަރަހައްދުން އިންޑިއާ ސިފައިން ފަހަތަށް ޖެހުމަށް ޗައިނާއިން ގޮވާލައިފި

25 ޖުލައި 2017
ހިޔާލު ތަފާތުވުން އުފެދިފައިވާ ބޯޑަރު ސަރަހައްދުން އިންޑިއާ ސިފައިން ފަހަތަށް ޖެހުމަށް ޗައިނާއިން ގޮވާލައިފި
18 ޖުލައި 2017

ވެނެޒުވޭލާގައި 24 ގަނޑިއިރަށް ދެމިގެންދާ މުޒާހަރާއަކަށް އިދިކޮޅު ފަރާތްތަކުން ގޮވާލައިިފި

18 ޖުލައި 2017
ވެނެޒުވޭލާގައި 24 ގަނޑިއިރަށް ދެމިގެންދާ މުޒާހަރާއަކަށް އިދިކޮޅު ފަރާތްތަކުން ގޮވާލައިިފި
17 ޖުލައި 2017

އިރާނުން "އަސްލެއް ނެތް" ދައުވާތައް ކޮށްފައިވާ އެމެރިކާ ރައްޔިތުން ދޫކޮށްލުމަށް އެމެރިކާ އިން ގޮވާލައިިފި

17 ޖުލައި 2017
އިރާނުން "އަސްލެއް ނެތް" ދައުވާތައް ކޮށްފައިވާ އެމެރިކާ ރައްޔިތުން ދޫކޮށްލުމަށް އެމެރިކާ އިން ގޮވާލައިިފި
15 ޖުލައި 2017

ބަހްރެއިންގެ އެކްޓިވްސްޓް ރަޖަބް ދޫކޮށްލުމަށް އދން ގޮވާލައިފި

15 ޖުލައި 2017
ބަހްރެއިންގެ އެކްޓިވްސްޓް ރަޖަބް ދޫކޮށްލުމަށް އދން ގޮވާލައިފި
11 ޖޫން 2017

ގަތަރުގެ މައްސަލަ ހައްލު ކުރަން ވާހަކަ ދައްކަން ރަޝިއާ، އެމެރިކާ ގޮވާލައިފި

11 ޖޫން 2017
ގަތަރުގެ މައްސަލަ ހައްލު ކުރަން ވާހަކަ ދައްކަން ރަޝިއާ، އެމެރިކާ ގޮވާލައިފި
10 ޖޫން 2017

ގަތަރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމަށް އެމެރިކާއިން ގޮވާލައިފި

10 ޖޫން 2017
ގަތަރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމަށް އެމެރިކާއިން ގޮވާލައިފި
03 މެއި 2017

އެއްބަޔަކު އަނެއް ބަޔަކު "ރުޅިނޭރުވުމަށް" ޗައިނާއިން ގޮވާލައިފި

03 މެއި 2017
އެއްބަޔަކު އަނެއް ބަޔަކު "ރުޅިނޭރުވުމަށް" ޗައިނާއިން ގޮވާލައިފި
19 މާރިޗު 2017

ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި

19 މާރިޗު 2017
ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
26 ޖެނުއަރީ 2017

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

26 ޖެނުއަރީ 2017
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް