Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އދގެ އިސްވެރިންގެ ބައްދަލުވުން

ޝީރީންގެ ޤާޠިލުންނަށް ދައުވާ ކުރުމަށް އައްބާސް ގޮންޖައްސަވައިފި

އިޒްރޭލުން ދަނީ ނަސްލީ ތަފާތުކުރުން އެކުލެވޭ ޤާނޫނުތައް ތަންފީޒު ކުރަމުން ކަމަށް ފާހަގަކުރެއްވި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2022 | އާދީއްތަ 07:20
އދގެ އިސްވެރިންގެ ބައްދަލުވުމުގައި އައްބާސް ތަޤުރީރު ކުރައްވަނީ - އައްބާސް ވަނީ އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ދުނިޔެއަށް ހަނދާން އާ ކޮށްދެއްވާފައި

އދގެ އިސްވެރިންގެ ބައްދަލުވުމުގައި އައްބާސް ތަޤުރީރު ކުރައްވަނީ - އައްބާސް ވަނީ އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ދުނިޔެއަށް ހަނދާން އާ ކޮށްދެއްވާފައި

ވަކިވެފައިވާ މިނިވަން 2 ދަޢުލަތުގެ ގޮތުގައި އިޒްރޭލާއި ފަލަސްޠީނު އުފެދެން ޖެހޭ ކަމަށް ޔަހޫދީ އިޒްރޭލުގެ ބޮޑުވަޒީރު ޔެއީރު ލެޕީޑް ބުނި ބުނުމަށް މަރުޙަބާ ވިދާޅުވާ ކަމަށާއި، ނަމަވެސް، މި ހިނދުން މި ހިނދަށް، މަޝްވަރާގެ މޭޒުދޮށަށް ހާޒިރުވެ، އިޒްރޭލުން އެކަން ސާބިތުވެސް ކޮށްދޭން ޖެހޭ ކަމަށް، ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ އދގެ އިސްވެރިންގެ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން އައްބާސް ވިދާޅުވީ، އިޒްރޭލުން ދައްކާ ވާހަކަތަކުގައި ހުރި ސީރިއަސްކަމެއް އެނގޭނީ، މިހާރުން މިހާރަށް މަޝްވަރާގެ މޭޒަށް ހާޒިރުވެގެން ކަމަށެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އައްބާސް ވަނީ، މިނިވަން ދައުލަތެއްގެ ގޮތުގައި ފަސްޠީނުގެ ބަލައިގަތުމަށް، އދގެ މެންބަރު ޤައުމުތަކަށް ގޮވާލައްވާފައެވެ. އަދި އދގެ ފުރިހަމަ މެންބަރުކަން، ފަލަސްޠީނަށް ދިނުމަށްވެސް އައްބާސް ވަނީ ގޮވާލައްވާފައެވެ.

ވަކިވެފައިވާ މިނިވަން 2 ދަޢުލަތުގެ ގޮތުގައި އިޒްރޭލާއި ފަލަސްޠީނު އުފެދެން ޖެހޭ ކަމަށް ޔަހޫދީ އިޒްރޭލުން ގޮވާލި ގޮވާލުމަށް މަރުޙަބާ ވިދާޅުވެ، އައްބާސް ވާހަކަފުޅު ދެއްކެވި ނަމަވެސް، އިޒްރޭލަށް ބަހުގެ ހަމަލާތަކެއްވެސް ދެއްވިއެވެ. އެގޮތުން އިޒްރޭލަކީ ނަސްލީ ތަފާތު ކުރުންތަކާއި ބައިބައިވުން ގެންގުޅޭ ބައެއް ކަމަށާއި، އިޒްރޭލަކީ، ނަސްލީ ތަޢައްސުބު އެކުލެވޭ ޤާނޫނުތައް އަމިއްލައަށް ހަދަމުން ދާ ބައެއް ކަމަށްވެސް އައްބާސް ވަނީ ވިދާޅުވެފައެވެ.

އައްބާސް ވަނީ އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ މަތިންވެސް ދުނިޔެއަށް ހަނދާން އާ ކޮށްދެއްވާފައެވެ.

އެތައް އަހަރަކަށް ދިގުލާ ގޮސްފައިވާ މެދުއިރުމަތީގެ ސުލްހައިގެ މަޝްވަރާތައް އަދިވެސް ކޮޅެއްގައި ނުޖެހިއެވެ. އިޒްރޭލާއި ފަލަސްޠީނަކީ ވަކިވެފައިވާ މިނިވަން 2 ދައުލަތުގެ ގޮތުގައި އުފެދެން ޖެހޭ 2 ދަޢުލަތް ކަމަށް ގިނަ ބަޔަކު ބުނަމުން ދަނިކޮށް، ޢަރަބި ގަލްފުގެ ބައެއް ޤައުމުތަކުން ވަނީ އެމެރިކާއިން ދެއްކި މަގުން ހިނގާ، އިޒްރާލާއެކު ޑިޕްލޮމެޓިކް ގުޅުންތައް އާންމު ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ބައިނަލްއަގުވާމީ މައިދާނުގައި އިޒްރޭލުގެ ނުފޫޒާއި ބާރު އިތުރަށް ގަދަވެ، އިޒްރޭލުން ދަނީ، ފަލަސްޠީނުގެ ބިންތަކުން އެ ފަލަސްޠީނުގެ ރައްޔިތުން ބޭރު ކުރުމުގެ މަސައްކަތް މެކުހަށް ޖަހަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދަމާ ކޫއްތާފައި މަތިންދާ ބޯޓުން ބޭލުވި ޑޮކްޓަރު ދައުވާކޮށްފި

ދަމާ ކޫއްތާފައި މަތިންދާ ބޯޓުން ބޭލުވި ޑޮކްޓަރު ދައުވާކޮށްފި

14 އެޕްރީލު 2017
އައިވަރީ ކޯސްޓްގެ ފަސްޓް ލޭޑީގެ މައްޗަށް ކުރެވުނު ދައުވާ ސާބިތެއް ނުވި

އައިވަރީ ކޯސްޓްގެ ފަސްޓް ލޭޑީގެ މައްޗަށް ކުރެވުނު ދައުވާ ސާބިތެއް ނުވި

29 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މެލޭޝިއާ އިން ދައުވާ އުފުލައިފި

ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މެލޭޝިއާ އިން ދައުވާ އުފުލައިފި

01 މާރިޗު 2017
ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މާދަމާ މެލޭޝިއާ އިން ދައުވާ އުފުލަނީ

ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މާދަމާ މެލޭޝިއާ އިން ދައުވާ އުފުލަނީ

28 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު