Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުނޫޒް ޖަލްސާ

މޭޑޭ މުޒާހަރާއަށް ނުކުންނަންޖެހުނީ މިސަރުކާރުން މަސައްކަތްތެރިންނަށް ޚިޔާނާތްތެރިވީމަ: އަމީތު

މިއަދު ހިތްވަރު ލިބެނީ މޭޑޭގެ ބަތަލުންގެ ހިތްވަރުން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 3 މެއި 2018 | ބުރާސްފަތި 19:11
މަޑުއްވެރި ދާއިރާގެ މެންބަރު މުހައްމަދު އަމީތު

މަޑުއްވެރި ދާއިރާގެ މެންބަރު މުހައްމަދު އަމީތު

2015 ވަނަ އަހަރު މޭޑޭ މުޒާހަރާއަށް ނުކުންނަންޖެހުނީ މިސަރުކާރުން މަސައްކަތްތެރިންނަށް ޚިޔާނާތްތެރިވީމައި ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

މަސައްކަތްތެރިންގެ ދުވަސް ފާގަހަގަކުރުމަށް ގުޅިގފައިވާ ސިޔާސީ ޕާޓިތަކުން މާފަންނު ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ، މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ޕީޕީއެމްގެ މެނިފެސްޓޯގައި،ވަރަށް ގިނަ ވައުދުތައް ހުންނާނެ ކަމަށާއި، އެގޮތުން ޒުވާނުންނަށް ރިސޯޓް ހިއްސާއާއި، އަލަށް ކައިވެނިކުރާ ޒުވާނުންނަށް ފްލެޓް ދިނުމާއި، މަސްވެރިންނާއި ދަނޑުވެރިންނަށް ދޭން ބުނި 10000 ރުފިޔާގެ ވައުދަށް ރައީސް ޔާމީން ކަނޑައެޅިގެން ޚިޔާނާތްތެރިވެފައިވާކަމަށެވެ.

Advertisement - newsAdvertisement
"މޭޑޭގައި މުޒާހަރާއަށް ނުކުންނަން ޖެހުނި މި ވައުދުތަކަށް ޚިޔާނާތްތެރިވީމައި، އެދުވަހު ޝެއިޚް އިމްރާން ނުކުންނެވީ އެ ހައްގުތައް ހޯއްދަވައި ދެއްވާށޭ ވިދާޅުވެ.އެދުވަހު އަޅުގަނޑުމެންނަށްވުރެ ކުރިން ޝެއިޚް އިމްރާންއަށް އެކަން އެނގިވަޑައިގަތީ، އެކަމު ޔާމީނު އެ އަޑެއް ނޭއްސެވި" އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ، އެބޭފުޅުންނަށް މިއަދު ހިތްވަރު ލިބެނީ މޭޑޭގެ ބަތަލުންގެ ހިތްވަރުން ކަމަށާއި، އަދި އެ ހިތްވަރުން ހިތްވަރު ލިބިގެން ކުރިއަށްދާނެކަމަށެވެ.

"އެދުވަހުގެ ބަތަލުން މިނިވަން ކުރާނަން. މޭޑޭން އެނގުނު ހަގީގަތަކީ، ބިޑިއާއި ޖަލުން ބިރު ނުދެއްކޭނޭކަން، އެހިތްވަރުން ހިތްވަރު ލިބިގެން މިއަދު އުފެދިފައިތިބި އެތައް ބަތަލުންނެއް އެބަތިބީ" އަމީތު ވިދާޅުވިއެވެ.

މިއަދު ފާހަގަ ކުރާ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހާއި ގުޅިގެން ނޫސްވެރިންނަށް މަރުހަބާ ވިދާޅުވެ އަމީތު ވިދާޅުވީ، އަބުރުގެ ބިލުގައި ހުރި ކަންބޮޑުވުން ރައީސް ޔާމީނަށް އޭރު ހިއްސާކުރުމުންވެސް އެއަޑު ރައީސް ޔާމީން ނޭއްސެވިކަމަށެވެ. އަދި އެކަމުގެ ނަތީޖާއަށް ވެގެން ގޮސްފައިވަނީ ރައިސް ޔާމީން ވެރިކަމަށް ވަޑައިގަތްފަހުން ރާއްޖޭގެ ނޫސްވެރިކަން އަހަރުން އަހަރަށް ފަހަތަށް ދިއުންކަމަށެވެ. އަދި މިއަދު ނޫސްވެރިންނަކީ ރައީސް ޔާމީން ބިރުގަންނަ ބަޔަކަށް ވެ ނޫސްވެރިކަން ވަރަށް ބިރުވެރި ހާލަތަކަށް ދުއްވާލާފައިވާކަމަށެވެ.

އިތުރަށް ކިޔާލަން

21 ޖުލައި 2017

މުޒާހަރާއަށް މަގުމައްޗަށް ނުކުތުމުން މެމްބަރު އާޒިމް އާއި ގިނަ ބަޔަކު ހައްޔަރުކޮށްފި

21 ޖުލައި 2017
މުޒާހަރާއަށް މަގުމައްޗަށް ނުކުތުމުން މެމްބަރު އާޒިމް އާއި ގިނަ ބަޔަކު ހައްޔަރުކޮށްފި
07 ޖޫން 2017

މިސަރުކާރުން 12 ރަށެއްގެ ބިން ހިއްކައިފިން، އެކަމަށް 1.7 ބިލިއަން ރުފިޔާ ޚަރަދު ކޮށްފިން: މުއިއްޒު

07 ޖޫން 2017
މިސަރުކާރުން 12 ރަށެއްގެ ބިން ހިއްކައިފިން، އެކަމަށް 1.7 ބިލިއަން ރުފިޔާ ޚަރަދު ކޮށްފިން: މުއިއްޒު
06 ޖޫން 2017

މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް

06 ޖޫން 2017
މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް
01 މެއި 2017

މޭޑޭގައި ނުކުތް ހާލަތު ބަދަލެއް ނުވޭ، އަލުން ސަފުތައް ރުކުރުވާލަންޖެހޭ: އަމީން

01 މެއި 2017
މޭޑޭގައި ނުކުތް ހާލަތު ބަދަލެއް ނުވޭ، އަލުން ސަފުތައް ރުކުރުވާލަންޖެހޭ: އަމީން
03 އެޕްރީލު 2017

މޭޑޭގެ މުޒާހަރާއާ ގުޅިގެން ޖަލަށްލި ނާސިރާ ޝަރުތުތަކަކާ އެކު ދޫކޮށްލައިފި

03 އެޕްރީލު 2017
މޭޑޭގެ މުޒާހަރާއާ ގުޅިގެން ޖަލަށްލި ނާސިރާ ޝަރުތުތަކަކާ އެކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު