Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫސްވެރިކަން

އިންތިޚާބު ބޯމަތިވަމުން އަންނައިރު ނޫސްވެރިކަމަށް އޮތް ބިރުވެރިކަން އިތުރުވާނެ: އައިއެފްޖޭ

3 މެއި 2018 | ބުރާސްފަތި 14:46

ރާއްޖެ ޓީވީއަށް ކުރިމަތިވި ގޮންޖެހުންތައް ފާހަގަކޮށްފައިވޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 3 މެއި 2018 | ބުރާސްފަތި 14:46
ފުލުހުން ނޫސްވެރިންގެ ލޮލަށް ޕެޕަރ ސްޕްރޭ ޖެހުމުން ނޫސްވެރިންތަކެއް މަގުމަތީގައި ފަރުވާ ހޯދަނީ

ފުލުހުން ނޫސްވެރިންގެ ލޮލަށް ޕެޕަރ ސްޕްރޭ ޖެހުމުން ނޫސްވެރިންތަކެއް މަގުމަތީގައި ފަރުވާ ހޯދަނީ

ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު ރާއްޖޭގައި މިނިވަން ނޫސްވެރިކަމަށް އޮތް ބިރުވެރިކަން އިތުރުވަމުންދާނެކަމަށް އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް އިން ބުނެފިއެވެ.

ދެކުނު އޭޝިއާގެ ސަރަހައްދުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙާލަތާއި ގުޅޭ ގޮތުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅުވައިގެން އެޖަމްއިއްޔާއިން ނެރުނު ރިޕޯޓުގައިވަނީ ރާއްޖޭގެ ނޫސްވެރިކަމަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކެއް ފާހަގަކޮށްފައެވެ. ޚާއްސަކޮށް ވެރިކަންކުރާ ޕާޓީއާއި، ސަރުކާރުގެ ފަރާތުން މިނިވަން ނޫސްވެރިކަމަށް ކުރިމަތިކޮށްފައިވާ ގޮންޖެހުންތައް ފާހަގަކޮށްފައިވެއެވެ.

Advertisement - newsAdvertisement

އަދި 1 ފެބްރުއަރީގެ ސުޕްރީމް ކޯޓުގެ އަމުރަށްފަހު ރާއްޖޭގެ ނޫސްވެރިންނަށް، ޚާއްސަކޮށް ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ދިމާވި ގޮންޖެހުންތައް ފާހަގަކޮށްފައިވެއެވެ. އެގޮތުން ރާއްޖެ ޓީވީގެ ނޫސްވެރިން ހައްޔަރުކޮށް، ބޮޑެތި ދައުވާތައް ކޮށްފައިވާކަމާއި، ކުއްލި ނުރައްކަލުގެ ޙާލަތުގެ ތެރޭގައި މިނިވަން ނޫސްވެރިކަމެއް ކުރާނެ މާހައުލެއް ނެތިގެން ރާއްޖެ ޓީވީގެ އާއްމު ކޮންޓެންޓް ބްރޯޑްކާސްޓްކުރުން ހުއްޓާލަން ޖެހުނުކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ރާއްޖެ ޓީވީ ބަންދުކުރުމަށް ސަރުކާރާއި ވެރިކަންކުރާ ޕާޓީގެ އިސް ބޭފުޅުން އެކި ފަހަރުމަތިން ލައިވް ޕްރެސް ކޮންފަރެންސް ތަކުގައި ގޮވާލެއްވިކަމާއި، މީޑިއާތަކުން ގެނެސްދޭ ޚަބަރުތަކާއި ގުޅިގެން އެކި އިދާރާތަކުން އެ ޚަބަރުތައް ހުއްޓުވުމަށް ބަޔާންތައް ނެރެ، ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދެމުންދާކަން ފާހަގަކޮށްފައިވެއެވެ.

މުޒާހަރާތައް ކަވަރުކުރުމަށް ފުލުހުން ހުރަސް އަޅާކަމުގެ ޝަކުވާ ނޫސްވެރިން އަބަދުވެސް ކުރޭ

އަދި ސަރުކާރުގެ މުށުތެރޭގައި އޮތް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިނިވަން މީޑިއާތައް ޖޫރިމަނާކުރަމުންދާކަމާއި، ކަމާއި ބެހޭ ސަރުކާރުގެ އިދާރާތަކުން ނޫސްވެރިކަމަށް ކުރާ ދުއްތުރާލުގެ ވާހަކަ ފާހަގަކޮށްފައިވެއެވެ. ހަމަ އެއާއިއެކު، މީޑިއާ ކޮމިޝަންގެ ޤާނޫނެއް މަޖިލީހަށް ހުށަހަޅައި، އެޤާނޫނުގެ ދަށުން ނޫސްވެރިކަމަށް އޮތް ހުރަސްތައް އިތުރުކުރުމަށް ވެރިކަންކުރާ ޕާޓީއިން މަސައްކަތްކުރަމުންދާކަމަށް އައި.އެފް.ޖޭ އިން ވަނީ ފާހަގަކޮށްފައެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިޚާބު އޮންނައިރު، މިނިވަންކަމާއިއެކު އިންތިޚާބުގެ ކަންތައްތަކާއި ކެމްޕޭން ކަވަރުކުރުމަށް ނޫސްވެރިންނަށް ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް އެޖަމާޢަތުން ވަނީ ބުނެފައެވެ. އަދި އިންތިޚާބު ކަވަރުކުރުމަށް ބައިނަލްއަޤްވާމީ މީޑިއާއަށް ފުރުސަތު ދޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނިނަމަވެސް، ބޭރުގެ ނޫސްވެރިންނަށް ވިސާ ދިނުންފަދަ ކަންކަމުގައި ބޮޑެތި ދަތިތައް ހުރިކަން ފާހަގަކޮށްފައިވެއެވެ. އަދި ސިޔާސީ ހަލަބޮލިކަމުގައި އިންތިޚާބާއި ދިމާއަށް ދާއިރު، ނޫސްވެރިކަމުގެ މިނިވަންކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެކަމަށް އައި.އެފް.ޖޭ އިން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް