Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ފައިނަލްގެ ޖާގައެއް ލިބުނުކަން ކްލޮޕްއަށް ގަބޫލުނުކުރެވޭ

3 މެއި 2018 | ބުރާސްފަތި 12:59

ލިވަޕޫލް ފައިނަލުގެ ޖާގައެއް ހޯދީ 7-6 ގެ އެގްރިގޭޓް ނަތީޖާއަކުން އިޓަލީގެ ރޯމާގެ މައްޗަށް ކުރި ހޯދައިގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 3 މެއި 2018 | ބުރާސްފަތި 12:59
ޔާގެން ކްލޮޕް އޭނާގެ ކުޅުންތެރިންނާއެކު މެޗު ނިންމާލުމަށްފަހު އުފާ ފާޅުކުރަނީ

ޔާގެން ކްލޮޕް އޭނާގެ ކުޅުންތެރިންނާއެކު މެޗު ނިންމާލުމަށްފަހު އުފާ ފާޅުކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ލިވަޕޫލްއަށް ޖާގަ ލިބުމަކީ ގަބޫލުކުރަން ދަތި ކަމެއް ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

ލިވަޕޫލް ފައިނަލުގެ ޖާގައެއް ހޯދީ 7-6 ގެ އެގްރިގޭޓް ނަތީޖާއަކުން އިޓަލީގެ ރޯމާގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިއަހަރުގެ ފައިނަލް ވެގެންދާނީ 11 އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ފައިނަލުން ލިވަޕޫލް ފެންނާނެ ފުރަތަމަ ފަހަރަށެވެ. އެ ޓީމު އެންމެފަހުން ކުޅުނު ފައިނަލްގައި 2007 ވަނަ އަހަރު ބަލިވީ އިޓަލީގެ އޭސީ މިލާން އަތުންނެވެ.

މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކްލޮޕް ބުނީ މެޗަކީ ވަރަށް ފޯރިގަދަ މެޗެއް ކަމަށާއި ރޯމާއިން ނުކުތީ ރިސްކް ނަގައިގެން ކަމަށެވެ. އަދި އެ ޓީމުން ނެގި ރިސްކްގެ ފައިދާ ފުރަތަމަ ކައުންޓާ އެޓޭކާއެކު ނެގުމަކީ އޭނާ ވަރަށް ހިތްހަމަޖެހުނު ކަމެއް ކަމަށް ކްލޮޕް ބުނެފައިވެއެވެ. އޭނާ ބުނީ ލިވަޕޫލްއަށް ރޭގެ މެޗަށްވުރެ މާ ރަނގަޅަށް ޑިފެންޑް ކުރެވޭނެ ކަމަށާއި ޑިފެންޑް ކުރުމުގައި ރަނގަޅު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ.

އޭނާ ބުނީ ލިވަޕޫލްއިން އުފެއްދި ކޮންމެ ކައުންޓާ އެޓޭކަކީ ވެސް ނުރައްކާތެރި ކައުންޓާއެއް ކަމަށާއި އެހެން ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ނުހިފުމަކީ ޓީމުގައި ގޯސް ކަންކަން ހުރިކަން އެނގޭ ކަމެއް ކަމަށެވެ. ކުޅުންތެރިންގެ ފަރާތުން ކެތްތެރިކަން ރޭގެ މެޗުގައި ފެނިގެން ނުދިޔަ ކަމަށާއި ބައެއް ހާލަތްތަކުގައި މަޑުޖައްސާލަން ޖެހޭ ކަމަށް ވެސް ކްލޮޕް ބުނެފައިވެއެވެ. އޭނާ ބުނީ އެހެން ކަންކަން ހިނގީ މިއީ ގިނަ ކުޅުންތެރިންނަށް ފުރަތަމަ ސެމީ ފައިނަލަށްވުމާއެކު ކަމަށާއި އެއީ އެފަދަ ހާލަތެއްގައި ކަންކަން ހިނގާނެ ގޮތްކަން އެނގޭ ކަމަށެވެ.

މި ސީޒަނުގައި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމާއި މަސައްކަތަށް ފައިނަލްގެ ޖާގައެއް އެ ކުޅުންތެރިންނަށް ހައްގު ކަމަށާއި މިއީ ފުޓްބޯޅައިގެ އެންމެ "ސަޅި' މަންޒަރު ކަމަށް ކްލޮޕް ބުނެފައިވެއެވެ. އޭނާ ބުނީ އެހާ ތަފާތު ކުޑަ އެގްރިގޭޓަކާއެކު ފައިނަލްގެ ޖާގައެއް ލިބުމަކީ އޭނާއަށް ވަރަށް ހާއްސަ ކަމެއް ކަމަށާއި އަދިވެސް ފައިނަލްގެ ޖާގައެއް ލިބުނުކަން ގަބޫލުކުރަން ދަތި ކަމަށެވެ.

ކްލޮޕްގެ ކެރިއަރުގައި އޭނާ އެންމެފަހުން ވާދަކުރި ފަސް ފައިނަލުން ވެސް ވަނީ ބަލިވެފައެވެ. އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ކްލޮޕް ބުނީ އެންމެން ވެސް އޭނާއަށް އެ ފަސް ފައިނަލްގެ މަތިން ހަނދާން އާކޮށްދޭނެ ކަމަށާއި އެއީ ހަޔާތުގައި ކަން ހިނގާގޮތްކަން އޭނާ ގަބޫލުކުރާ ކަމަށެވެ. އޭނާ ބުނީ ފައިނަލަކުން މޮޅުވެވޭނީ މަސައްކަތްކޮށްގެން ކަމަށާއި އެ މަސައްކަތް ލިވަޕޫލްގެ ކުޅުންތެރިން ކުރާނެ ކަމަށެވެ.

މިއަހަރުގެ ފައިނަލް ވެގެންދާނީ ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ފައިނަލުން ފެނިގެންދާނެ އަށްވަނަ ފަހަރަށެވެ. މި އަދަދަށް އިނގިރޭސިވިލާތަށް ނިސްބަތްވާ އެހެން އެއްވެސް ޓީމަކަށް ފައިނަލްގައި ވާދަކުރެވިފައެއް ނުވެއެވެ. ހަމައެހެންމެ ޗެމްޕިއަންސް ލީގުގެ ތަށި އެ ޓީމުން ވަނީ ފަސް ފަހަރު އުފުލާލާފައެވެ. މިދިޔަ ދެ އަހަރުގެ ވެން ޗެމްޕިއަނުން ކަމަށްވާ ރެއާލް މެޑްރިޑާއި ދެކޮޅަށް ލިވަޕޫލް ފައިނަލްގައި ނުކުންނާނީ މި މަހުގެ 26 ވަނަ ދުވަހު ޔޫކްރެއިންގެ ކިއޭވްގައި ހުންނަ އޮލިމްޕިކް ސްޓޭޑިއަމްގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2017

ޑަބްލިއުޓީއޭ ފައިނަލްސް: ޕްލިސްކޯވާ ސެމީގެ ޖާގައެއް ކަށަވަރު ކޮށްފި

25 އޮކްޓޯބަރު 2017
ޑަބްލިއުޓީއޭ ފައިނަލްސް: ޕްލިސްކޯވާ ސެމީގެ ޖާގައެއް ކަށަވަރު ކޮށްފި
06 އޮކްޓޯބަރު 2017

އާޖެންޓީނާއަށް ވޯލްޑްކަޕްގެ ޖާގައެއް ގެއްލިދާނެ ކަމުގެ ބިރުހީވެއްޖެ

06 އޮކްޓޯބަރު 2017
އާޖެންޓީނާއަށް ވޯލްޑްކަޕްގެ ޖާގައެއް ގެއްލިދާނެ ކަމުގެ ބިރުހީވެއްޖެ
18 ޖުލައި 2017

ގްރީން ޓްރީޓަށް ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރު ވެއްޖެ

18 ޖުލައި 2017
ގްރީން ޓްރީޓަށް ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރު ވެއްޖެ
04 ޖުލައި 2017

މާލޭ ލީގު: މާޒިޔާ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކުރިއިރު، ޓީސީ އަށް ހުރަސްތަކެއް

04 ޖުލައި 2017
މާލޭ ލީގު: މާޒިޔާ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކުރިއިރު، ޓީސީ އަށް ހުރަސްތަކެއް
10 މެއި 2017

ޖޭޖޭ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ޒެފްރޯލަށް

10 މެއި 2017
ޖޭޖޭ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ޒެފްރޯލަށް
03 މެއި 2017

މޮނާކޯވެސް އޮތީ ފައިނަލްގެ ޖާގައެއް ހޯދުމުގެ އަޒުމުގައި: ޖާޑިމް

03 މެއި 2017
މޮނާކޯވެސް އޮތީ ފައިނަލްގެ ޖާގައެއް ހޯދުމުގެ އަޒުމުގައި: ޖާޑިމް
29 މާރިޗު 2017

ނޭޕާލް ބަލިކޮށް ފައިނަލްގެ ފަހު ޖާގަ ކިރިގިސްތާނަށް

29 މާރިޗު 2017
ނޭޕާލް ބަލިކޮށް ފައިނަލްގެ ފަހު ޖާގަ ކިރިގިސްތާނަށް
25 މާރިޗު 2017

އޭވީސީ ސެންޓްރަލް ޒޯން: ކިރިގިސްތާން ބަލިކޮށް ތުރުކަމިނިސްތާން ފައިނަލްގެ އުންމީދު އާކޮށްފި

25 މާރިޗު 2017
އޭވީސީ ސެންޓްރަލް ޒޯން: ކިރިގިސްތާން ބަލިކޮށް ތުރުކަމިނިސްތާން ފައިނަލްގެ އުންމީދު އާކޮށްފި
09 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް