Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑްކަޕް ކޮލިފައިން

އާޖެންޓީނާއަށް ވޯލްޑްކަޕްގެ ޖާގައެއް ގެއްލިދާނެ ކަމުގެ ބިރުހީވެއްޖެ

6 އޮކްޓޯބަރު 2017 | ހުކުރު 07:37

ޕެރޫއާ ދެކޮޅަށް އާޖެންޓީނާއިން ކުޅުނު މެޗު އެއްވަރުވެފައިވަނީ 0-0 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 6 އޮކްޓޯބަރު 2017 | ހުކުރު 07:37
ޕެރޫއާ ބައްދަލުކުރި މެޗަށް ފަހު މެސީ ހިތްހަމަ ނުޖެހިފައި

ޕެރޫއާ ބައްދަލުކުރި މެޗަށް ފަހު މެސީ ހިތްހަމަ ނުޖެހިފައި

އަންނަ އަހަރު ރަޝިއާގައި އޮންނަ ފިފާ ވޯލްޑްކަޕަށް ކޮލިފައިވުމަށް އާޖެންޓީނާއިން ކުރަމުންދާ މަސައްކަތަށް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.

ކޮމްބެލްގެ ވޯލްޑްކަޕް ކޮލިފައިންގައި އަމިއްލަ ގައުމުގައި ޕެރޫއާ ދެކޮޅަށް އާޖެންޓީނާއިން ކުޅުނު މެޗު އެއްވަރުވެފައިވަނީ 0-0 ގެ ނަތީޖާއަކުންނެވެ. ބޮކަ ޖޫނިއާސްގެ "ލަ ބޮމްބޮނޭރާ" ސްޓޭޑިއަމްގައި ބައިލައްކަ ސަޕޯޓަރުންގެ ފަހަތުގައި ކުޅުނު އާޖެންޓީނާގެ ޓީމަށް މި މެޗުގައި މާ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ވެސް ހިފިފައެއް ނުވެއެވެ.

މި މެޗުގައި ވެސް އާޖެންޓީނާގެ ފޯވާޑުން ގިނަ ފުރުސަތުތަކެއް ބޭކާރު ކޮށްލިއިރު އެ ޓީމަށް ލަނޑު ޖެހުމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބިފައިވަނީ ކެޕްޓަން މެސީއަށެވެ. ޕެރޫގެ ކީޕަރު ދިފާއުކުރި ބޯޅައެއް ރީބައުންސްގައި އޭރިއާ ތެރެއަށް ނުކުތުމުން މެސީ ފޮނުވާލި ހަމަލާ އަމާޒުވީ ޕެރޫގެ ގޯލުގެ ދަނޑިއާއެވެ. މެސީ ތަނަވަސްކޮށްދިން ގިނަ ފުރުސަތުތަކުގައި އާޖެންޓީނާގެ ފޯވާޑް ލައިނުން އަލަށް ފެނިގެން ދިޔަ ޑާރިއޯ ބެންޑޭޓޯ ފޮނުވާލި ހަމަލާތައް ޕެރޫގެ ކީޕަރު ވަނީ ހުށިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.

ދެކުނު އެމެރިކާގެ ކޮލިފައިން ބުރުގައި ޗިލީން ވަނީ 2-1 އިން އިކުއެޑޯ ބަލިކޮށްފައެވެ. ގައުމުން ބޭރުގައި 2-1 އިން ކޮލަމްބިއާ އަތުން ޕެރަގުއޭ މޮޅުވިއިރު އުރުގުއޭ އާއި ވެނެޒުއޭލާ އަދި ބްރެޒިލް އާއި ބޮލީވިއާ ކުޅުނު މެޗުތައް ނިމިފައި ވަނީ އެއްވަރު ވެގެންނެވެ.

ދެކުނު އެމެރިކާގެ ކޮލިފައިންގައި 10 ގައުމު ވާދަކުރާއިރު ވޯލްޑްކަޕަށް އޮޓަމެޓިކްކޮށް ކޮލިފައިވަނީ ގަދަ ހަތަރު ޓީމެވެ. ފަސް ވަނައަށް ދާ ޓީމު ކޮލިފައިވާނީ ޕްލޭއޮފް މެޗުގައި ނިއުޒިލޭންޑް ބަލިކޮށްގެންނެވެ.

މި މެޗު އެއްވަރު ވުމާ ވިދިގެން އާޖެންޓީނާ ވަނީ ކޮލިފައިންގެ ޕޮއިންޓް ތާވަލުގެ ހަ ވަނައަށް ވެއްޓިފައެވެ. އަދި 38 ޕޮއިންޓާއެކު އެއްވަނައިގައި އޮތް ބްރެޒިލްއިން ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރު ކޮށްފައިވާއިރު ދެވަނައިގައި އޮތް އުރުގުއޭއަށް ލިބިފައިވަނީ 28 ޕޮއިންޓެވެ. ޗިލީ އާއި ކޮލޮމްބިއާއަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބެނީ ޗިލީއަށެވެ. ފަސް ވަނައިގައި ޕެރޫ އޮތީ އަޖެންޓީނާ އާއި އެއްވަރަކަށް ޕޮއިންޓް ހޯދައިގެން އެ ޓީމަށް ވުރެ އިތުރަށް ފައިދާ ލަނޑު ހޯދައިގެންނެވެ.

އާޖެންޓީނާއަށް ވޯލްޑްކަޕްގެ ޖާގައެއް ކިރިޔާ ވެސް ލިބެން އޮތީ އަންނަ ބުދަ ދުވަހު އިކުއެޑޯއާ ދެކޮޅަށް އެ ޓީމު ކުޅޭ މެޗު ކާމިޔާބުކޮށްގެންނެވެ. ކޮލިފައިންގެ ފުރަތަމަ ބުރުގައި އަމިއްލަ ދަނޑުގައި އިކުއެޑޯ އަތުން އާޖެންޓީނާ ބަލިވިއިރު އިކުއޭޑޯގައި އާޖެންޓީނާއިން ކުޅެފައިވާ ވޯލްޑްކަޕް ކޮލިފައިންގެ މެޗުތަކުގެ ތެރެއިން އެ ޓީމު އެންމެ ފަހުން މޮޅުވެފައި ވަނީ 2001 ވަނަ އަހަރުއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 މާރިޗު 2017

ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ

07 މާރިޗު 2017
 ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
12 ފެބުރުއަރީ 2017

ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ

12 ފެބުރުއަރީ 2017
ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް