Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީ ލަންކާގެ ކެބިނެޓް

ސްރީ ލަންކާގެ 18 ވަޒީރަކު ހުވާކުރައްވައިފި

1 މެއި 2018 | އަންގާރަ 11:22

މިއީ މި އަހަރު ކެބިނެޓަށް ބަދަލު ގެންނެވި ދެވަނަ ފަހަރު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 1 މެއި 2018 | އަންގާރަ 11:22
އަންގާރަ ދުވަހު ހުވާކުރެއްވި 18 ވަޒީރުންނާއިއެކު ރައީސް މައިތިރިޕާލާ ސިރިސެނާ

އަންގާރަ ދުވަހު ހުވާކުރެއްވި 18 ވަޒީރުންނާއިއެކު ރައީސް މައިތިރިޕާލާ ސިރިސެނާ

ސްރީ ލަންކާގެ ކެބިނެޓްގެ 18 ވަޒީރަކު ރައީސް މައިތިރިޕާލާ ސިރިސޭނާގެ ކުރިފުޅުމަތީގައި އަންގާރަ ދުވަހު ހެނދުނު ވަޒީރުކަމުގެ ހުވާކުރައްވައިފިއެވެ.

މިއީ މި އަހަރުގެ ފުރަތަމަ ހަތަރުމަހުގެ ތެރޭގައި ކެބިނެޓަށް ބަދަލު ގެނެވުނު ދެވަނަ ފަހަރެވެ.

މީގެ އިތުރުން އޭޕްރީލްމަހުގެ 12 ވަނަ ދުވަހު އެކްޓިންގ މިނިސްޓަރުންގެ ގޮތުގައި ހަތަރު ބޭފުޅަކު އައްޔަން ކުރައްވާފައިވެއެވެ. އެ ބޭފުޅުން އައްޔަން ކުރެއްވީ އެސްއެލްއެފްޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ހަ ވަޒީރަކު އިސްތިއުފާދެއްވުމުންނެވެ.

އަންގާރަ ދުވަހު ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަވެގެންދިޔައި މިދިޔަ އަހަރުގެ އޯގަސްޓްމަހު ޖަސްޓިސް މިނިސްޓަރުކަމުން ވަކިކުރި ވިޖެޔަދާސަ ރާޖަޕަކްޝެ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން އެންޑް ކަލްޗަރަލް އެފެއަޒްގެ މަގާމަށް އައްޔަން ކުރެއްވުމެވެ.

ހަޔަރަ އެޑިއުކޭޝަން މިނިސްޓަރގެ މަގާމު ކުރިން އަދާކުރެއްވީ އަންގާރަ ދުވަހު މިނިސްޓަރ އޮފް ހައިވޭސް އެންޑް ރޯޑް ޑިވެލޮޕްމަންޓްގެ މަގާމަށް އައްޔަންކުރެއްވި ކަބީރް ހާޝިމްއެވެ.

ރީޖަނަލް ޑިވެލޮޕްމަންޓް މިނިސްޓަރ ސަރަތު ފޮންސެކާވަނީ މިނިސްޓަރ އޮފް ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް، ވައިލްޑްލައިފް އެންޑް ރީޖަނަލް ޑިވެލޮޕްމަންޓްގެ މަގާމަށް އައްޔަން ކުރައްވާފައެވެ.

ފިޝަރީޒް މިނިސްޓަރގެ މަގާމުގައި ހުންނެވި ޔޫޕީއެއެފްއޭގެ ޖެނެރަލް ސެކްރެޓަރީ މަހިންދަ އަމަރަވީރަ ވަނީ އެގްރިކަލްޗަރ މިނިސްޓަރގެ މަގާމަށް އައްޔަން ކުރައްވާފައެވެ.އަދި ކުރިން އެގްރިކަލްޗަރ މިނިސްޓަރުގެ މަގާމުގައި ހުންނެވި އެސްއެލްއެފްޕީގެ ޖެނެރަލް ސެކްރެޓަރީ ވަނީ މިނިސްޓަރ އޮފް އިރިގޭޝަން އެންޑް ވޯޓަރ ރިސޯސް މެނޭޖްމަންޓް އެންޑް ޑިޒާސްޓަރ މެނޭޖްމަންޓްގެ މަގާމަށް ބަދަލުކުރައްވާފައެވެ.

މީގެ ކުރިން ޔޫޕީއެފްއޭއަށް ނިސްބަތްވެ ވަޑައިގަންނަވާ ވަޒީރުން ތިއްބެވި ސޯޝަލް އެމްޕަވަރމެންޓް އަދި ލޭބަރ ރިލޭޝަންސް ވަނީ ޔޫއެންޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ވަޒީރުންނާއި ހަވާލުކުރައްވާފައެވެ.

އިތުރަށް ކިޔާލަން

27 މެއި 2017

ސްރީލަންގައި ފެންބޮޑުވުމާއި އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި 100 މަރު

27 މެއި 2017
ސްރީލަންގައި ފެންބޮޑުވުމާއި އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި 100 މަރު
22 މެއި 2017

ލަންކާގެ ރައީސް ކެބިނެޓަށް ބަދަލުގެންނަވައިފި

22 މެއި 2017
ލަންކާގެ ރައީސް ކެބިނެޓަށް ބަދަލުގެންނަވައިފި
18 މެއި 2017

ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި

18 މެއި 2017
ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި
10 މެއި 2017

ނުކޮރެއާގެ އާ ރައީސް މޫން ޖެއި އިން ރައީސްކަމުގެ ހުވާކުރައްވައިފި

10 މެއި 2017
ނުކޮރެއާގެ އާ ރައީސް މޫން ޖެއި އިން ރައީސްކަމުގެ ހުވާކުރައްވައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
28 ފެބުރުއަރީ 2017

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

28 ފެބުރުއަރީ 2017
ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި
18 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި

18 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް