Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަރިޔަމް ސައީދު އަވަހާރަވުން

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

27 އެޕްރީލު 2018 | ހުކުރު 10:25

މަރިޔަމް ސަޢީދު އަވަހާރަވީ ބުރާސްފަތި ދުވަހު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 27 އެޕްރީލު 2018 | ހުކުރު 10:25
މަރިޔަމް ސަޢީދު ފަސްދާނުލުމަށް ސަންދޯއް ކުއްޕިޔަވައްތަ ސަހަރާއަށް ގެންދަނީ

މަރިޔަމް ސަޢީދު ފަސްދާނުލުމަށް ސަންދޯއް ކުއްޕިޔަވައްތަ ސަހަރާއަށް ގެންދަނީ

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ އަނބިކަނބަލުން މަރިޔަމް ސަޢީދު، އެކަމަނާގެ ބައްޕާފުޅު ހުސައިން ސަލާހުއްދީން ފަސްދާނުލާފައިވާ ސަހަރާގައި ފަސްދާނުލައިފިއެވެ.

އަވަށްޓެރި ސްރީލަންކާގެ ކުއްޕިޔަވައްތަ މުސްލިމް ބިއުރަލް ގްރައުންޑްސްގައި މަރިޔަމް ސަޢީދު ފަސްދާނުލާފައި ވަނީ މިއަދުގެ ހުކުރު ނަމާދަށްފަހުއެވެ.

Advertisement - newsAdvertisement

މި ސަހަރާއަކީ މަރިޔަމް ސަޢީދުގެ ބައްޕާފުޅު އަދި މަޝްހޫރު އަދީބު އައްޝައިޚް ހުސައިން ސަލާޙުއްދީންގެ އިތުރުން އެކަމަނާގެ ބޭބޭފުޅު އިބްރާހިމް ޝިހާބްވެސް ފަސްދާނުލާފައިވާ ސަހަރާއެވެ. އެކަމަނާގެ ޖަނާޒާގައި އާއިލާގެ ބޭފުޅުންގެ ތެރެއިން މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި، ހުސެން ޝިހާބާއި، އިބްރާހިމް ހުސެން ޝިހާބުގެ އިތުރުން މުއިއްޒު އަދުނާން އަދި އާއިލާގެ އެހެން ބައެއް ބޭފުޅުންގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކޮޅުނބުގައި ހުންނަ ދިވެހި އެމްބަސީގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މަރިޔަމް ސަޢީދު އަވަހާރަވީ ސްރީލަންކާގައި، ބުރާސްފަތި ދުވަހުއެވެ. އަވަހާރަވުމުގެ ދޮޅު މަހެއްހާދުވަސް ކުރިން އެކަމަނާއަށް ސްޓްރޯކެއް ޖެހުނު ކަމަށާއި، އަވަހާރަވީ އުމުރުފުޅުން ދުވަސްވުމުގެ ސަބަބުން ސިއްޙީ ހާލުކޮޅު ދެރަވުމުގެ ސަބަބުން ކަމަށްވެސް އާއިލާއިން ވަނީ މަޢުލޫމާތު ދީފައެވެ.

މަރިޔަމް ސައީދަކީ ރައީސް އިބްރާހިމް ނާސިރުގެ ދެވަނަ އަނބިކަނބަލުންނެވެ. ރައީސް ނާސިރާއި އެކަމަނާއަށް ދެ ބޭފުޅުން ލިބިލެއްވިއެވެ. އެއީ އަލްމަރުހޫމް އަލީ ނާސިރާއި އަލްމަރުހޫމް މުޙައްމަދު ނާސިރެވެ.

މަރިޔަމް ސައީދު ދީދީގެ ބައްޕާފުޅަކީ އައްޝައިހް ހުސައިން ސަލާހުއްދީނެވެ. މަންމާފުޅަކީ މެދުގަނޑުވަރު ތުއްތު ގޮމާއެވެ. އާއިލާގައި އެއްބަނޑު އެއްބަފާ ބޭފުޅުންގެ ގޮތުގައި ދެން ތިއްބެވީ ބޭބޭފުޅު އިބްރާހިމް ޝިހާބާއި އަދުނާން ހުސައިންގެ އިތުރުން ދައްތާފުޅު ފާތިމަތު ސައީދެވެ. އެއްބަފާ އިތުރު 4 ބޭފުޅުން ތިއްބެވެ. އެއީ ހައްވާ ސައީދާއި، ޚަދީޖާ ސައީދާއި، އައިޝަތު ސައީދާއި މުޙައްމަދު ސައީދެވެ.

މަރިޔަމް ސައީދަކީ އަދަބީ ރޮނގުން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭކަނބަލެކެވެ. އެގޮތުން ޚާއްސަކޮށް ޅެންވެރިކަމުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރައްވައި، ރީތި ދިވެހި ގިނަ ޅެންތަކެއް ހެއްދެވިއެވެ. މީގެ އިތުރުން އޭރުގެ މާފަންނު މަދަރުސާ ކަމަށްވާ މަދަރަސަތުލް ސަލާހިއްޔާގެ މުދައްރިސްކަންވެސް ކުރެއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2018

މާރުކޭޓު ގޮޅީގެ މައްސަލައިގައި ދިޔާނާ ސަޢީދުގެ ފާޑުކިޔުން ސަރުކާރަށް

11 ޖެނުއަރީ 2018
މާރުކޭޓު ގޮޅީގެ މައްސަލައިގައި ދިޔާނާ ސަޢީދުގެ ފާޑުކިޔުން ސަރުކާރަށް
24 ޑިސެމްބަރު 2017

އުއްތަމަ ފަނޑިޔާރު މަޤާމުން ވަކިކުރަން ޖެހޭ، މިވާހަކަ ދެއްކުން ނުހުއްޓުވޭނެ: މަހްފޫޒް ސަޢީދު

24 ޑިސެމްބަރު 2017
އުއްތަމަ ފަނޑިޔާރު މަޤާމުން ވަކިކުރަން ޖެހޭ، މިވާހަކަ ދެއްކުން ނުހުއްޓުވޭނެ: މަހްފޫޒް ސަޢީދު
09 ނޮވެމްބަރު 2017

މިދަނީ ޤާނޫންތައް ހަދައި، އިންވެސްޓްކުރަން ފަސޭހަ ކުރަމުން: މިނިސްޓަރ ސަޢީދު

09 ނޮވެމްބަރު 2017
މިދަނީ ޤާނޫންތައް ހަދައި، އިންވެސްޓްކުރަން ފަސޭހަ ކުރަމުން: މިނިސްޓަރ ސަޢީދު
02 އޯގަސްޓު 2017

ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ޑރ. މަރިޔަމް ޖަބީން އައްޔަންކުރައްވައިފި

02 އޯގަސްޓު 2017
ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ޑރ. މަރިޔަމް ޖަބީން އައްޔަންކުރައްވައިފި
11 ޖޫން 2017

ޝަރީޢަތް ކުރުމުގެ "ހައިސިއްޔަތު ނެތް" މަރިޔަމް ވަހީދު އަދިވެސް ގާޒީއެއްގެ ގޮތުގައި!

11 ޖޫން 2017
ޝަރީޢަތް ކުރުމުގެ "ހައިސިއްޔަތު ނެތް" މަރިޔަމް ވަހީދު އަދިވެސް ގާޒީއެއްގެ ގޮތުގައި!
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
16 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

16 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް