Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓަރ ސައީދު

މިދަނީ ޤާނޫންތައް ހަދައި، އިންވެސްޓްކުރަން ފަސޭހަ ކުރަމުން: މިނިސްޓަރ ސަޢީދު

9 ނޮވެމްބަރު 2017 | ބުރާސްފަތި 00:24

ޔޫއޭއީއާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 9 ނޮވެމްބަރު 2017 | ބުރާސްފަތި 00:24
އިކޮނޮމިކް މިނިސްޓަރ ސަޢީދު(ވ) ޔޫއޭއީގެ އިކޮނޮމީ މިނިސްޓަރ ސުލްޠާން ބިން ސަޢީދު އަލް މަންސޫރީ(ކ) އާއި އަބޫދާބީގައި ބައްދަލުކުރައްވަނީ

އިކޮނޮމިކް މިނިސްޓަރ ސަޢީދު(ވ) ޔޫއޭއީގެ އިކޮނޮމީ މިނިސްޓަރ ސުލްޠާން ބިން ސަޢީދު އަލް މަންސޫރީ(ކ) އާއި އަބޫދާބީގައި ބައްދަލުކުރައްވަނީ

އިޤްތިޞާދާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ޔޫއޭއީގެ އިޤްތިޞާދާއި ބެހޭ ވަޒީރާއި ސުލްޠާން ބިން ސަޢީދު އަލް މަންސޫރީއާއި ބައްދަލުކުރައްވައިފިއެވެ.

ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި ބޭއްވި މިބައްދަލުވުމުގައި މިނިސްޓަރ ސަޢީދު ވިދާޅުވީ ރާއްޖެއިން ވައިގެ ދަތުރުފަތުރާއި، އިޢާދަކުރުވަނިވި ހަކަތަ އާއި، ރިއަލް އެސްޓޭޓްގެ ދާއިރާ އިތުރަށް ފުޅާކުރުމަށް މަސައްކަތްކުރާކަމަށާއި، އާ ގާނޫންތައް ހަދައި،އަދި އިގްތިސޯދީ ޒޯންތައް ހަދައިގެން އިތުރު އިންވެސްޓްމަންޓް ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. މިދާއިރާތަކަކީ ޔޫއޭއީގެ ތަރައްޤީގެ ސިޔާސަތުގައިވެސް އަހައްމިއްޔަތުކަންދޭ ދާއިރާތައްކަމުން، މިދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ފުރުސަތުތަކެއް ހުރިކަން މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ހުރި ގިނަ ފުރުސަތުތަކާއި ބެހޭ ގޮތުން ޔޫއޭއީގެ އިގްތިސޯދާ ބެހޭ ވަޒީރަށް މިނިސްޓަރު ސައީދު ވަނީ މަޢުލޫމާތު ދެއްވާފައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ޔޫއޭއީގެ އިގްތިސޯދާބެހޭ ވަޒީރު ސުލްޠާން ބިން ސަޢީދު އަލް މަންސޫރީ ވަނީ އިޤްތިޞާދީ އަދި ވިޔަފާރީގެ ގޮތުން ދެ ގައުމުން އިސްކަންދޭ ދާއިރާތަކުގައި ގުޅުން ބަދަހިކުރުމާބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ޔޫއޭއީ އާއި ރާއްޖޭގެ ވިޔަފާރީތަކުން ގުޅުން ބަދަހިކުރުމުގެ މުހިއްމުކަމުގެ މައްޗަށް ވާހަކަ ދެއްކެވި އެވެ. އަދި ރާއްޖޭގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް މަންސޫރީ ވިދާޅުވިއެވެ.

ޑިސެމްބަރު މަހު 18ވަނަ ދުވަހު ޔޫއޭއީގެ ޑުބާއީގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމާބެހޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މަންސޫރީ ވިދާޅުވީ މިއީ ޑުބާއީގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ހުރި ފުރުސަތުތަކާބެހޭ ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެ ފޯރަމަކަށް ވާނެކަމަށެވެ.

ޔޫއޭއީއަކީ މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއެވެ. މިއަހަރު އިންވެސްޓްމަންޓް ފޯރަމް ޑުބާއީގައި ބާއްވާ ގޮތަށް ހަމަޖެއްސީ ގަތަރުގައި މި ފޯރަމް ބާއްވަން ނިންމާފައިވަނިކޮށް ސައޫދީ އަރަބިއްޔާގެ އިސްނެގުމަކަށް ބައެއް އަރަބި ގައުމުތަކުން ގަތަރާއެކު ގުޅުން ކަނޑާލުމުން، ރާއްޖެއިންވެސް އެކަމުގައި ބައިވެރިވެ ގަތަރާއި ގުޅުން ކަނޑާލުމުންނެވެ. ޔޫއޭއީއަކީވެސް ސަޢޫދީއާ ގުޅިގެން ގަތަރާ ގުޅުން ކަނޑާލި އެއް ގައުމެވެ.

މިނިސްޓަރ ސައީދު ވަނީ ޑުބާއީގައި އޮތް އޮޓޯމޮބައިލް ޝޯއަކަށް ޒިޔާރަތްކުރައްވާފައެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
13 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުން ދޫކޮށްލާއިފި

13 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުން ދޫކޮށްލާއިފި
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް