Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަހްފޫޒު ސައީދު

އުއްތަމަ ފަނޑިޔާރު މަޤާމުން ވަކިކުރަން ޖެހޭ، މިވާހަކަ ދެއްކުން ނުހުއްޓުވޭނެ: މަހްފޫޒް ސަޢީދު

24 ޑިސެމްބަރު 2017 | އާދީއްތަ 00:29

އުއްތަމަ ފަނޑިޔާރު މަޤާމަށް ޢައްޔަންކުރެވުނީ ރަނގަޅަށްތޯ މަޖިލީހުން ރިވިއުކުރަން ޖެހޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 24 ޑިސެމްބަރު 2017 | އާދީއްތަ 00:29
ޤާނޫނީ ވަކީލް މަހްފޫޒް ސަޢީދު

ޤާނޫނީ ވަކީލް މަހްފޫޒް ސަޢީދު

މިހާރުން މިހާރަށް އުއްތަމަ ފަނޑިޔާރު މަޤާމުން ވަކިކުރަން ޖެހޭކަމަށް ޤާނޫނީ ވަކީލު މަޙްފޫޒް ސަޢީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ހޮނިހިރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން މަހްފޫޒް ވިދާޅުވީ، ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަހުމަދު ފާއިޒް ހުސެއިން މަޤާމުން ވަކިކޮށް، އެމަޤާމަށް އަލްއުސްތާޛް އަބްދުﷲ ސަޢީދު ޢައްޔަންކުރެވިފައި ހުރީ ރަނގަޅަށްތޯ ރައްޔިތުންގެ މަޖިލީހުން ބަލަން ޖެހޭކަމަށެވެ. އަދި އެމައްސަލަ ރައްޔިތުންގެ މަޖިލީހުން ރިވިއުކުރަން ޖެހޭކަމަށް ޒުވާން ޤާނޫނީ ވަކީލު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މަހްފޫޒު ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން އަބްދުﷲ ސަޢީދު ރައްޔިތުންގެ ކުރިމައްޗަށް ނިކުމެވަޑައިގެން ވާހަކަފުޅު ދައްކަވަންވީ މަޖިލީހުން އެކަން ރިވިއުކުރުމަށްފަހުގައިކަމަށެވެ.

ހޮނިހިރު ދުވަހުގެރޭ މެމްބަރު އިމްތިޔާޒް ފަހުމީ (ކ) އާއިއެކު މަހްފޫޒު (ވ) ފަލަސުރުޚީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ

ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަހުފޫޒުވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސް އަބްދުﷲ ޔާމީނަށް ތަޢުރީފުކުރައްވައި އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"މިހާރު މިފެންނަ މަންޒަރަކީ ހަޤީގަތުގައި އުއްތަމަ ފަނޑިޔާރުކަން ލިބިވަޑައިގެންފައި ވަނީ އެއީ އެކަށީގެންވާ ހަމަތަކަކުގެ މަތިން ނޫންކަމަށް ވީމަ، ދެން ކޮންމެ ގޮތެއް ހަދާފަވެސް މިއޮތީ މަޤާމު ދިފާޢުކުރުން. އެހެންވީމައި މަޤާމު ދިފާޢުކުރުމުގެ ގޮތުން ދައްކަވާ ވާހަކަތައްކަމަށް ފެންނަނީ"، މަހުފޫޒު ވިދާޅުވިއެވެ.

"އުއްތަމަ ފަނޑިޔާރު އެކުރެއްވިކަމަކީ ސިޔާސީ ބޭފުޅުންތަކެއް އެއްކުރައްވައިގެން އިންނަވައި، ފަނޑިޔާރުންގެ ޤާނޫންގެ 29ވަނަ މާއްދާގެ (ހ)ގެ 1ވަނަ ނަމްބަރާއި ކަނޑައެޅިގެން ޚިލާފްވީ. އެއީ އުއްތަމަ ފަނޑިޔާރުގެ މަޤާމާއި އެކަށީގެން ނުވާކަމެއް އެކުރެއްވީ. އެހެންވީމަ މި ގްރައުންޑްގައި ޖުޑީޝަލް ސަރވިސަސް ކޮމިޝަނުން މައްސަލަ ބެލުމަށްފަހު ރައްޔިތުންގެ މަޖިލީހަށް އެބަހުށަހަޅަން ޖެހޭ، ހުށަހަޅައިގެން އުއްތަމަ ފަނޑިޔާރު ވަކިކުރަން ޖެހޭ"

މިހާރުވެސް ސަސްޕެންޝަނެއްގައި ހުންނެވި، އަދި ޝަރީޢަތްތައް އަޑު އަހަންވެސް ވަނުން މަނާކޮށްފައިވާ ޤާނޫނީ ވަކީލް މަހްފޫޒް ވިދާޅުވީ އަބަދުވެސް އުއްތަމަ ފަނޑިޔާރުގެ ވާހަކަ ދައްކަވަމުން ގެންދަވަނީ ރާއްޖޭގެ ޝަރުޢީ ނިޒާމަށް މައްސަލައެއް ކުރިމަތިވެފައިވާނަމަ، އެމައްސަލައަކީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު ކަމުގައި ވާތީކަމަށެވެ. އަދި ޝަރުޢީ ނިޒާމްގައި ހުރި މައްސަލަތަކުގެ ވާހަކައާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދުގެ ވާހަކަ ދެއްކެވުން ނުހުއްޓަވާނެކަމަށް މަހްފޫޒު ވިދާޅުވިއެވެ.

"އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދަށް އަޅުގަނޑު މަހްފޫޒު ސަޢީދު މައިތިރިއެއް ނުކުރެވޭނެ. އުއްތަމަ ފަނޑިޔާރު މަޤާމުގައި ހުރިހާ ދުވަހަކު އަޅުގަނޑު ދާނީ އުއްތަމަ ފަނޑިޔާރު އެގޮތަށް ކަންތައްކުރައްވާކަމުގައި ވާނަމަ އެވާހަކަ ދައްކަމުން. އެވާހަކަ ދައްކާނެ އެންމެންވެސް"، މަހްފޫޒު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް