Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާޒީ މަރިޔަމް ވަހީދު

ޝަރީޢަތް ކުރުމުގެ "ހައިސިއްޔަތު ނެތް" މަރިޔަމް ވަހީދު އަދިވެސް ގާޒީއެއްގެ ގޮތުގައި!

ގާޒީއާމެދު ފިޔަވަޅު އެޅީ ވ. ބޮޑުމޮހޮރާގެ މައްސަލައިގައި އިއްވި ހުކުމަކާ ގުޅިގެން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 11 ޖޫން 2017 | އާދީއްތަ 11:06
ހާޒީން ހުވާ ކުރުމުގެ ރަސްމީއްޔާތުގައި މަރިޔަމް ވަހީދު ގާޒީ ކަމުގެ ހުވާ ކުރައްވަނީ

ހާޒީން ހުވާ ކުރުމުގެ ރަސްމީއްޔާތުގައި މަރިޔަމް ވަހީދު ގާޒީ ކަމުގެ ހުވާ ކުރައްވަނީ

ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު އަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީޢަތް ކުރުމުގެ ހައިސިއްޔަތު ލިބިގެން ނުވާ ކަމަށް ނިންމައި ސުޕްރީމް ކޯޓުން މަރިޔަމް ވަހީދު ފަނޑިޔާރު ކަމުން ވަކިކުރި ނަމަވެސް މަރިޔަމް ވަހީދުއަކީ އަދިވެސް ސިވިލް ކޯޓުގެ ގާޒީއެއް ކަން ހާމަވެއްޖެއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަންގެ ވެބް ސައިޓުގައި އާންމު ކޮށްފައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ލިސްޓުގައި އަދި ވެސް މަރިޔަމް ވަހީދުގެ ނަން ހިމެނެއެވެ. އެގޮތުން ޖޭއެސްސީގެ ފަނޑިޔާރުންގެ ލިސްޓުން ދައްކާ ގޮތުގައި މަރިޔަމް ވަހީދު އަކީ އަދިވެސް ސިވިލް ކޯޓުގެ ގާޒީއެކެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން ޖޭއެސްސީގެ މީޑިއާ އޮފިޝަލް އަށް ގުޅާލުމުން ވިދާޅުވީ ޖޭއެސްސީން މަރިޔަމް ވަހީދު ފަނޑިޔާރު ކަމުން ވަކިކޮށްފައި ނުވާ ކަމަށާއި އަދި ފަނޑިޔާރުން ވަކިކުރުމުގެ ބާރަކީ ޖޭއެސްސީ އަށް ލިބިގެންވާ ބާރެއް ނޫން ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން މަރިޔަމް ވަހީދު ފަނޑިޔާރުކަން ކުރުމުގެ ހައިސީއްޔަތު ނެތް ކަމަށް ކަނޑައަޅާފައިވާތީ އެކަމާ ގުޅިގެން ސުވާލު ކުރުމުން ޖޭއެސްސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލާގައި މީގެކުރިން ޖޭއެސްސީން ގޮތެއް ނިންމާފައިވާނެ ކަމަށެވެ.

ގާޒީ މަރިޔަމް ވަހީދު އަށް މުސާރަ ދެމުންދާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ސުވާލުކުރުމުން ޖޭއެސްސީގެ އޮފިޝަލް ވިދާޅުވީ ފަނޑިޔާރުންނަށް މުސާރަ ދިނުމުގެ ކަންތައްތަކަކީ ޖޭއެސްސީން ބަލަހައްޓާ ކަންތައްތަކެއް ނޫން ކަމަށާއި އަދި އެއީ ޖޭއެސްސީގެ އިހްތިސާސްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކޮންމެ ކޯޓެއްގެ ވެސް ފަނޑިޔާރުންގެ މުސާރަ ދޭނީ އެ ކޯޓަކުން ކަމަށާއި އަދި އެކަންކަން ބަލަހައްޓާނީ ޖުޑިޝަލް އެޑްމިނިސްޓްރޭޝަންއިން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ގާޒީ މަރިޔަމް ވަހީދުގެ މައްސަލައިގައި ޖޭއެސްސީން ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ، ގާނޫނުގައި ކަން އޮތް ގޮތް ބަޔާންކޮށް ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކަކީ އެންމެ ފަހުގެ ނިންމުން ކަމަށް ވާއިރު، ގާޒީ މަރިޔަމް ވަހީދު ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ޝަރުއިއްޔަތާއި އަހުލިއްޔަތާއި ވިލާޔަތު ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމާ ގުޅިގެން، އެ ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ.

ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު އަށް މުސާރަ ދޭކަން ސާފުކުރުމަށް ސިވިލް ކޯޓަށް ގުޅުމުން އެ ކޯޓުގެ މީޑިއާ އިފިޝަލް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ސިވިލް ކޯޓުން އެއްވެސް ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށެވެ.

މިކަމާ ގުޅިގެން ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ތަރުޖަމާން ފާތިން އަށް ގުޅާލުމުން ވިދާޅުވީ މައުލޫމާތު ސާފް ކުރުމަށް ފަހު ގުޅާނެ ކަމަށެވެ. ފަހުން ރާއްޖެއެމްވޫން ގުޅި ނަމަވެސް ފަތިން ފޯނަށް ޖަވާބް ދެއްވާފައެއް ނުވެއެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ ވ. ބޮޑުމޮހޮރާ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށް ދިނުމަށް އެއްބަސްވުމަކަށް ވާސިލުވުމަކީ ސަރުކާރަށް ލިބިފައިވާ އިޚްތިޔާރީ ބާރެއް ކަމަށް އެ ކޯޓުން ކަނޑައަޅާފައިވަނިކޮށް، ހަތް ދުވަހުގެ ތެރޭގައި އެގްރީމެންޓްގައި ސޮއިކުރުމަށް ލާޒިމްކޮށް ގާޒީ މަރިޔަމް ހުކުމް ކޮށްފައިވާތީއެވެ.

މީގެ އިތުރުން އެ އަމުރުގައި ބުނެފައިވަނީ އެފަދަ އެއްބަސްވުމެއްގައި ސޮއިކުރުމަށް ސަރުކާރުގެ މައްޗަށް މަޖުބޫރުކުރާ ނުވަތަ ލާޒިމްކުރާ ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

ގާނޫނު އަސާސީގެ 145 ވަނަ މާއްދާ އާއި 143 ވަނަ މާއްދާގެ (ރ) އާއި ފަނޑިޔާރުންގެ ގާނޫނުގެ 30 ވަނަ މާއްދާ އާއި ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާ އާއި 22 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ 86 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ރާއްޖޭގެ ކޯޓުތަކުގައި ޝަރީއަތް ކުރުމުގެ ޝަރުއިއްޔަތާއި އަހުލިއްޔަތާއި ވިލާޔަތު، މަރިޔަމް ވަހީދުގެ ކިބައިން ގެއްލިފައިވާ ކަމަށް ކަނޑައަޅާ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 35 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅުމުގެ ބާރަކީ ޖޭއެސްސީގެ އިހުތިސާސްގައި ހިމެނޭ ކަމެކެވެ.

މީގެ އިތުރުން ފަނޑިޔާރުންގެ ގާނޫނުގެ 22 ވަނަ މާއްދާގައި ބުނެފައިވަނީ ފަނޑިޔާރުކަމުގެ މަގާމުގައިހުރި މީހަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެ މީހަކު ގާބިލުނޫން ކަމަށް ނުވަތަ އެ މަގާމަށް އެކަށީގެންނުވާފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާކަމަށް ޖޭއެސްސީ އަށް ގަބޫލުކުރެވިގެން، އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގައި ނަގާ ވޯޓުގައި ބައިވެރިވާ މެންބަރުންގެ ތިންބައިކުޅަދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށެވެ.

މީގެ އިތުރުން ފަނޑިޔާރުންގެ ގާނޫނުގެ ނުވަ ވަނަ މާއްދާގައި ބުނެފައި ވަނީ، ފަނޑިޔާރަކު އޭނާގެ މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ދިން ރައުޔަކާ ގުޅިގެން ނުވަތަ ކުރި އަމުރަކާ ގުޅިގެން ނުވަތަ ކުރި ހުކުމަކާ ގުޅިގެން، ގާނޫނު އަސާސީ އާއި ގާނޫނުގައި ބަޔާންވެގެންވާ އިސްތިއުނާފު ކުރުމުގެ އުސޫލުތަކުގެ ބޭރުން ނުވަތަ ފަނޑިޔާރުންގެ ސުލޫކާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށް ގާނޫނު އަސާސީ އާއި ގާނޫނުގައި ބަޔާންވެގެންވާ އުސޫލުތަކުގެ ބޭރުން، އެއްވެސް ފަރާތަކުންއެ ފަނޑިޔާރަކު ޖަވާބުދާރީއެއް ނުކުރެވޭނެ ކަމަށެވެ.

އެޓާނީ ޖެނެރަލް އޮފީހުން ހުށަހެޅި މައްސަލައަކާ ގުޅިގެން ސިވިލް ކޯޓުން ގާޒީ މަރިޔަމަށް ފިޔަވަޅު އެޅި އިރު، ފަނޑިޔާރުންގެ ގާނޫނުގެ 37 ވަނަ މާއްދާގައި ވާގޮތުން، ފަނޑިޔާރެއްގެ ތައުދީބީ މައްސަލަތައް ހުށަހަޅަންޖެހެނީ، ކުރެވިފައިވާ ތުހުމަތުތަކާއި އެ ތުހުމަތަށް ތާއީދު ދެނިވި ހެކިތަކާއެކު، އެކަމަށް ކަނޑައެޅިފައިވާ ފޯމަކުން ޖޭއެސްސީ އަށެވެ. އަދި އެފަދަ މައްސަލައެއް ޖޭއެސްސީގައި ތަހުގީގު ކުރާއިރު، އެ ފަނޑިޔާރަކު މައްސަލައިގައި ބުނާ އެއްޗެއް ހޯދުމަށް އަޑުއެހުމެއް ބޭއްވުމަށް ފަހު، މައްސަލައިގެ ބާވަތަށާއި، ފަނޑިޔާރަކު މައްސަލައިގައި ބުނާ އެއްޗަކަށް ރިއާޔަތްކޮށް އެ ފަނޑިޔާރަކު ވަޒީފާ އަށް ނުނިކުމެ މަޑުކުރުމަށް އެންގިދާނެ ކަމަށެވެ.

ގާޒީ މަރިޔަމް ވަހީދަށް ފިޔަވަޅު އެޅި އިރު އާންމު އުސޫލެއްގެ ގޮތުގައި މައްސަލައެއް ކޯޓަށް ބަލައިގަތުމަށް ނިންމަނީ ރަޖިސްޓްރާއެވެ. އަދި އެ މައްސަލަ ގާޒީއާ ހަވާލުކުރާނީ ފަނޑިޔާރުންގެ މަޖިލީހުން އިސް ގާޒީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު