Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން

ޕާކިސްތާނުގެ ކޯޓަކުން އެޤައުމުގެ ޚާރިޖީ ވަޒީރު މަޤާމުން ދުރުކޮށްފި

26 އެޕްރީލު 2018 | ބުރާސްފަތި 14:02

އާސިފްގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައެޅީ ތެދުވެރިނުވެގެން ކަމަށް ބުނެ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 26 އެޕްރީލު 2018 | ބުރާސްފަތި 14:02
ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޚަވާޖާ އާސިފް

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޚަވާޖާ އާސިފް

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޚަވާޖާ އާސިފްގެ ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އެޤައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

އާސިފްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިސްލާމް އާބާދުގެ ހައިކޯޓުން ޙުކުމް ކުރީ އެމަނިކުފާނު ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަމަށް ޝަރުތު ފުރިހަމަނުވާ ކަމަށެވެ. އާސިފް އާދި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އިންތިޚާބީ ދާއިރާގެ ވާދަވެރި ސިޔާސީ ބޭފުޅެކެވެ. އެމައްސަލައަކީ އާސިފްގެ އަތްޕުޅުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި މަސައްކަތް ކުރުމުގެ ވިސާ އޮންނަ ކަމަށާއި، އެކަން އިންތިޚާބަށް ކުރިމަތިލެއްވިއިރު ހާމަކޮށްފައިނުވާ ކަމަށް ބުނާ މައްސަލައެކެވެ.

ހައިކޯޓުން ކުރި ހުކުމްގައިވަނީ ޔޫއޭއީ ކުންފުންޏެއްގައި މަސައްކަތް ކުރައްވާކަން އާސިފް ހާމަކުރައްވާފައި ނުވާ ކަމަށާއި، އެހެން ކަމުން އެމަނިކުފާނު ޤާނޫނު ހަދާ މަޖިލީހަށް ޝަރުތު ފުރިހަމަނުވާ ކަމަށެވެ.

އާސިފްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކޯޓުން ކަނޑައެޅީ ޕާކިސްތާނުގެ ޤާނޫން އަސާސީގެ 62ވަނަ މާއްދާއާއި ހަވާލާދީއެވެ. އެމާއްދާގައި ވަނީ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަކީ ތެދުވެރި ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް މަޤާމުން ދުރުކުރުމަށް ވެސް ކޯޓުން ހުއްޖަތެއްގެ ގޮތުގައި ދެއްކީ ހަމަ އެމާއްދާއެވެ.

އާސިފް އަކީ އޭރު މުސްލިމް ލީގްގެ ފަރާތުން ނަވާޒަށް ފަހު ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވުނު އެއް ބޭފުޅާއެވެ.

ނަވާޒް ޝަރީފާއި އާސިފް އާއި ދޭތެރޭ ކޯޓުން ކަންތައް ކުރި ގޮތުން މުސްލިމް ލީގުން ތުހުމަތު ކުރާ ގޮތުގައި ޕާކިސްތާނުގެ ޖުޑީޝަރީ އިން ދަނީ އާއްމު އިންތިޚާބު ކައިިރިވަމުން އަންނައިރު މުސްލިމް ލީގު ޕާޓީއާއި ޒާތީގޮތުން ޖައްސާލަމުންނެވެ. ނަވާޒް ޝަރީފް ވަނީ ކޯޓުތަކުން ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް، ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ސަޕޯޓަރުންނަށް ގޮވާލައްވާފައެވެ.

އާސިފް ވަނީ އެމަނިކުފާނުގެ ގޮނޑި ގެއްލުނު ކަމަށް ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
15 ފެބުރުއަރީ 2017

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް