Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބްދުﷲ ސައީދު

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރާ ދައުލަތުގެ މަސައްކަތައް ހުރަސްއެޅުމުގެ ދައުވާ: ހެކި ބަލައިނުގަންނަން އެދިއްޖެ

26 އެޕްރީލު 2018 | ބުރާސްފަތި 06:47

އަބްދުﷲ ސަޢީދުގެ ފަރާތުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި 11 ކަމެއް ހިމެނޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 26 އެޕްރީލު 2018 | ބުރާސްފަތި 06:47
އުއްތަމަ ފަނޑިޔާރުގ އަބްދުﷲ ސަޢީދު:- ދައުލަތުގެ މަސައްކަތައް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ވަނީ ކޮށްފައި

އުއްތަމަ ފަނޑިޔާރުގ އަބްދުﷲ ސަޢީދު:- ދައުލަތުގެ މަސައްކަތައް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ވަނީ ކޮށްފައި

އުއްތަމަ ފަނޑިޔާރުގ އަބްދުﷲ ސަޢީދުގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާގައި ހުށަހަޅާފައިވާ ހެކިތައް ބަލައިނުގަތުމަށް އަބްދުﷲ ސައީދުގެ ފަރާތްޕުޅުން ވަކީލުން އެދިވަޑައިގެންފިއެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއާ ގުޅިގެން ބުރާސްފަތި ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދެ ފަރާތުންވެސް ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާފައެވެ.

Advertisement - newsAdvertisement

އެގޮތުން އަބްދުﷲ ސަޢީދުގެ ފަރާތުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި 11 ކަމެއް ހިމެނެއެވެ. އޭގެ ތެރޭގައި އެ ދައުވާގައި ހަވާލާދޭ ގާނޫނުގައި ބުނެފައިވާ ކުށުގެ އުންސުރުތައް އަބްދުﷲ ސައީދު މައްޗަށް ފުރިހަމަ ނުވާ ކަމަށް ބުނެ އެ ދައުވާ ބާތިލްކޮށްދޭން އެދިފައިވެއެވެ. އަދި ދައުވާ ފޯމްގައި ޕްރޮސެކިއުޓާ ޖެނަރަލްގެ ބަދަލުގައި އެހެން ބޭފުޅަކު ސޮއި ކޮށްފައިވާއިރު އެ ސޮއި ކުރައްވާފައިވަނީ ޕްރޮސެކިއުޓާ ޖެނަރަލް އަންގަވައިގެން ކަން އެނގޭނެ ލިޔުމެއް ހުށަހަޅާފައިނުވާތީ އެކަމަކީ ޖިނާއީ އިޖްރާއަތާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ކަނޑައަޅާދޭން ހުށަހަޅާފައިވެއެވެ.

ހަމައެހެންމެ އަބްދުﷲ ސައީދުގެ ހިންގި ކަމަށް ތުހްމަތުކުރާ ކުށް ކުރި ވަގުތު، ދައުވާގެ ބަޔާންކޮށްފައިނުވާތީ އާއި އެތައް ބައިވަރު މީހުން އެއްކޮށް ކުރި ކަމަށް ބުނާ އެ ކުށާ ގުޅިގެން އަބްދުﷲ ސައީދުގެ މައްޗަށް އެކަނި ދައުވާ ކޮށްފައި އޮތުމުން އެކަން ކަމަކީވެސް ގާނޫނުތަކާ ހިލާފަށް ކޮށްފައިވާ ކަމަކަށްވާތީ އެ ދައުވާ ބާތިލްކޮށްދޭން އެދިފައިވެއެވެ.

އޭގެ އިތުރުން ސިއްރު 3 ހެއްކަކާއި އަދި ފުލުސް މީހެއްގެ ހެކިބަސް ނެގުމަށް ދައުލަތުން އެދޭއިރު އެމީހުންގެ ހެކިބަސް ބަލައިގަންނަ ނަމަ އެ މީހުންގެ ހެކިބަސްތައް ސިއްރު ނުކުރުމަށާއި އަދި ތަހްގީގާ ގުޅޭ އެންމެހާ ލިޔުންތައް ސިއްރު ނުކުރުމަށްވެސް އުއްތަމަ ފަނޑިޔާރުގެ ފަރާތުން ވަނީ އެދިފައެވެ. ދައުލަތުން ހުށަހަޅާފައިވަނީ ސިއްރު ހެކިންގެ ހެކިބަސްނަގާއިރު އެމީހުނަށް ރައްކާތެރިކަމާއެކު ހެކިބަސް ނެގޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސައިދިނުމަށެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ތަފްސީލު ގޮތެއްގައި ވާހަކަ ދެއްކުމާއި އަދި ދެ ފަރާތުން ހުށަހެޅި ހުށައެޅުންތަކަށް ރައްދު ދިނުން އޮންނާނީ ދެން އޮންނަ އަޑުއެހުމެއްގައެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް