Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީޔޫ - ދިވެހިރާއްޖެ

ޤާނޫނު އަސާސީއަށް ގެންނަން ހުށައެޅި ދީނީ މިނިވަންކަމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް އީޔޫއާ ހިއްސާކޮށްފި

ރާއްޖޭގެ ސިޔާސީ މަޝްރަހުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށްފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 25 އެޕްރީލު 2018 | ބުދަ 14:06
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޔޫރަޕްގެ އިއްތިހަދުގެ ވަފުދާ އެކުގައި ކުރިއަށްގެންދިޔަ ބައްދަލުވުމުގެ ތެރެއިން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޔޫރަޕްގެ އިއްތިހަދުގެ ވަފުދާ އެކުގައި ކުރިއަށްގެންދިޔަ ބައްދަލުވުމުގެ ތެރެއިން

ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް، އެ މީހެއްގެ ކިބައިން ދިވެހި ރައްޔިތުކަން ނުގެއްލޭ ގޮތަށާއި އެފަދަ މީހުންނަށް ވެސް އިންތިހާބުތަކުގައި ވާދަ ކުރެވޭ އަދި ވޯޓު ވެސް ދެވޭ ގޮތަށް، ގާނޫނުއަސާސީ އާއި ގާނޫނުތައް އިސްލާހު ކުރަން ސަރުކާރަށް ހުށައެޅި ހުށައޭޅުމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް އިދިކޮޅު ފަރާތްތަކުން ޔޫރަޕްގެ އިއްތާހުދާއި ހިއްސާކޮށްފިއެވެ.

އީޔޫ އިން، އިސްލާހު ކުރަން ދިވެހި ސަރުކާރަށް ހުށަހެޅި ކަންތައްތަކުގެ ތެރެއިން ދީނީ މިނިވަންކަން ލިބޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައުމަށް ބުނާ ބަދަލު ބަލައި ނުގަނެވޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މީގެ ކުރިން ވެސް ވަނީ ބުނެފައެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނީ، އަންގާރަ ދުވަހު ޔޫރަޕްގެ އިއްތިހާދުގެ ވަފުދާއެކުގައި ސްރީލަންކާގައި ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައި ވާކަމަށެވެ.

Advertisement - newsAdvertisement

ދީނީ މިނިވަންކަން ލިބޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައުމަށް ބުނާ ބަދަލާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކުގެ އިތުރުން ރާއްޖޭގެ ސިޔާސީ މަސްރަހުގެ މައުލޫމާތު ޔޫރަޕްގެ އިއްތިހާދުގެ ވަފުދާ ހިއްސާކޮށްފައިވާ ކަމަށް ޕާޓީތަކުން ބުނެއެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މައްޗަށް ދައުވާކޮށް، ހިންގާ ޝަރީއަތްތަކުގެ މައުލޫމާތާއި ދައުލަތުގެ ބާރުތަކުގެ މިނިވަންކަން ނިގުޅައިގަނެ، މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ނެތިކޮށްލުމަށް ކުރާ ކަންތައްތަކުގެ މައުލޫމާތު ވެސް އީޔޫގެ ވަފުދާއި ހިއްސާކޮށްފައި ވާކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެއެވެ. އެގޮތުން އެންޓި ޑިފެކްޝަން ޤާނޫނު ސައްހަކަމަށް ސޫޕްރީމް ކޯޓުން ނިންމި ނިންމުމުގެ މައުލޫމާތު ވެސް އީޔޫގެ ވަފުދާ ހިއްސާކޮށްފައި ވެއެވެ.

ޕާޓީތަކުން ބުނީ އެކަންކަމުގެ އިތުރުން ރާއްޖޭގައި މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، ރިޔާސީ އިންތިހާބުގެ ކުރިން އެ ހާލަތު ބަދަލުކުރަން ޔޫރަޕްގެ އިއްތިހާދުން ސަރުކާރަށް ހުށައެޅި ކަންކަމާ ގުޅޭ ގޮތުން ވެސް ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވާކަމަށެވެ.

އަންގާރަ ދުވަހު ޔޫރަޕްގެ އިއްތިހާދުގެ ވަފުދާއެކުގައި ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު

07 މާރިޗު 2017
ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު
26 ފެބުރުއަރީ 2017

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު
25 ފެބުރުއަރީ 2017

ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

25 ފެބުރުއަރީ 2017
ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ
24 ފެބުރުއަރީ 2017

އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު

24 ފެބުރުއަރީ 2017
އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު
22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު