Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް

މާޒިޔާއާ ދެކޮޅަށް ކުޅުމަށް ބެންގަލޫރު އެފްސީ ރާއްޖެ އަތުވެއްޖެ

މާޒިޔާ އަދި ބެންގަލޫރު ބައްދަލުކުރާ މެޗު އޮންނާނީ އަންގާރަ ދުވަހު ހަވީރު

| 3 އެޕްރީލު 2017 | ހޯމަ 10:15
ބެންގަލޫރު އެފްސީ ޓީމުގެ ބައެއް ކުޅުންތެރިން

ބެންގަލޫރު އެފްސީ ޓީމުގެ ބައެއް ކުޅުންތެރިން

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މަޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ލީގު ޗެމްޕިއަން ބެންގަލޫރު އެފްސީ ރާއްޖެ އަތުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރޭ ޓީމް ރާއްޖެ އައިސްފައި ވާއިރު ޓީމުގެ ސީނިއާ ގިނަ ކުޅުންތެރިން ޓީމުގައި ހިމެނެ އެވެ. ނަމަވެސް އެންމެ ފަހުން ބެންގަލޫރު އެފްސީ ކުޅުނު މެޗްގައި އެޓީމްގެ ކޯޗު މާގިނަ ސީނިއާ ކުޅުންތެރިން ބޭނުން ކޮށްފައެއް ނުވެ އެވެ.

މާޒިޔާ އާއި ދެކޮށްށް ކުޅެ މެޗަށް ބެންގަލޫރު އެފްސީއިން ވަރަށް ރަނގަޅަށް ތައްޔާރުވަމުން އަންނައިރު އެޓީމު އެންމެ ފަހުން ކުޅުނު މެޗުން އެޓީމް ވަނީ ބަލިވެފަ އެވެ. އިންޑިއާގެ އައި ލީގުގެ މޯހަންބަގާންއާއި ދެކޮޅަށް ކުޅުނު މެޗުން އެޓީމް ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.

މޯހަންބަގާންއަކީ ވެސް އޭއެފްސީ ކަޕުގައި މާޒިޔާ އަދި ބެންގަލޫރު އެފްސީއާ އެއް ގުރޫޕެއްގައި ހިމެނޭ ޓީމެކެވެ. މި ގުރޫޕުގައި ދެން ހިމެނޭ ޓީމަކީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ލިމިޓެޑް އެވެ.

އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި މާޒިޔާ އާއި ބެންގަލޫރު އެފްސީ ބައްދަލުކުރާ މެޗް އޮންނާނީ އަންނަ އަންގާރަ ދުވަހު ހަވީރު ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ. މާޒިޔާ އަދި ބެންގަލޫރު އެފްސީ އަށް ވެސް އަންގާރަ ދުވަހުގެ މެޗަކީ ވަރަށް މުހިންމު މެޗެކެވެ. މި މެޗުން މޮޅުވާ ޓީމަކަށް ގުރޫޕް އީގެ ކުރި ލިބޭނެއެވެ. މިވަގުތު މާޒިޔާ ވެސް އަދި ބެންގަލޫރު އެފްސީ ވެސް އޮތީ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށެވެ.

ބެންގަލޫރު އެފްސީއަކީ އެންމެ ފަހުގެ އިންޑިއަން އައި ލީގުގެ ޗެމްޕިއަން ޓީމެވެ. އަދި ފާއިތުވި އަހަރުގެ އޭއެފްސީ ކަޕްގެ ރަނަރަޕް ޓީމުކަން ވެސް ފާހަގަ ކޮއްލެވެއެވެ.

މާޒިޔާ އާއި ބެންގަލޫރު އެފްސީ މި މުބާރާތުގެ ގުރޫޕު ސްތޭޖުގައި އެންމެ ފަހުން ބައްދަލު ކޮއްފައިވަނީ 2015 ވަނަ އަހަރު އެވެ. އެފަހަރު މާލޭގައި ކުޅުނު މެޗުން ވެސް އަދި ބެންގަލޫރުގައި ކުޅުނު މެޗުން ވެސް މާޒިޔާ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
12 ފެބުރުއަރީ 2017

ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ

12 ފެބުރުއަރީ 2017
ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު