Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މާސްޓާރ ކްލާސް

މާސްޓާރ ކްލާސް ވޯކްޝޮޕްގައި 150 ޝެފުން ވަނީ ބައިވެރިވެފައި

ވޯކްޝޮޕް ބާއްވާފައިވަނީ އޭޕްރިލް 19 ވަނަ ދުވަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 23 އެޕްރީލު 2018 | ހޯމަ 06:29
މާސްޓާރ ކްލާސް ވޯކްޝޮޕްގެ ތެރެއިން

މާސްޓާރ ކްލާސް ވޯކްޝޮޕްގެ ތެރެއިން

ރާއްޖޭގައި ތިބި ޝެފުންނަށް އަމާޒުކޮށްގެން ބެސްޓްބައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ބީއެމްއެމް) އިން އިންތިޒާމު ކޮށްގެން އޭޕްރިލް 19 ވަނަ ދުވަހު ހުޅުލެ އައިލެންޑް ހޮޓެލްގައި ކުރިއަށް ގެންދިޔަ މާސްޓާ ކްލާސް ވޯކްޝޮޕްގައި 150 ޝެފުން ވަނީ ބައިވެރިވެފައެވެ.

ބީބީއެމް އިން ބުނީ މި ވޯކްޝޮޕްގެ އަމާޒަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބާއްވަން ނިންމާފައިވާ މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖްއަށް ތައްޔާރުވުން ކަމުގައެވެ.

މި ވޯކްޝޮޕްގައި މައިގަނޑު ހަތަރު ކަމެއް ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ. އެއީ ކެއްކުމުގައި ބޭނުންކުރަން ޖެހޭ އެންމެ އާދައިގެ އުކުޅުތަކުން ފެށިގެން އެންމެ މަތީ ފަންތީގެ އުކުޅުތައް ކިޔަދިނުމާއި ކެއްކުމުގެ މުބާރާތެއްގައި ބައިވެރިވާއިރު ޖަޖުން މާކްސް ދޭނެ ގޮތާއި މާކްސް ދޭއިރު ބަލާނެ ކަންކަމުގެ އިތުރަށް ކައްކާއިރު ސަމާލުކަން ދޭން ޖެހޭނެ ކަންކަން ކިޔައިދިނުމެވެ.

މާސްޓާ ކުލާސް އާއި ކުރިއަށް އޮތް ހޮޓެލް އޭޝިއާ އެކްޒިބިޝަންއާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ބީއެމްއެމްގެ ހެޑް އޮފް މާކެޓިން އަލީ އަފްރާހް ހަސަން ވިދާޅުވީ ބީއެމްއެމްގެ އަމާޒަކީ ރާއްޖޭގައި ކެއްކުމުގެ އިންޑަސްޓްރީ ކުރިއެރުވުން ކަމުގައެވެ.

މި އަހަރު ހޮޓެލް އޭޝިއާ އެގްޒިބިޝަން ކުރިއަށް ގެންދާނީ 24 ކެޓަގަރީއަށް ބަހާލައިގެން ކަމަށާއި އެ މުބާރާތުގެ ޖަޖުންގެ ގޮތުގައި ތިބޭނީ އޭ ކްލާސް ޖަޖުން ކަމަށްވެސް އަފްރާހް ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުން 12 ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މެކްސްގެ އޮފީހުން ލިބެން ހުންނާނެއެވެ.

ކްލާސްތަކުގައި ކިޔައިވައިދީފައިވަނީ ކެއްކުމުގެ ދާއިރާ އިން ދުނިޔޭގައި މަޝްހޫރުކަން ހޯދާފައިވާ ދެ މާހިރުން ކަމަށްވާ ސަން އިންޓަނޭޝަނަލްގެ އެގްޒެކެޓިވް ޝެފް ގެތު ޝެއިނާ އާއި އެރެކް އެންޑް ސްޕައިސްގެ އެގްޒެކެޓިވް ޝެފް ރޮނާލް ޕެރެސެންޓޯއެވެ.

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2019

މިފަހަރުގެ މާސްޓަރކްލާސް ޝެފް ބްރޫނޯ މަނަރޑް އާއިއެކު

29 ސެޕްޓެމްބަރު 2019
މިފަހަރުގެ މާސްޓަރކްލާސް ޝެފް ބްރޫނޯ މަނަރޑް އާއިއެކު
17 ސެޕްޓެމްބަރު 2019

ހިލޭ ކުރިއަށްދާ ކްލާސްތަކަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުން: ފިޒިކަލް ފިޓްނަސް ސެންޓަރ

17 ސެޕްޓެމްބަރު 2019
ހިލޭ ކުރިއަށްދާ ކްލާސްތަކަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުން: ފިޒިކަލް ފިޓްނަސް ސެންޓަރ
06 ސެޕްޓެމްބަރު 2019

ފިޒިކަލް ފިޓްނަސް ސެންޓަރުން އާންމުންނަށް ހިލޭ ބައެއް ކްލާސްތައް އަންނަ ހަފްތާގައި

06 ސެޕްޓެމްބަރު 2019
ފިޒިކަލް ފިޓްނަސް ސެންޓަރުން އާންމުންނަށް ހިލޭ ބައެއް ކްލާސްތައް އަންނަ ހަފްތާގައި
08 އޯގަސްޓު 2018

ފިޓްޒޯން އިން 'ފިޓްމިކްސް' ކްލާސްތައް އާންމުންނަށް ހިލޭ ހުޅުވާލައިފި

08 އޯގަސްޓު 2018
ފިޓްޒޯން އިން 'ފިޓްމިކްސް' ކްލާސްތައް އާންމުންނަށް ހިލޭ ހުޅުވާލައިފި
10 އެޕްރީލު 2018

ފައިސާ ދެއްކުމުން 1500ރ. ލިބުމުގެ ފުރުސަތު!

10 އެޕްރީލު 2018
ފައިސާ ދެއްކުމުން 1500ރ. ލިބުމުގެ ފުރުސަތު!
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު