Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބެސްޓް ބައި މޯލްޑިވްސް

މިފަހަރުގެ މާސްޓަރކްލާސް ޝެފް ބްރޫނޯ މަނަރޑް އާއިއެކު

ކްލާސް ކުރިއަށް ގެންގޮސްފައި ވަނީ ހުޅުލެ އައިލެންޑް ހޮޓެލްގައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2019 | އާދީއްތަ 06:29
މިފަހަރުގެ މާސްޓަރކްލާސް ނަގައިދިން ޝެފް ބްރޫނޯ މަނަރޑް

މިފަހަރުގެ މާސްޓަރކްލާސް ނަގައިދިން ޝެފް ބްރޫނޯ މަނަރޑް

ބެސްޓް ބައި މޯލްޑިވްސް އިން ކުރިއަށް ގެންދާ މާސްޓަރކްލާސް މިފަހަރު ނަގައިދިނީ، ދުނިޔޭގެ މަޝްހޫރު ޝެފް ބްރޫނޯ މަނަރޑް އެވެ.

ހުޅުލެ އައިލެންޑް ހޮޓެލްގައި، ހޮނިހިރު ދުވަހު ހެދުނު 10:00 އިން މެންދުރުފަހު 3:00 އަށް ކުރިއަށް ގެންދިޔަ މި ކްލާހުގައި ޝެފް ބްރޫނޯ ވަނީ އެޕެޓައިޒަރ އަކާއި، އެންޓްރީއެއް އަދި ޑެސަރޓް އެއް ހަދައި ގްރޫމް ކުރާނެ ގޮތް ކޯހުގެ ބައިވެރިންނާއެކު ހިއްސާކޮށްފައެވެ. ރާއްޖޭގެ ރިސޯޓްތަކުގައި މަސައްކަތ ކުރާ ގިނަ އަދަދެއްގެ ޝެފުން ވަނީ މި ކްލާހުގައި ބައިވެރިވެފައެވެ.

މި ކްލާސް ފައްޓަވާދެއްވުމުގެ ކުރިން ވާހަކަ ދައްކަވަމުން، ޝެފް ބްރޫނޯ ބުނީ، ކެއްކުމުގައި ގެންގުޅެންޖެހޭ އުކުޅުތައް ކްލާހަށް އައިސް ތިބި އެންމެންއަށް އިނގޭނެ ކަމަށާއި އެހެންނަމަވެސް މި އުކުޅުތައް އިތުރަށް ފުޅާކޮށް، ޒަމާނީ ޓެކްނޮލޮޖީ ކެއްކުމުގައި ބޭނުން ކުރާނެ އިތުރު ގޮތްތައް ހޯދައި ދަސްކުރުމަކީ މުހިންމުކަމެއް ކަމުގައެވެ. އަދި ކެއްކުމުގައި ދަސްކުރަންޖެހޭ ކަންތައްތައް ދުވަހުކުވެސް ހުސްނުވާނެކަމަށާއި ކޮންމެ ތާކަށް ދިޔައަސް އެތަނެއްގެ ކެއްމުގެ އުކުޅުތަކާމެދު ޝައުގުވެރިކަން ފާޅުކޮށް އެ ކުޅުތައް ދަސްކުރުމުގެ މުހިންމުހަކން ވެސް ޝެފް ފާހަގަކުރެއްވިއެވެ.

މީޑިއަށް މައުލޫމާތު ދެއްވަމުން ބީބީއެމްގެ ސީއޯއޯ އޭ.ވީ.އެސް ސުބްރަމަންޔަމް ވިދާޅުވީ، ބީބީއެމްގެ އަމާޒަކީ އަބަދުވެސް ރާއްޖެއަށް ފަހުގެ އެންމެ މޮޅެތި ހުނަރާއި ޓެކްނޮލޮޖީ ގެނައުން ކަމަށާއި މާސްޓަރކްލާސް އަކީ ރާއްޖޭގެ ޝެފުންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީއާއި އުކުޅުތައް ގާތުންބަލާ ދަސްކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ކްލާހެއް ކަމުގައެވެ.

ބީބީއެމްގެ ހެޑް އޮފް މާކެޓިންގ އަލީ އަފްރާހް ހަސަން ބުނީ، ކުރިއަށް އޮތް އޮކްޓޯބަރު މަހު ހޮޓަލް އޭޝިއާގައި ބައިވެރިވާ ފަރާތްތަކަށް ވެސް މި ކްލާހުގު ސަބަބުން އިތުރު އުކުޅުތައް ދަސްވެ އެ ފެއަރގައި ލިބޭ މާކްސް އިތުރު ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމުގައެވެ.

މިއީ ބީބީއެމް އިން އަހަރަކު ދެފަހަރު ކުރިއަށް ގެންދާ މާސްޓަރކްލާސްތައް ކުރިއަށް ގެންދާ އަށް ވަނަ އަހަރެވެ.

އިތުރަށް ކިޔާލަން

26 ސެޕްޓެމްބަރު 2018

މިފަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި 46 ޤައުމަކުން ބައިވެރިވޭ!

26 ސެޕްޓެމްބަރު 2018
މިފަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި 46 ޤައުމަކުން ބައިވެރިވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު