Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފިޓްޒޯން

ފިޓްޒޯން އިން 'ފިޓްމިކްސް' ކްލާސްތައް އާންމުންނަށް ހިލޭ ހުޅުވާލައިފި

8 އޯގަސްޓު 2018 | ބުދަ 18:20

މިއީ މުޅިން ހިލޭ ބައިވެރިވެވޭ ޕްރޮގްރާމެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 8 އޯގަސްޓު 2018 | ބުދަ 18:20
ފިޓްޒޯންގެ ފިޓްމިކްސް ޕްރޮގްރާމްގެ ތެރެއިން: އާންމުންނަށް ވަނީ ހިލޭ ބައިވެރިވާން ހުޅުވާލާފައި

ފިޓްޒޯންގެ ފިޓްމިކްސް ޕްރޮގްރާމްގެ ތެރެއިން: އާންމުންނަށް ވަނީ ހިލޭ ބައިވެރިވާން ހުޅުވާލާފައި

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖިމްގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެންމެ ފުރަތަމަ ހުޅުވި ފިޓް ޒޯނުން ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިން 'ފިޓްމިކްސް' ކްލާސްތައް އާންމުންނަށް ހިލޭ ހުޅުވާލައިފިއެވެ.

ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން ފިޓްޒޯންގެ މެނޭޖިން ޕާޓްނަރ އަހްމަދު ރިޔާޒް ވިދާޅުވީ މިގޮތަށް އާންމުންނަށް ހިލޭ ބައިވެރިވެވޭ ގޮތަށް ޕްރޮގްރާމެއް ތަޢާރަފްކުރީ ބިޒީ ޝެޑިއުލްގައި މަސައްކަތްކުރާ ފަރާތްތަކަށް، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރު އެޅުމަށް ކަމަށެވެ. އަދި ފޯރުންތެރިކަން ނެތް ފަރާތްތަކަށް ވެސް ޓްރެއިނަރަކާ އެކީ ޖިމްގައި ކަސްރަތުކޮށްލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ފިޓްމިކްސްއަކީ ފިޓްޒޯންގެ އަމިއްލަ އުފެއްދުމެއް ކަމަށާއި މިއީ ހިކެން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ ދުވަހުގެ އިރު އޮއްސި 6:30 އިން 7:30 އަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހަފްތާގެ ކޮންމެ ދުވަހަކު ވެސް ހުޅުވާލާފައިވާ ކަމަށާއި އެގޮތުން ފިޓްޒޯން ހޮޓްލައިން ނަންބަރ 3352030 ނުވަތަ ވައިބަރ ނަންބަރ 7613079 އަށް މެސެޖްކޮށްގެން ވެސް ބައިވެރިވެވޭނެއެވެ.

މީގެ އިތުރުން ފިޓްޒޯންއަކީ ތަފާތު ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންގެންދާ ތަނަކަށްވާއިރު ފިޓް ޒޯން އިން ކުރިއަށްގެންދާ ގުރޫޕު ފިޓްނަސް ޕްރޮގްރާމްތަކަށް ވެސް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ގުރޫޕުގެ ފިޓްނަސްގެ ދަށުން ފިޓް ޒޯނުން ވަނީ ސްޓޫޑިއޯއެއް ވެސް ވަނީ ހުޅުވާފައެވެ. އަންހެނުންނާއި ފިރިހެނުންނަށް ވަކިން ކްލާސްތައް ހިންގަމުން ގެންދާއިރު، ސްޓީލް ޕްރޮގްރާމާއި، ޒުންބާ ކުރިއަށް ގެންދެއެވެ. އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޒުންބާގެ ކްލާސްތައް ހެނދުނާއި ރޭގަނޑުގެ އެކި ގަޑިތަކުގައި ކުރިއަށްގެންދެއެވެ.

ސްޓީލް ކޮމްބެޓް، ސްޓީލް ޓޮނިކް، ސްޓީލް ޓްރެއިނިން ޕްރޮގްރާމް ހެނދުނާއި ރޭގަނޑުގެ އެކި ގަޑިތަކުގައި ކުރިއަށްގެންދާނެ ކަމަށާއި މިހާރު ވެސް ގިނަ ބައެއްގެ ތަރުހީބު މިކަމަށް ލިބެމުންދާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

މިޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި ފިޓް ޒޯންގެ ސެޓިފައިޓް އިންސްޓްރަކްޓަރުން ތިބޭނެއެވެ. އަދި ވަރަށް އަވަހަށް އިތުރު ޕްރޮގްރާމްތަކެއް ތަޢާރަފްކުރުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފިޓްޒޯންއަކީ 2014 ވަނަ އަހަރުގެ ޑިސެމްބަރ މަހު ހުޅުވި ޖިމެކެވެ. އަދި ދުޅަހެޔޮ ކަމަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ވަރަށް މަޤްބޫލު ތަނަކަށް ވަނީ ވެފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

02 އެޕްރީލު 2019

ދިރާގު ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ހިލޭ ގުޅައިދީ %30 އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް!

02 އެޕްރީލު 2019
ދިރާގު ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ހިލޭ ގުޅައިދީ %30 އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް!
09 ޖެނުއަރީ 2019

ޓުއަރ އޮޕަރޭޓަރުންނަށް ޓީޓީއެމަށް ހިލޭ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

09 ޖެނުއަރީ 2019
ޓުއަރ އޮޕަރޭޓަރުންނަށް ޓީޓީއެމަށް ހިލޭ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި
28 ޑިސެމްބަރު 2018

ފިޓްޒޯންގެ އަހަރީ ޕްރޮމޯޝަން ވަރަށް ތަފާތު!

28 ޑިސެމްބަރު 2018
ފިޓްޒޯންގެ އަހަރީ ޕްރޮމޯޝަން ވަރަށް ތަފާތު!
12 ޑިސެމްބަރު 2018

އުރީދޫ މަސްވެރިންގެ ޕެކޭޖް މެދުވެރިކޮށް ރާއްޖޭގެ ހުރިހާ މަސްވެރިންގެ މެދުގައި ހިލޭ ގުޅާލުމުގެ ފުރުސަތު!

12 ޑިސެމްބަރު 2018
އުރީދޫ މަސްވެރިންގެ ޕެކޭޖް މެދުވެރިކޮށް ރާއްޖޭގެ ހުރިހާ މަސްވެރިންގެ މެދުގައި ހިލޭ ގުޅާލުމުގެ ފުރުސަތު!
11 ޖުލައި 2018

ދިރާގުގެ އާ ޕްރީޕެއިޑް: މިހާރު ހިލޭ ސޯޝަލް މީޑިއާ ޑޭޓާއާ އެކު އިތުރު ފުރިހަމަކަމެއް

11 ޖުލައި 2018
ދިރާގުގެ އާ ޕްރީޕެއިޑް: މިހާރު ހިލޭ ސޯޝަލް މީޑިއާ ޑޭޓާއާ އެކު އިތުރު ފުރިހަމަކަމެއް
04 ޖުލައި 2018

ހަ މަސްވަންދެން ކަވާންގެ ތައްޔާރީ ރޮށި ހިލޭ ލިބޭ ޕްރޮމޯޝަނެއް

04 ޖުލައި 2018
ހަ މަސްވަންދެން ކަވާންގެ ތައްޔާރީ ރޮށި ހިލޭ ލިބޭ ޕްރޮމޯޝަނެއް
14 ޖެނުއަރީ 2018

ޓިކެޓް ހިލޭ ދޭ ޕްރޮމޯޝަނެއް ނުހިންގަން: ސްރީލަންކަން

14 ޖެނުއަރީ 2018
ޓިކެޓް ހިލޭ ދޭ ޕްރޮމޯޝަނެއް ނުހިންގަން: ސްރީލަންކަން
02 ސެޕްޓެމްބަރު 2017

ދިރާގުން ހިލޭ ވައިބާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި

02 ސެޕްޓެމްބަރު 2017
ދިރާގުން ހިލޭ ވައިބާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި
16 މެއި 2017

ފިޓްޒޯންގެ "ހަވާއި ނައިޓް" ތަޖްރިބާ ކޮށްލުން ކީއްތޯ؟

16 މެއި 2017
ފިޓްޒޯންގެ "ހަވާއި ނައިޓް" ތަޖްރިބާ ކޮށްލުން ކީއްތޯ؟
08 މާރިޗު 2017

އަންހެނުންގެ ދުވަހާ ގުޅިގެން ނަޝީ ކޭކްސް އިން ހިލޭ ކޭކް ބަހަނީ

08 މާރިޗު 2017
އަންހެނުންގެ ދުވަހާ ގުޅިގެން ނަޝީ ކޭކްސް އިން ހިލޭ ކޭކް ބަހަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް