Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކަސްޓަމްސް ތަފާސް ހިސާބު

މާޗް މަހު އެންމެ ގިނައިން މުދާ އެތެރެ ކުރީ ޗައިނާއިން

މިދިޔަ އަހަރުގެ މާޗު މަހު ރާއްޖެއަށް 3.03 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 22 އެޕްރީލު 2018 | އާދީއްތަ 12:38
އެމްޕީއެލް މުދާ ކްލިއަރ ކުރާ ސަރަހައްދު

އެމްޕީއެލް މުދާ ކްލިއަރ ކުރާ ސަރަހައްދު

މިދިޔަ މަހު ރާއްޖެ އަށް އެތެރެކުރި 4.59 ބިލިއަން ރުފިޔާގެ މުދަލުގެ ބޮޑު ބައެއް އެތެރެކޮށްފައިވަނީ، ޗައިނާއިން ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން، މާޗު މަހު ރާއްޖެ އަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު 48 އިންސައްތަ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ މާޗު މަހު ރާއްޖެއަށް 3.03 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މި އަހަރުގެ މާޗު މަހު މި އަދަދު ވަނީ 4.49 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ. އިމްޕޯޓް ކުރި މުދަލުގެ އަގުގެ ގޮތުން 28 ޕަސެންޓް ޗައިނާ އިން އެތެރެކޮށްފައިވެއެވެ. އަދި ޔޫއޭއީ އިން 15 ޕަސެންޓް އަދި އިންޑިޔާ އިން 11 ޕަސެންޓް މުދާ ވަނީ އެތެރެކޮށްފައިވެއެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މާޗު މަހާއި އަޅާބަލާއިރު ހުސްވި މާޗު މަހު 60 ޕަސެންޓް އިތުރުވެފައެވެ. މިއަހަރުގެ މާޗު މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 277.7 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ މާޗު މަަހު ލިބިފައިވަނީ 173.4 މިލިއަން ރުފިޔާއެވެ.

ފާއިތުވި މާޗު މަހު ރާއްޖެއިން މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރެވުނު މިންވަރު މިދިޔަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު 49 ޕަސެންޓް ވަނީ އިތުރުވެފައިވެއެވެ. މިދިޔަ އަހަރުގެ މާޗު މަހު 165.6 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން އެކްސްޕޯޓްކޮށްފައިވާއިރު، މި އަހަރުގެ މާޗު މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރު ވަނީ 246.1 މިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

ރާއްޖޭން މައިގަނޑުގޮތެއްގައި އެކްސްޕޯޓް ކުރަނީ މަހުގެ ބާވަތްތައްކަމަށްވާ އިރު މިދިޔަ ޖެނުއަރީ މަހު އެކްސްޕޯޓްކުރި މުދަލުގެ 35 ޕަސެންޓް ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، 15 ޕަސެންޓް އެކްސްޕޯޓްކޮށްފައިވަނީ ޖަރުމަނުވިލާތަށެވެ. އިނގިރޭސިވިލާތަށް 10 ޕަސެންޓް އެކްސްޕޯޓްކޮށްފައިވާއިރު، އެމެރިކާ އަށް 9 ޕަސެންޓް އަދި ފަރަންސޭސިވިލާތަށް 7 ޕަސެންޓް އެކްސްޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ

09 މެއި 2017
މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ

މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ

14 އެޕްރީލު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު