ހުޅުމާލޭ ކޮންސްޓްރަކްޝަން ސައިޓެއްގައި ކޮނެފައިވާ ވަޅު ގަނޑަކަށް ވެއްޓި މީހަކަށް އަނިޔާވެއްޖެ
22 އެޕްރީލު 2018 | އާދީއްތަ 07:02އަނިޔާވެފައިވަނީ 37 އަހަރުގެ މީހަކަށް

ފާތިމަތު ޝަނާ މުހައްމަދު | 22 އެޕްރީލު 2018 | އާދީއްތަ 07:02

ހުޅުމާލޭ ހޮސްޕިޓަލް
ހުޅުމާލޭ ކޮންސްޓްރަކްޝަން ސައިޓެއްގައި ކޮނެފައިވާ ވަޅު ގަނޑަކަށް ވެއްޓި މީހަކަށް އަނިޔާވެއްޖެ އެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ބުނީ އަނިޔާވެގެން ގެނެސްފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށާއި އޭނާއަށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. އަނިޔާވެފައި ވަނީ އުމުރުން 37 އަހަރުގެ ބަންގްލަދޭޝް ރައްޔިތަކަށް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. ލިބިފައިވަނީ ކޮން އަނިޔާއެއް ކަމެއް އެ ހޮސްޕިޓަލުން އަދި ހާމައެއް ނުކުރެ އެވެ.







