Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރޯދަ ބާޒާރު

ތޮއްޑޫއިން މި ރޯދަ މަހު ތިން ލައްކަ ކިލޯގެ ކަރާ މާލެ ގެންނާނެ

މިދިޔަ އަހަރު 240،000 ކިލޯގެ ކަރާ މާލެ އެރުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 15 މެއި 2018 | އަންގާރަ 16:42
ތޮއްޑޫ ކަރާ: މިދިޔަ ރޯދަ މަހު 240،000 ކިލޯގެ ކަރާ މާލެ ގެނައި

ތޮއްޑޫ ކަރާ: މިދިޔަ ރޯދަ މަހު 240،000 ކިލޯގެ ކަރާ މާލެ ގެނައި

މި އަހަރުގެ ރަމްޟާން މަހު އއ. ތޮއްޑޫ ކަރާ ދަނޑުތަކުން 300،000 ކިލޯގެ ކަރާ މާލެ ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށް އެ ރަށު ރަށް ކައުންސިލުން ބުނެފި އެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސާ ހަދީޖާ ނިއުޝާ "ރާއްޖެއެމްވީ"އަށް ވިދާޅުވީ ރޯދަ މަހަށް ކަރާ ހެއްދުމަށް ތޮއްޑޫއިން 113 ދަނޑު ދޫކޮށްފައިވާ ކަމަށާއި ދަނޑުތައް ދޫކޮށްފައި ވަނީ ތޮއްޑޫގެ ރައްޔިތުންނަށް ކަމަށެވެ.

ކަރާ ހެއްދުމަށް ތޮއްޑޫއިން ދެ މިލިއަން އަކަފޫޓުގެ ބިން ދޫކޮށްފައިވެ އެވެ. ރޯދަ މަހަށް ހާއްސަކޮށްގެން މި އަހަރުގެ ފެބްރުއަރީ މަހު ތޮއްޑޫއިން ދޫކުރި އެ ބިންތަކުގައި ކަރާ ވެޔޮތައް ވަނީ ހައްދާފައެވެ.

ތޮއްޑޫ ކަރާ ދަނޑުތައް:

ތޮއްޑޫ ކައުންސިލްގެ ރައީސާ ވިދާޅުވީ ކަރާ ދަނޑުތައް ރޯދައަށް ފައްކާވާނެ ކަމަށާއި މާލެ އާއި އަތޮޅު ތެރޭގެ ރަށްތަކާއި ރިސޯޓުތަކަށް ވެސް ތަރުކާރީ އާއި މޭވާ ސަޕްލައިކޮށްދޭނެ ކަމަށެވެ.

ނިއުޝާ ވިދާޅުވީ ވިއްސާރައިގައި ދަނޑުތަކަށް ގެއްލުން ނުވާނަމަ، 300،000 ކިލޯގެ ކަރާ އުފެއްދޭނެ ކަމަށާއި ދަނޑުތަކަށް ގެއްލުންވެއްޖެނަމަ، ކަރާގެ އަގު އުފުލޭނެ ކަމަށެވެ. މިދިޔަ އަހަރުގެ ރޯދަ މަހު ވެސް، މާލޭގެ ބާޒާރުގައި ކަރާގެ ދަތިކަން ބޮޑުވެ، ކަރާ ހިލޯއެއްގެ އަގު 50 ރުފިޔާއަށް އުފުލިގެންދިޔައެވެ.

މިދިޔަ ރޯދަ މަހު 240،000 ކިލޯގެ ކަރާ މާލެ މާލޭގެ ބާޒާރަށް ތޮއްޑޫއިން ވަނީ އަރުވާފައެވެ.

މިދިޔަ އަހަރުގެ ވިއްސާރާގައި ވެސް ތޮއްޑޫގެ ދަނޑުތައް ގެއްލުންވެ، ދަނޑުވެރިން ބޭނުންވި މިންވަރަށް ކަރާ އާއި މޭވާ އުފެއްދިފައެއްނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
ބީއެމްއެލް ކޮމިއުނިޓީ ޕްރޮޖެކްޓް ކާމިޔާބު ކުރި ފަރާތަށް ދެ ލައްކަ ރުފިޔާ

ބީއެމްއެލް ކޮމިއުނިޓީ ޕްރޮޖެކްޓް ކާމިޔާބު ކުރި ފަރާތަށް ދެ ލައްކަ ރުފިޔާ

04 އެޕްރީލު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު