Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

ރައީސް ނަޝީދާ ގުޅޭ ގޮތުން އދ. ގެ ނިންމުމަށް ނޫނެކޭ ބުނެވޭނެ ޖާގައެއް ނެތް: އަހްމަދު ޢަބްދުﷲ އަފީފް

18 އެޕްރީލު 2018 | ބުދަ 14:19

އޭގެ މާނައަކީ ޤާނޫން އަސާސީގައި ހުރި ހައްޤުތަކެއް ނުދިނުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 18 އެޕްރީލު 2018 | ބުދަ 14:19
އަހުމަދު ޢަބްދުﷲ އަފީފް(ކ) ޝާހިދުއާއި ޝިފާޒްއާއެކު

އަހުމަދު ޢަބްދުﷲ އަފީފް(ކ) ޝާހިދުއާއި ޝިފާޒްއާއެކު

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަކުރެއްވެން ޖެހޭނެ ކަމަށް އދ. ގެ ހިއުމަންރައިޓްސް ކޮމެޓީން ނިންމި ނިންމުމަށް ދިވެހި ދައުލަތަކަށް ނޫނެކޭ ނުބުނެވޭނެ ކަމަށް މަޝްހޫރު ޤާނޫނީ ވަކީލް އަހުމަދު ޢަބްދުﷲ އަފީފް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ގެނެސްދިން "ރައީސް ނަޝީދުގެ މައްސަލައިގައި އދ. ގެ ނިންމުން" ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އަހުމަދު ޢަބްދުﷲ އަފީފް ވިދާޅުވީ ރާއްޖެ ބައިވެރިވެފައިވާ އައިސީޕީއާރުގައި ވެސް ހުރީ ޤާނޫނު އަސާސީގެ ދެވަނަ ބާބުގައި ވެސް އެހުރީ އެވާހަކަތައް ކަމަށެވެ.

Advertisement - newsAdvertisement

އދ. ގެ ނިންމުން ބަލައެއް ނުގަންނާނެ ކަމަށް ސަރުކާރުން ވިދާޅުވާ ވިދާޅުވުމަށް ރައްދު ދެއްވައި އަހުމަދު ވިދާޅުވީ ސަރުކާރުން އެހެން ވިދާޅުވާ ނަމަ އޭގެ މާނައަކީ ޤާނޫނު އަސާސީ އާއި އައިސީސީޕީއާރުގައި ތަފްސީލްކޮށް ލިޔެފައި ހުރި ހައްގުތައް ތިމަންނާމެން ނުދޭނަމޭ ބުނުން ކަމަށެވެ. އަދި ހަމައެކަނި އެހެން ބުނަނީކީ ވެސް ނޫން ކަމަށާއި ރައީސް ނަޝީދާއި އެތައް ބަޔަކަށް މިހާރު ވެސް އެހައްޤު މަހްރޫމް ކޮށްފައިވާ ކަމަށެވެ.

އަހުމަދު ވިދާޅުވީ ޔޫއެންގެ އެނިންމުމަށް ދިވެހި ސަރުކާރުން ނޫނެކޭ މިހާރަކު ނުބުނެވޭނެ ކަމަށާއި އެއަށްވުރެ މާކުރިން އެމުއާހަދާ ތަސްދީޤް ކޮށްފައިވާ ކަމަށެވެ. އަދި އެމުއާހަދާ ތަސްދީޤް ކުރުމަށް ފަހުގައި ވެސް އެއަށް އެއްބަސްވެ އެތަންފީޒް ކުރުމަށްޓަކައި ޕްރޮޓޮކޯލްތަކަށް ވެސް ސަރުކާރުން އެއްބަސްވެފައިވާ ކަމަށެވެ.

"ދިވެހި ދައުލަތަކަށް ޔޫއެންގެ އެނިންމުމަކަށް ނޫނެކޭ ނުބުނެވޭނެ. އެއީ ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން މާކުރިން ތަސްދީޤް ކޮށްފައި އޮތް މުއާހަދާއެއް އަދި އެމުއާހަދާ ތަންފީޒް ކުރުމަށް ޕްރޮޓޮކޯލްތަކަކަށް ވެސް ވަނީ އެއްބަސްވެފައި. މިހާރު ދެން ސަރުކާރުން ހިތްހަމަ ނުޖެހޭ ނިންމުމެއް އައިމާ އެނިންމުމަށް ތިމަންނާމެން ތަބާ ނުވާނަމޭ އެހެނެއް ނުބުނެވޭނެ. ދިވެހި ދައުލަތަށް މިއަދު ލާޒިމް ވެގެންވޭ ދިވެހި ރައްޔިތުންގެ ނަމުގައި އެއްބަސްވެފައިވާ ކަންތައްތަކަށް އެއްބަސްވެ އެ ހައްގުތައް ދޭން" އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ އެކަން ބަލައިގަނެ ތަންފީޒް ނުކޮށްފިނަމަ އޭގެ ހިތި ނަތީޖާ ދިވެހި ރައްޔިތުންނަށް ފެންނާނެ ކަމަށާއި އެއީ އާދައިގެ ކަމެއް ނޫން ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް