Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުން

ކޮންމެ ފުލުހަކީ ރިފާޢު ފަދަ ފުލުހަކަށް ވުމަށް އެކްޓިންގ ކޮމިޝަނަރ ނަވާޒު ގޮވާލައްވައިފި

ރިފާޢުގެ ފަރާތުން ފެނިގެން ދިޔައީ އިންސާނިއްޔަތަށްޓަކައި ކޮށްދެއްވި އަގުހުރި ޚިދުމަތެއް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 18 އެޕްރީލު 2018 | ބުދަ 12:15
ޕޮލިސް ލާންސް ކޯޕްރަލް މުޙައްމަދު ރިފާޢު

ޕޮލިސް ލާންސް ކޯޕްރަލް މުޙައްމަދު ރިފާޢު

ކޮންމެ ފުލުހަކީ ވެސް ޕޮލިސް ލާންސް ކޯޕްރަލް މުޙައްމަދު ރިފާޢު ފަދަ ފުލުހަކަށްވެ، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ނަމޫނާ ބަޔަކަށް ވުމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ގޮވާލައިފިއެވެ.

ނަވާޒް މިހެން ގޮވަލެއްވީ، ޓްރެފިކް ބާރު ބޮޑު ކަމުން ހެންވޭރު ބޯޅަ ދަނޑު ކައިރީގައި އޮތް ޓެކްސީއެއްގައި އޮތް ހާލު ބޮޑު ކުޑަ ކުއްޖަކު ކޮނޑަށް ލައިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްދިން ލާންސް ކޯޕަރަލް މުހައްމަދު ރިފާއުގެ އަގުވަޒަންކުރުމަށް ބޭއްވި ބައްދަލުވުމުގައެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ރިފާއުއަށް ތައުރީފުކުރަމުން ގޮސްފައި ވަނީ ހާލު ބޮޑުވެގެން ހޮސްޕިޓަލަށް ގެންދިޔަ ކުޑަކުއްޖާގެ މަންމަ އެކަން ސޯޝަލް މީޑިއާގައި ހިއްސާކޮށް އެފުލުސް މީހާ ހޯދުމަށް އެހީތެރިކަމަށް އެދުމާ އެކުއެވެ. އެއާއެކު އޭނާއަކީ ކާކުކަން ބައެއް މީހުން ވަނީ ފޮޓޯއާ އެކު ފޭސްބުކާއި ޓްވިޓާގައި ހާމަކޮށްފައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ނަވާޒް ވަނީ ރިފާޢުގެ ފަރާތުން ފެނިގެން ދިޔައީ އިންސާނިއްޔަތަށްޓަކައި ކޮށްދެއްވި އަގުހުރި ޚިދުމަތެއްކަން ފާހަގަކުރައްވައި، ރިފާޢުއަށް ހިތްވަރުދެއްވައި އެކަމާ އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުން ބޭނުންވާ ކޮންމެ ވަގުތަކު ފަސްނުޖެހި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ފުލުހުން އަބަދު ވެސް ދެމިތިބޭނެކަން ރިފާޢު ސާބިތުކޮށްދީފައިވާ ކަމަށާއި ކޮންމެ ފުލުހަކީ ވެސް ރިފާޢު ފަދަ ފުލުހަކަށްވެ، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ނަމޫނާ ބަޔަކަށް ވުމަށް ހުރިހާ ފުލުހުންނަށް އެކްޓިންގ ކޮމިޝަނަރ ގޮވާލެއްވިއެވެ.

ހަމައެއާއެކު އެހީއެއް ބޭނުންވާ ކޮންމެ ރައްޔިތަކަށް ވެސް ފުލުހުން އެހީތެރިކަން ފޯރުކޮށްދިނުމަށާއި ފުލުހުންގެ ޚިދުމަތަކީ ހަމައެކަނި ޔުނީފޯމްގައި އަދާކޮށްލާ ޑިއުޓީއެއް ނޫންކަން ފާހަގަކުރައްވައި، ފުލުހުންގެ ޚިދުމަތަކީ އެ އަށް ވުރެ މަތިވެރި ޚިދުމަތެއްކަން ރިފާޢު ސާބިތުކޮށްދީފައި ވާކަމަށް ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ރިފާޢު ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކުރައްވަައި، އޭނާ އަށް ހަނދާނީ ލިޔުން ހަވާލުކޮށް ދެއްވާފައިވެއެވެ.

އުމުރުން ހަތަރު އަހަރުގެ އެ ކުއްޖާގެ މަންމަ ފޭސްބުކްގައި ބުނެފައިވާ ގޮތުގައި އެމީހުން ތިބި ޓެކްސީ ހެންވޭރު ބޯޅަ ދަނޑު ކައިރީގައި ޓްރެފިކާ ހެދި ނުދެވިފައި އޮއްވާ އެ ކުއްޖާއަށް ސީޒަ އެޓޭކް ޖެހެން ފެށުމުން ރޮއެ އާދޭސް ކުރަމުން ދިޔައެވެ. އަދި އެ ފުލުސް މީހާގެ އެހީ ލިބުނީ އޭނާ ކާރު ކައިރިން ދަނިކޮށް އެދުމުން ކަމަށް އެ ކުއްޖާގެ މަންމަ ބުނެފައިވެއެވެ. އެއްވެސް ޖެހިލުމެއް ނެތި އެ ފުލުސް މީހާގެ ކޮނޑުމަތީގައި އެ ކުއްޖާ އޭޑީކޭގެ އެމަޖެންސީއާ ހަމައަށް ދުވެފައި ގެންގޮސްދިން ކަމަށާއި އެ ކޮށް ދިން ހެޔޮ ކަން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށާއި ހިތުގެ ފުން މިނުން ޝުކުރު އަދާ ކުރާ ކަމަށް އެ ކުއްޖާގެ މަންމަ ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

20 ފެބުރުއަރީ 2017
މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

16 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު