Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިންގެ ޝަކުވާތައް

މަސްވެރިންނަށް މަކަރާއިި ހީލަތް ހެދުން ހުއްޓާލާ: އެމްޑީޕީ

18 އެޕްރީލު 2018 | ބުދަ 11:54

މަސްވެރިކަމުގެ މުޅި ސިނާއަތަށް ސަރުކާރުން އަތްގަދަކުރުން ހުއްޓާލުމަށް އެ ޕާޓީން ވަނީ ގޮވާލާފައި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 18 އެޕްރީލު 2018 | ބުދަ 11:54
ރާއްޖޭގެ މަސްވެރިކަން ރަނގަޅުވި ނަމަވެސް މަސް ކިރުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖޭގެ މަސްވެރިކަން ރަނގަޅުވި ނަމަވެސް މަސް ކިރުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައި

މަސްވެރިންނަށް މަކަރާއިިހީލަތް ހެދުން ހުއްޓާލައި ކުރިމަތި ކުރުވާފައިވާ ހުރަސްތައް ނައްތާލުމަށް ކަމާބެހޭ ފަރާތްތަކަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑިޕީ) އިން ގޮވާލައިފިއެވެ.

އެމްޑީޕީން ބުދަ ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖޭގެ މަސްވެރިންނަކީ އަހަރުގެ ގިނަ ދުވަސްތަކުގައި ބުރަކޮށް މަސައްކަތް ކުރުމަށް ފަހު ބަރަކާތްތެރި ރަމަޟާންމަހު އާއިލާއާ އެކު އަޅުކަންކުރުމުގައި ގިނަ ވަގުތު ހޭދަކުރެވޭތޯ ދުރާލާ ތައްޔާރު ވަމުން އަންނަ ބައެެެއް ކަމަށާއި މަސްވެރިކަމުން ހޯދައިފައިވާ ނަފާއަކުން ރޯދަމަހުގެ އެންމެހާ މުހުތާދުތައް ފުއްދަމުން އަންނަ އާއިލާ ތަކެއް ކަމަށެވެ.

Advertisement - newsAdvertisement

އެމްޑީޕީން ބުނީ، ފަރެސް މާތޮޑާގެ އާބާދީއަކީ 1887 ކަމަށްވާއިރު އެއާބާދީގެ 360 މީހުންނަކީ އެރަށުގައި މަސްވެރިކަންކުރާ 12 ދޯނީގައި މަހަށް ނުކުންނަ މަސްވެރިންނެވެ. އަދި މަސްވެރިކަމުން ލިބޭ ނަފާއަކުން އެންމެހާ މުހުތާދުތަށް ފުއްދަމުންދާ މަސްވެރިކަމަށް ބަރޯސާވެފައިވާ އާއިލާތަކެކެވެ.

ފަރެސްމާތޮޑާ ރައްޔިތުން އެރަށުގައި 10 ޓަނުގެ އައިސް ޕްލާންޓެއް ހިންގަމުންދަނިކޮށް ސަރުކާރު މެދުވެރިވެގެން ރައްޔިތުންނަށް އެ އަށް ވުރެ ރަނގަޅު ގޮތް ހައްދަވައި ދެއްވާނެކަމުގެ އަނދުން އަޅުވައިގެން އައިސްޕްލާންޓް މިފްކޯއާ ހަވާލުކޮށް 25 ޓަނުގެ އިތުރު ޕްލާންޓެއް މިފްކޯ އިން ބެހެއްޓުމަށް ފަހު އައިސް ވިއްކަމުން ގޮސް، ޕްލާންޓް ހަލާކުވުމުން މަރާމާތުކޮށްގެން ވަރަށް އަވަހަށް ހުޅުވާނެ ކަމަށް ބުނެ އެތައް ދުވަހެއް ވަންދެން ހިދުމަތް ނުދީ ބަންދުކޮށްފައި ބެހެއްޓުމަށް ފަހު އަލުން ހުޅުވައި، ހަފްތާއެއްހާ ދުވަހު އައިސް ދޫކުރުމަށް ފަހު އަނެއްކާ ވެސް ބަންދުކޮށްފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

ފަރެސް މާތޮޑާގެ އައިސް ޕްލާންޓް ހަލާކުވެފައި ހުންނަތާ އެތަށް ދުވަހެއް ވެފައިވާއިރު، ސަރުކާރުން މިހާރު ބުނަމުން ދަނީ އަންނަ މޭމަހު 15 ގައި މުލަ ރޯދަދުވަހު އެތަން ހުޅުވާނެ ކަމަށެވެ.

އެމްޑީޕީން ބުނީ، ރޯދަމަހަކީ އަޅުކަމުގެ ހާއްސަ މައްސަރަކަށް ވުމާއި ގިނަ މަސްވެރިން މަހަށް ނުގޮސް ރަށުގައި ތިބޭ ވަގުތު އައިސް ދޫކުރާނެ ކަމަށް ބުނުމަކީ އިތުރު ވަގުތު ހޯދުމުގެ ގޮތުން އޮޅުވާލި އޮޅުވާލުމެއް ކަމަށެވެ.

"ފަރެސްމާތޮޑާ ރައްޔިތުން އައިސް ހޯދަން ގދ ތިނަދޫއަށް ނުވަތަ ގައްދޫ، ފިޔޯރީ އަށް ގޮސް އައިސް އަޅައި، އަތޮޅުން އެންދަމައިގެން އައްޑޫ، ފުވައްމުލަކު ހިމެނޭ ސަރަހައްދުން މަސްބާނައިގެން ކޫއްޑޫ އަށް މަސްކިރުވަން ޖެހޭއިރު އައިސް ޕްލާންޓުން ހިދުމަތް ނުލިބި ތެލާއި ވަގުތު ހޭދަކޮށް އިތުރު ތަކުލީފުތައް އުފުލަންޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ" އެމްޑީޕީން ބުނެއެވެ.

ގާނޫނު އަސާސީގައި ދައުލަތް ހިންގަން ވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ބަޔާން ކޮށްފައިވީ ނަމަވެސް ރަށު ރައްޔިތުން އިންތިހާބު ކޮއްފައިވާ ކައުންސިލްތަކަށް މަސްވެރިކަމުގެ ވިޔަފާރި ލާމަރުކަޒީ އުސޫލުން ހިންގުމާ ކައުންސިލްތަކަށް ވިޔަފާރި ތަރަށްގީ ކުރުމަށް ގާނޫނު އަސާސީން ލިބިދީފައިވާ ފުރުސަތު ހަނިކޮށް މަސްވެރިކަމުގެ މުޅި ސިނާއަތަށް ސަރުކާރުން އަތްގަދަކުރުމައް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އެ ޕާޓީން ސަރުކާރަށް ގޮވާލައެވެ.

މީގެ އިތުރުން މަސްވެރިންނަށް ކުރިން ލިބެމުން ދިޔަ ތެލުގެ ސަބްސިޑީސް ނުދީ ތެޔޮ އަގު ބޮޑުކޮށް، ބެެޔަސް ނުބެޔަސް ކޮންމެ މަސްވެރިޔަކަށް -/10000ރ. ދޭނެ ކަމުގެ ވައުދާ އެކު އައި ސަރުކާރުގެ ދައުރު ނިމިގެންދާ އިރުވެސް އެވައުދު ފުއްދުމުގެ އެއްވެސް އިހުލާސްތެރި ނިޔަތެއް ނުފެންނަކަން ވަނީ ފާހަގަކޮށްފައެވެ. މަސްވެރިންނަށް އޮޅުވާލައި މަސްވެރިން ބިކަ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ވަގުތުން ވަގުތަށް ހުއްޓާލައި، ފަރެސްމާތޮޑާގެ އައިސް ޕްލާންޓުގެ ޚިދުމަތް ވަގުތުން ވަގުތަށް ފެށުމަށާޢި މަސްވެރިންނަށް އެމީހުން ކުރާ މަސައްކަތުގެ ހަމަ އަގު ހޯދައި ދިނުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

13 މެއި 2017

އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް

13 މެއި 2017
އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް
03 މެއި 2017

މަކަރާއި ހީލަތް ހެދުމުގެ ކުށުގައި ޕީޕީއެމްގެ ކެނޑިޑޭޓަކަށް ޖަލު ހުކުމެއް، ކެނޑިޑެސީ ބާތިލް ކުރަން ހުށަނާޅާ!

03 މެއި 2017
މަކަރާއި ހީލަތް ހެދުމުގެ ކުށުގައި ޕީޕީއެމްގެ ކެނޑިޑޭޓަކަށް ޖަލު ހުކުމެއް، ކެނޑިޑެސީ ބާތިލް ކުރަން ހުށަނާޅާ!
30 އެޕްރީލު 2017

ބެޔަސް ނުބެޔަސް 10،000 ރުފިޔާ ދިނުމުގެ ބަދަލުގައި ދަނީ މަސްވެރިންނަށް އަނިޔާ ކުރަމުން:ފަލާހް

30 އެޕްރީލު 2017
ބެޔަސް ނުބެޔަސް 10،000 ރުފިޔާ ދިނުމުގެ ބަދަލުގައި ދަނީ މަސްވެރިންނަށް އަނިޔާ ކުރަމުން:ފަލާހް
16 އެޕްރީލު 2017

ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ބިރުދެއްކުން ހުއްޓާލާ: މައުމޫން

16 އެޕްރީލު 2017
ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ބިރުދެއްކުން ހުއްޓާލާ: މައުމޫން
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!
13 މާރިޗު 2017

ނޫސްވެރިންނަށާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް ބިރު ދެއްކުން ހުއްޓާލާ: އެމްޑީޕީ

13 މާރިޗު 2017
ނޫސްވެރިންނަށާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް ބިރު ދެއްކުން ހުއްޓާލާ: އެމްޑީޕީ
10 މާރިޗު 2017

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

10 މާރިޗު 2017
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު
13 ފެބުރުއަރީ 2017

"އުކުޅަހުން މީހުން ހައްޔަރުކުރީ ހީލަތްތެރި ރޭވުމެއްގައި"

13 ފެބުރުއަރީ 2017
"އުކުޅަހުން މީހުން ހައްޔަރުކުރީ ހީލަތްތެރި ރޭވުމެއްގައި"
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް