Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

ކުރިޔަށް އޮތް ތިން ސީޒަނުގައި ވެސް ސްޕެނިޝް ލަލީގާ ބަލަން ޖެހޭނީ ފޭސްބުކްއިން!

ކުރިޔަށް އޮތް ތިން ސީޒަނަށް ފޭސްބުކްއިން ވަނީ ރައިޓްސް ގަނެފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 14 އޯގަސްޓު 2018 | އަންގާރަ 12:38
މިދިޔަ ސީޒަނުގެ ޗެމްޕިއަނުން ކަމަށްވާ ބާސެލޯނާގެ ބައެއް ކުޅުންތެރިން

މިދިޔަ ސީޒަނުގެ ޗެމްޕިއަނުން ކަމަށްވާ ބާސެލޯނާގެ ބައެއް ކުޅުންތެރިން

ދެކުނު އޭޝިއާގެ ގައުމުތަކަށް ސްޕެނިޝް ލަލީގާގެ މެޗުތައް ދެއްކުމުގެ ރައިޓްސް ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ނެޓްވޯކް ކަމަށްވާ ފޭސްބުކްއިން ގަނެފިއެވެ.

ފޭސްބުކްއިން މި ރައިޓްސް ގަނެފައިވާއިރު މިކަމާއި ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. މީގެކުރިން ސްޕެނިޝް ލަލީގާ ދެކުނު އޭޝިއާގައި ދެއްކުމުގެ ރައިޓްސް އޮތީ ސޮނީ ޕިކްޗަރސް ނެޓްވޯކް އަތުގައެވެ. ސޮނީއިން ލަލީގާ ދެއްކުމުގެ ރައިޓްސް 2014 ވަނަ އަހަރު ގަނެފައިވަނީ 25 މިލިއަން ޕައުންޑަށެވެ. މި އެއްބަސްވުމާއެކު އިންޑިއާ، ނޭޕާލް، ބޫޓާން، ސްރީ ލަންކާ، ޕާކިސްތާން، އަފްޣާނިސްތާން، ބަންގްލަދޭޝް އަދި ރާއްޖެއަށް ލަލީގާގެ މެޗުތައް ދެއްކުމުގެ ހުއްދަ ފޭސްބުކަށް ލިބިގެންދާނެއެވެ.

މި ސަރަހައްދުގައި ފޭސްބުކް ބޭނުންކުރާ 348 މިލިއަން މީހުން އުޅޭއިރު އެންމެނަށް ވެސް ފޭސްބުކްއިން ލަލީގާގެ މެޗުތައް ހިލޭ ބަލާލެވޭނެއެވެ. އޭގެ ތެރެއިން 270 މިލިއަން މީހުންނަކީ އިންޑިއާއަށް ނިސްބަތްވާ މީހުންނެވެ.

ފޭސްބުކް އަދި އެހިނިހެން ޓެކް ކުންފުނިތަކުން އަންނަނީ އެކިއެކު ލީގުތައް ދެއްކުމުގެ ރައިޓްސް ގަންނަމުންނެވެ. އެގޮތުން އެމޭޒަންއިން ވެސް ވަނީ އަންނަ ސީޒަނުގެ ޕްރިމިއާ ލީގުގެ 20 މެޗުގެ އެކްސްކުލޫސިވް ރައިޓްސް ގަނެފައެވެ.

ފޭސްބުކްއިން ލަލީގާގެ 380 މެޗުގެ ރައިޓްސް ގަނެފައިވާއިރު މި ސީޒަނާއެކު ސްޕެނިޝް ލަލީގާގެ މެޗުތައް ހަމައެކަނި ދެން ބަލާލެވޭނީ ފޭސްބުކްއިންނެވެ. ރާއްޖޭގައި ވެސް ސްޕެނިޝް ލަލީގާ ބަލާ ގިނަ އަދަދެއްގެ ބެލުންތެރިން ތިބޭއިރު މީގެކުރީ ސީޒަންތަކުގައި ލަލީގާގެ މެޗުތައް ދައްކާފައިވަނީ ސޮނީ ޕިކްޗަރސް ނެޓްވޯކްގެ ޗެނަލްތަކުންނެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު