Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

16 އެޕްރީލު 2018 | ހޯމަ 11:46

މަޖޫރީންނަށް ރޭގަނޑު މަސައްކަތް ކުރުން ނޫން ގޮތެއް ނެތް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 16 އެޕްރީލު 2018 | ހޯމަ 11:46
މީހަކު ކާޑު އުފުލަނީ: މިހާރު މުދާ އުފުލުމަށް ވަނީ ބޮޑު ބަދަލެއް ގެނެސްފައި

މީހަކު ކާޑު އުފުލަނީ: މިހާރު މުދާ އުފުލުމަށް ވަނީ ބޮޑު ބަދަލެއް ގެނެސްފައި

ޑަބަލް އަގަށް ކާޑުގެ އަގުބޮޑު ކުރީމާ ރައްޔިތުން ހިތްހަމައެއް ނުޖެހުނެވެ. ނުކުމެ އެއްބަޔަކު ކުދިކިޔާން ފެށިއެވެ. ޖަވާބުގައި ބުނީ އެއީ ކަން އޮތްގޮތް ކަމަށެވެ. އިޤްތިސޯދީ މާހިރު ގެންނެވި މޮޅުގޮތް ކަމަށެވެ. އަމުދަކުން ތިޔަ ހަނޑުލެއް ކަނީކީ ކަލޭމެނެއް ނޫނޭއެވެ. ކޮންމެހެން ބޭރު މީހުން ކާކަށް ސަބްސިޑީއެއް ދޭކަށް ނެތީމެވެ. ރައްޔިތުން ބުނީ ނޫނޭ ނޫނޭއެވެ. އަހަރެމެންނަކަށް މީކީ އަނގަޔާ އަތާ ދިމާވާވަރުގެ އަގެއް ނޫނޭއެވެ. ދެންވެސް ސަރުކާރުން ބުނީ ބަހަނާ ދެއްކިއަސް ކުރާނެ ކަމެއް ނެތެވެ. މިނޫން ގޮތެއް ނުހަދާނަމެވެ.

ފްލެޓް ދިނީ ހިތުހުރި މީހަކަށެވެ. މަތިން ޕޮއިންޓް ލިބުނު މީހުން ތިބިގޮތަށް ތިއްބައެވެ. ފުރި ފޯމުތަކާއި ހެދި ސަރވޭތައް ދިޔައީ ވަށިގަނޑަށެވެ. ތަޅުދަނޑި ދިނީ އެތެރެ ކޮއިލުން ނެގުނު ލިސްޓަކަށެވެ. ރައްޔިތުން ބުނީ ތިޔަހެން ނުހަދާށެވެ. ނިކަމެތިން އެދުނީ ފްލެޓް ދިންގޮތް ހާމަކޮށްދިނުމަށެވެ. މިފަހަރު ވެސް ބުނީ މާގިނަ ވާހަކަ ނުދައްކާށޭއެވެ. ކަންކުރާނީ ކުރާނެ ގޮތަކަށެވެ. އަނގަތެޅިއަސް ގެނެވޭނެ ބަދަލެއް ނޯންނާނެ ކަމަށެވެ.

އެކަންވެސް ދޫކޮށްލާނަމެވެ. ދެން އައީ ޓްރެފިކަށް ގެނައި ބަދަލެވެ. ދިދަޖެހި ކާރަކަށް އިރުކޮޅަކު މަގުގައި އޮންނަން ޖެހޭފަދަ ގޮތަކަށް ކުރީގައި އޮވެގެން ފިހާރައަކަށް ބޭލި ފެންކޭސް ކޮޅަކާ ހެދި އެތެރޭގައި އިންނެވި ބޭފުޅާ މޫނު ކުނިވެއްޖެއެވެ. އިރުކޮޅަކު އެއަރކޯން ކާރު ތެރޭގައި އިންނަވަން ޖެހިވަޑައިގަތީތީއެވެ. ބަސްބުނި ހިނދުން މުދާބޭލުން އެޖެއްސީ ވަކި ގަޑިއަކަށެވެ. މަޖޫރީންނަށް އެންގީ ކަލޭމެން ދެން މަސައްކަތް ކުރަން ޖެހޭނީ ރޭގަނޑު ކަމަށެވެ. ނިދަން ޖެހޭނީ ދުވާލު ކަމަށެވެ. މަޖޫރީން ބުނީ ތިޔައީ ވާނެކަމެއް ނޫން ކަމަށެވެ. އެކަމަކު އެމީހުންނަށް ވެސް އެންގީ އެނޫން ގޮތެއް ނޯންނާނެ ކަމަށެވެ. ބޮޑާ ހާކަންޏާ ހިސާބު ގަނޑުން ވެސް ފޮނުވާލާނެ ކަމަށެވެ. ދިރިއުޅުމަށް އައި ބަދަލާއެކު މަޖޫރީން ނިންމީ ރޭގަނޑު މަސައްކަތް ކުރަން ޖެހޭތީ މަސައްކަތުގެ އގު ބޮޑު ކޮށްލުމަށެވެ. ސަރުކާރުން ދިނީ ވަރުގަދަ އިންޒާރެކެވެ. ބައިލާރި ބޮޑުކޮށްލިއަސް އެއްކޮށް މަސައްކތް ހުއްޓުވާނެ ކަމަށެވެ. ބިރު ދައްކާލަން ނެގީ އެންމެ ހަތިޔާރެކެވެ. ނުކުރާނީ ވިއްޔާ ދާނީއެވެ. ބޭރު މީހުން ލައިގެން ވެސް މިނޫން ގޮތަކަށް ކަންކުރެވޭކަށް ނޯންނާނެ ކަމަށެވެ.

ކުރިން ހުޅުވަން ނުޖެހޭ ގަޑިއަކަށް ގުދަން ހުޅުވަން ޖެހުމާއި އިތުރު ޝިފްޓަކަށް ސްޓާފުން ނެރެން ޖެހުމުން ތަކެތީގެ އަގަށް ބަދަލު ނުގެނެސް ދެކޮޅު ޖެއްސޭކަށް ނެތެވެ. އަގުން އެބައި ބޮޑުކޮށްލިއެވެ. ސަރުކާރުން ދިނީ ވަރުގަދަ އިންޒާރެކެވެ. އަގުބޮޑުކޮށްގެން ނުވާނެ ކަމަށެވެ. ނުހިންގޭނިއްޔާ ފިހާރަ ބަންދު ކުރުމަށެވެ. އަގަށް ހަތަރު އަނާ ވެސް އިތުރުކޮށްގެން ނުވާނެޔެވެ. ސަރުކާރުން ކުރާނެ ބަދަލެއް ނޯންނާނެއެވެ. މިއީ ފަހުގެ ނިންމުމެވެ. މިނިންމުން ބަދަލު ކުރަން އުޅެގެން ވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. ބަދަލު ގެންނެވީ ސީދާ އިޤްތިސޯދީ މާހިރު ކަމަށެވެ. ވިޔަފާރިވެރިންނަށް ގެއްލުން ވިއަކަސް އެކަމާ ވިސްނޭކަށް ނެތެވެ.

މިކަމާ އެއްޗެއް ބުނަން ނުކުތް ރައްޔިތުންނަށް އެންގީ ސަހަރޯއެވެ. ނަމަނަމަ އެއްޗެއް ނުބުނައްޗެވެ. ގާޑިޔާތަކުގެ މީހުންވެސް އެތިބީ ސައިޒްކޮށްފައެވެ. އެތިބީ މީހުން ނުވެސްދާ ހިސާބަކަށް ލާފައެވެ. މަގު ހަދަން ނެގި ގާޑިޔާތަކުގެ ދުވަހުގެ ވިކުރާއަށް 50 ރުފިޔާ ނުލިބުނަސް ހެވެ. ކުރިން ދެހާސް ތިންހާސް ލިބުނު ގާޑިޔާތަކުގެ ކުލި ދައްކާ ނުލެވުނަސް ތިޔަކަމަށް ދޭނެ އެހީތެރިކަމެއް ނެތެވެ. އެކަމަކު ގާޑިޔާތަކުގެ ވެރިންވެސް ތިބީ ބިރުން ފިތްކެނޑިކެނޑިއެވެ. ކަންއޮތްގޮތް ބުނެލަ ދޭކަށްވެސް އެވެރިންނަކަށް ނުކެރުނެވެ. ގާޑިޔާގަނޑު އަތުލާނެ ކަމުގެ އިންޒާރު ކުރިމަތީގައި އޮތީތީއެވެ.

އެއްޗެއް ބުނާން ތިބީ މަޖިލިސް މެންބަރުންނަށެވެ. އެވެރިން އެތިބީ އެއަށްވުރެ ވެސް ހާލުގައެވެ. އަމިއްލައަށް އެތިބީ ވަރަ ކޮށާލައިގެންނެވެ. ޚާއްޞަކޮށް ޕީޕީއެމް މެންބަރުންނެވެ. އެއްޗެއް ބުންޏަސް ޕާޓީން ވަކިކޮށް ގޮނޑި އަތުލާށޭ ބުނެ ސަރުކާރަށް ރިމޯޓް ދީގެންނެވެ. އާދައިގެ ނިކަމެތިންނަށްވުރެ އެވެރިންގެ ހާލު ދެރަވަރުގައެވެ.

ކޮންމެއަކަސް ރައްޔިތުން މިވަނީ ދަނޑިމާރު އަޅާފައެވެ. އެމީހުންނަކާ އެމީހުންނެކެވެ. ޤާނޫނާ ޤަވާއިދު އޮތްތަނުގައެވެ. ކުރިމަގު ބަނަވެ ހުރިހާ ގެއްލުމެއް ރައްޔިތުންނަށެވެ. ސަރުކާރުން ހިތުހުރިހާ ކަމެއް ކުރުމުގައެވެ. ވެރިކަން ފެށެނީ ރައްޔިތުންގެ ކިބައިންނޭ ލިޔެފައި އޮތީ ނަމެއްގައެވެ. އެވެރިކަން ދެމެހެއްޓޭނީ ވެސް ރައްޔިތުންގެ ކިބައިން ކަމަށް ބުނީ ހަމައެކަނި ރީއްޗަކަށެވެ. ބާރު އޮތީ އެކެއްގެ އަތުގައެވެ. އެއީވެސް ދަނޑިމާރު އަޅައިގެން ގެންގުޅޭ މަދު ފުލުހުން ކޮޅަކާ ސިފައިން ކޮޅެއް ލައްވައެވެ. އެވެރިން ވެސް ދަނޑިމާރު އަޅުވައިގެންނެވެ. އެނޫން ގޮތެއް ހޯދަންޏާ ޖަލުގޮޅި އޮތްކަން ބުނެދީގެންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
29 ޖެނުއަރީ 2017

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

29 ޖެނުއަރީ 2017
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟
20 ޖެނުއަރީ 2017

ގާނޫނާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ވިޔަފާރި ކުރުމާއި ވައްކަން ކުރުން!

20 ޖެނުއަރީ 2017
ގާނޫނާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ވިޔަފާރި ކުރުމާއި ވައްކަން ކުރުން!
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
19 ޖެނުއަރީ 2017

މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!

19 ޖެނުއަރީ 2017
މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!
14 ޖެނުއަރީ 2017

މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟

14 ޖެނުއަރީ 2017
މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
07 ޖެނުއަރީ 2017

ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟

07 ޖެނުއަރީ 2017
ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟
05 ޖެނުއަރީ 2017

ރައީސް ޔާމީނަށް ކުރާ އިލްތިމާސް!

05 ޖެނުއަރީ 2017
ރައީސް ޔާމީނަށް ކުރާ އިލްތިމާސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް