Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިޔާސީ ދައުވާ

ކައުންސިލަރު އަޒްރާ މޫސާގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދިއުމަށް ގޮވާލައިފި

ސިޔާސީ ދައުވާތަކުން ބިރުދައްކުވައިގެން އަޒްރާގެ އިސްލާޙީ މަސަައްކަތަށް ކުޑަބަދަލެެއް ވެސް ނުގެނުވޭނެ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 16 އެޕްރީލު 2018 | ހޯމަ 03:15
މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަޒްރާ މޫސާ

މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަޒްރާ މޫސާ

މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަޒްރާ މޫސާގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންގޮސް, އެ ޝަރީޢަތް ހުއްޓާލުމަށް ޕްރޮސެކިއުޓާ ޖެނެެރެލަށް އެމްޑީޕީން ގޮވާލައިފިއެވެ.

ކައުންސިލަރު އަޒްރާގެ މައްޗަށް ދައުވާކުރަނީ 27 ފެބްރުއަރީ 2018 ވަނަ ދުވަހު މަޖީދީމަގާއި ޖަނަވަރީ މަގު ކަންމަތީގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިންތިޒާމްކޮށްގެން ބޭއްވި މުޒާހަރާއާ ގުޅިގެނެވެ. ޤާނޫނުލްޢުޤޫބާތުގެ 532 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން އަޒްރާގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރެލް ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ މިމަހުގެ 3 ވަނަ ދުވަހުއެެވެ.

Advertisement - newsAdvertisement

ދައުވާ އަނބުރާ ގެންދިއުމަށް ގޮވާލާ، އެމްޑީޕީން އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ އަޒްރާގެ މައްޗަށް އުފުލާފައި ވަނީ ސިޔާސީ ކުލަވަރު ޖެހިފައިވާ ދައުވާއެއް ކަމަށެވެ. އަދި އެ މުޒާހަރާ ހުއްޓުވައި ޤާނޫނާ ޚިލާފަށް ފުލުހުން ހުރަސްއަޅާފައި ވާތީ އާއި ޙާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި ވަކިވަކި ފުލުހުންގެ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރެލްއަށް ޤާނޫނުން ލިބިދޭ ބާރުގެ ދަށުން ބެލުމަށް އެމްޑީޕީން ވަނީ ގޮވާލައިފައެވެ.

އެމްޑީޕީން ބުނީ ޤާނޫނު އަސާސީއާ ޚިލާފަށް ދައުލަތުން ހިންގާ ކަންކަމާ އިހްތިޖާޖްކުރުމުގެ ޙައްޤު ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައިވާ ކަމަށާއި، ސިޔާސީ ދައުވާތަކުން ބިރުދައްކުވައިގެން އަޒްރާގެ އިސްލާޙީ މަސަައްކަތަށް ކުޑަ ބަދަލެެއް ވެސް ނުގެނުވޭނެ ކަމަށެވެ. އަދި ސިޔާސީ ކަންމުގައި އަންހެނުންގެ ބައިވެރުވުން އިތުރުކުރުމަކީ ނުހަނު މުހިއްމު ކަމެއް ކަމުގައިވާއިރު، އަޒްރާއަކީ ލާމަސީލު މިސާލެއް ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު
06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު