Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިޔާއަށް ދެމުންދާ ހަމަލާ

ސީރިޔާއަށް ދެމުންދާ ހަމަލާ: ހަމަލާގެ ނަތީޖާ ފެންނަ ފުރަތަމަ ފުޓޭޖް

މިސައިލްތަކުގެ އަދަދު ސާފެއް ނުވޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 14 އެޕްރީލު 2018 | ހޮނިހިރު 16:20
ސީރިޔާގެ ރަސްމީ ނޫސް އޭޖެންސީ ސަނާއިން އާއްމުކޮށްފައިވާ ފޮޓޯއެއް

ސީރިޔާގެ ރަސްމީ ނޫސް އޭޖެންސީ ސަނާއިން އާއްމުކޮށްފައިވާ ފޮޓޯއެއް

އެމެރިކާ އިސްވެ އޮވެ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ތުރުކީއިން ހުކުރު ދުވަހުގެރޭ ސީރިޔާގެ އެކި ސަރަހައްދުތަކަށް ދިން މިސައިލް ހަމަލާތައް އަމާޒުވި ތަންތަނުގެ ތެރެއިން ބަރްޒާ ސައިންޓިފިކް ރިސަރޗް ސެންޓަރަށް އަމާޒުވި ހަމަލާއަށް ފަހު އެތަނުގެ ފުރަތަމަ ވީޑިއޯ ފުޓޭޖް ލިބިއްޖެއެވެ.

މިތަނަށް ހަމަލާ ދިނުމުގައި ބައިވެރިވެފައިވަނީ އެމެރިކާއާއި އިނގިރޭސިވިލާތާއި ފްރާންސުންނެވެ. ހަމަލާތަކުގައި ސުންނާފަތި ކޮށްލި ،އެތަނަށް ޒިޔާރަތްކުރާއިރު ލާނެ ރައްކާތެރި ހެދުމާއި،އުފައްދާފައި ހުރި ހަތިޔާރެއް ނުވަތަ ބޭނުންކޮށްފައި ހުރި އެބާވަތުގެ ހަތިޔާރެއްވެސް އެތަނުގައި ނެތްކަމަށް މެދުއިރުމަތީގެ ޚަބަރުތައް ގެނެސްދޭ އަލްސުރާއިން ބުނެފައިވެއެވެ.

އެމެރިކާ އިސްވެ އޮވެ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ގުޅިގެން ހުކުރު ދުވަހުގެރޭ ސީރިޔާގެ އެކި ސަރަހައްދުތަކަށް ދިން މިސައިލް ހަމަލާތަކުގެ ސަބަބުން މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށް ސީރިޔާ ސަރުކާރުންވެސްވަނީ ބުނެފައެވެ.

ޓީވީ މެދުވެރިކޮށް ސޫރިޔާ އަސްކަރިއްޔާއިން ބުނީ ހަމަލާތަކުގެ ސަބަބުން ލިބިފައިވަނީ ކުޑަ ގެއްލުމެއް ކަމަށާއި، ގުޅިފައިވާ ފައުޖުން ފޮނުވާލި ގިނަ މިސައިލްތައް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށެވެ.

ޕެންޓަގަންއަށް މައުލޫމާތުދެއްވަމުން އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން، ޖެނެރަލް ޖޯސެފް ޑަންފޯޑް ވިދާޅުވެފައިވަނީ މި ހަމަލާގައި ސީރިއާގެ ތިން އަމާޒަކަށް މިސައިލް ހަމަލާ ދީފައިވާ ކަމަށެވެ.

މީގެ ތެރެއިން އެއްތަނަކީ ދިމިޝްގުގައި ހުރި ސައިންޓިފިކް ރިސަރޗް ފެސިލިޓީއެއްކަމަށްވާއިރު އެމެރިކާއިން ތުހުމަތުކޮށްފައިވާ ގޮތުގައި އެތަނަކީ ކެމިކަލް އަދި ބައޮލޮޖިކަލް ހަތިޔާރު އުފެއްދުމާއި ގުޅުންއޮތް ތަނެކެވެ. ހަމަލާ ދިން ދެވަނަ ތަނެއްގެ ގޮތުގައި އެމެރިކާއިން ހާމަކޮށްފައިވަނީ ހޮމްސްގައި ހުންނަ ކެމިކަލް ހަތިޔާރު ރައްކާކުރާ ގުދަނެކެވެ.

މީގެ އިތުރުން ދެން ހަމަލާދީފައިވަނީ ކެމިކަލް ހަތިޔާރު އުފައްދާ އިކުއިޕްމަންޓް ރައްކާކުރާ އަދި މުހިއްމު ކޮމާންޑް ޕޯސްޓެއްގެ ގޮތުގައި ހޮމްސްގައި ބޭނުންކުރާ ތަނަކަށް ކަމަށް އެމެރިކާއިން ބުނެއެވެ.

އެމެރިކާއިން ހަމަލާދީފައި ވަނީ ޓޮމަހޯކް ކްރޫޒް މިސައިލް ބޭނުން ކޮށްގެންނެވެ.

އިނގިރޭސިވިލާތުން ޓޯނަޑޯ ޖެޓްތައް ބޭނުން ކޮށްގެން ހަމަލާދިނީ ސްޓޯމް ޝެޑޯ މިސައިލުންނެވެ.

ފަރަންސޭސީވިލާތުން ވެސް މެޑިޓަރޭނިއަން ކަނޑުގައި 4 މަނަވަރު ތައްޔާރީ ޙާލަތަށް ގެނައި އިރު، އެޤައުމުން ވަނީ ފްރެންޗް މިރާޖް އަދި ރަފައޭލް މަރުކާގެ ހަނގުރާމަމަތީ ޖެޓްތައް ބޭނުންކޮށްގެން ހަމަލާދީފައެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު