Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދޫމާގެ ކެމިކަލް ހަމަލާ

ސީރިޔާއަށް ދެމުންދާ ހަމަލާ: އެމެރިކާގެ ހަމަލާތަކުގައި ތުރުކީ ވެސް ބައިވެރިވެއްޖެ

ތުރުކީއަކީ މިހާރު ވެސް އަސަދުގެ ސަރުކާރުގެ ފައުޖުތަކާ ދެކޮޅަށް ހަނގުރާމަކުރާ ގައުމެއް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 14 އެޕްރީލު 2018 | ހޮނިހިރު 10:29
އެމެރިކާ އާއި އިނގިރޭސިވިލާތާއި ފްރާންސް އަދި ތުރުކީ އިން ސީރިޔާއަށް ހަމަލާދޭން ފެށީ ހޮނިހިރު ދުވަހުގެ ފަތިހު

އެމެރިކާ އާއި އިނގިރޭސިވިލާތާއި ފްރާންސް އަދި ތުރުކީ އިން ސީރިޔާއަށް ހަމަލާދޭން ފެށީ ހޮނިހިރު ދުވަހުގެ ފަތިހު

އެމެރިކާ އާއި އިނގިރޭސިވިލާތާއި ފްރާންސް ގުޅިގެން ސީރިޔާގެ ކެމިކަލް ހަތިޔާރު ރައްކާކޮށްފައި ހުރި ތަންތަން ކަމަށް އެފަރާތްތަކުން ތުޙުމަތުކުރާ ތަންތަނަށް ހޮނިހިރު ދުވަހުގެ ފަތިހު ދޭންފެށި ހަމަލާތަކުގައި ތުރުކީ އިން ބައިވެރިވެއްޖެއެވެ.

މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ސީރިޔާގެ ޣޫތާގެ ޓައުނެއް ކަމަށްވާ ދޫމާގައި ދިން ކަމަށް ބުނާ ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާ އާއި އިނގިރޭސި ވިލާތާއި ފްރާންސުން ސީރިޔާ ސަރުކާރުގެ އަމާޒުތަކަށް ހަމަލާދޭން ފެށީ ހޮނިހިރު ދުވަހުގެ ފަތިހުއެވެ.

ތުރުކީއަކީ މިހާރުވެސް ރައީސް ބަޝާރުލް އަސަދުގެ ސަރުކާރުގެ ފައުޖުތަކާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ގައުމެކެވެ.

ތުރުކީގެ ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދޫމާާގައި ދެވުނު ހަމަލާގެ ރައްދުގައި ހިންގޭ އޮޕަރޭޝަނަށް ތާއީދު ކުރާކަމަށެވެ. އަދި އެއީ ސީރިޔާ ސަރުކާރުގެ ކަމެއް ކަމަށް މާބޮޑަށް ވެސް ގަބޫލު ކުރެވޭ ކަމަށެވެ.

ތުރުކީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ގައުމުން ގަބޫލުކުރާ ގޮތުގައި އެފަދަ ޖަރީމާ ތަކަކީ އަދަބު ނުދެވި ދޫކޮށްލެވޭ ކަންކަމަށް ނުހެދުމަކީ މުހިއްމުކަމެއް ކަމަށް ދެކޭކަމަށާއި އެބާވަތުގެ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ޖަވާބުދާރީ ކުރެވޭކަން ކަށަވަރުވާން ޖެހޭ ކަމަށެވެ.

ސީރިޔާގެ އިރުމަތީ ޣޫތާގައި ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި މިހާރު އޮތް ހަމައެކަނި އަވަށް ކަމަށްވާ ދޫމާގައި ދިން ކެމިކަލް ހަމަލާއެއް ކަމަށް ބެލެވޭ ހަމަލާގައި އެތައް ބަޔަކު މަރުވެފައިވާ ކަމަށް މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާއި ސިއްހީ ޚިދުމަތްދޭ އޮފިޝަލުން މި މަހުގެ އަށްވަނަ ދުވަހު ވަނީ ރިޕޯޓްކޮށްފައެވެ.

ދަރުމައަށް މަސައްކަތްކުރާ ވައިޓް ހެލްމެޓްސްއިން ކޮށްފައިވާ ޓްވީޓެއްގައި ހުރި ފޮޓޯތަކާއި ވީޑިއޯ ފެންނަގޮތުގައި އެތައް ބައެއްގެ ހަށިތައް ބޭސްމެންޓްގައި ހުއްޓެވެ. މީގެ އިތުރުން އެތައް ބަޔަކު ނޭވާ ހާސްވެގެން ތެޅިފޮޅޭތަން ވީޑިއޯއިން ފެނެއެވެ.

ސީރިޔާގެ ސަރުކާރުން ބުނެފައި ވަނީ ކެމިކަލް ހަމަލާއެއް ކަމަށް ބުނާ ވާހަކައަކީ އުފައްދައިގެން އުޅޭ ވާހަކައެއް ކަމަށެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު