Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނާގިން3

އެކްތާގެ ނާގިން 3 އަންނަ ޖުލައިމަހު ފަށަނީ

ނާގިން 3 ދައްކާނީ ޖުލައި މަހުގެ 2 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 13 އެޕްރީލު 2018 | ހުކުރު 10:09
ނާގިންގެ ޕްރޮޑިއުސަރ އެކްތާ ކަޕޫރު

ނާގިންގެ ޕްރޮޑިއުސަރ އެކްތާ ކަޕޫރު

ކަލާޒް ޗެނަލްއިން ދައްކަމުން އައި ނާގިން ސީރީޒްގެ ތިން ވަނަ ސީޒަން އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.

މި ސިލްސިލާގެ ފުރަތަމަ ދެ ސީޒަންގައި ވެސް ނާގިން ނުވަތަ ހަރުފައިގެ ރޯލު ކުޅެފައި ވަނީ މޯނީ ރޯއީ އާއި އަދާ ޚާންއެވެ. އެހެން ނަމަވެސް މޯނީ އާއި އަދާ ވަނީ މި ސީރީޒްގެ ތިން ވަނަ ސީޒަން ނުކުޅުމަށް ނިންމާފައެވެ.

ތިން ވަނަ ސީޒަނުން ފެނިގެންދާނެ ކަމަށް ކަށަވަރުވެފައިވާ ތަރިންނަކީ ސަންޖީދާ ޝޭޚްގެ އިތުރުން ކަރަންވީރު ބޮހްރާއެވެ. މިފަހަރު ނާގިންގެ ރޯލުން ފެންނާނެ ކަމަށް ޕްރޮޑިއުސަރ އެކްތާ ކަޕޫރު ބުނެފައިވަނީ ކަރިޝްމާ ތަންނާ އާއި ސީރީޒް "ޔޭ ހޭ މުހައްބަތޭން" އިން ފެނިގެންދިޔަ އަނީތާއެވެ.

"ނާގިން"ގެ ފުރަތަމަ ސީޒަން ދައްކަން ފެށީ 1 ނޮވެމްބަރު 2015 އިން 5 ޖޫން 2016 އަށެވެ. މި ސީޒަނުން ފެނިގެން ގޮސްފައި ވަނީ މޯނީ ރޯއި، އަރުޖުން ބިޖްލާނީ، އަދާ ޚާން އަދި ސުދާ ޗަންދްރަންއެވެ.

ދެވަނަ ސީޒަނުން ފެނިގެން ގޮސްފައި ވަނީ މޯނީ ރޯއި، ކަރަންވީރު ބޮހްރާ، ސުދާ ޗަންދްރަން، އަދާ ޚާން އަދި އާސްކާ ގޮރާޑިއާއެވެ. މި ސީޒަން ދައްކާފައި ވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 8 އިން މިދިޔަ އަހަރުގެ ޖޫން މަހުގެ 25އާ ހަމައަށެވެ.

ނާގިންގެ ދެ ސީޒަނުގައި ވެސް އިންޑިއާގައި އެންމެ މީހުން ބެލި ސީރީޒްއަށް ވަނީ ވެފައެވެ.

މި ސިލްސިލާ އަންނަނީ 2015 ވަނަ އަހަރުން ފެށިގެން ޓެލެވިޒަން ރޭޓިން ޕޮއިންޓްސް (ޓީއާރުޕީ) ގެ އެންމެ ކުރި ހޯދަމުންނެވެ. ތިންވަނަ ސީޒަން ނެރޭނީ މިއަހަރުގެ ތެރޭގައެވެ.

އިތުރަށް ކިޔާލަން

09 ޖުލައި 2017

ނޯޓީ 40 - ޓިކެޓް ވިއްކުން ހޯމަ ދުވަހު ފަށަނީ

09 ޖުލައި 2017
ނޯޓީ 40 - ޓިކެޓް ވިއްކުން ހޯމަ ދުވަހު ފަށަނީ
26 ޖޫން 2017

"ބަދްޝާހޯ" ނެރޭނީ އަންނަ ސެޕްޓެމްބަރު 1 ގައި

26 ޖޫން 2017
"ބަދްޝާހޯ" ނެރޭނީ އަންނަ ސެޕްޓެމްބަރު 1 ގައި
02 ޖޫން 2017

ރާއްޖެޓީވީގެ "ކުރުފިލްމު މުބާރާތް 2017" މިރޭ ދައްކަން ފަށަނީ

02 ޖޫން 2017
ރާއްޖެޓީވީގެ "ކުރުފިލްމު މުބާރާތް 2017" މިރޭ ދައްކަން ފަށަނީ
18 މެއި 2017

އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ

18 މެއި 2017
އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ
04 މެއި 2017

"ބާގީ 2" އަންނަ އަހަރުގެ އެޕްރީލްގައި

04 މެއި 2017
"ބާގީ 2" އަންނަ އަހަރުގެ އެޕްރީލްގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު