Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިސީސީ

އައިސީސީގެ ޗެއާމަން ކުއްލިގޮތަކަށް އިސްތިޢުފާ ދެއްވައިފި

އިސްތިޢުފާ ދެއްވި ސަބަބު ޝަޝާންކް ހާމައެއް ނުކުރައްވާ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 15 މާރިޗު 2017 | ބުދަ 18:57
އައިސީސީގެ ޗެއާމަން ޝަޝާންކް މަނޯހަރް

އައިސީސީގެ ޗެއާމަން ޝަޝާންކް މަނޯހަރް

އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލްގެ ޗެއާމަން، ޝަޝާންކް މަނޯހަރް ކުއްލި ގޮތަކަށް އިސްތިޢުފާ ދެއްވައިފިއެވެ.

ޝަޝާންކް އިސްތިޢުފާ ދެއްވާފައި މިވަނީ ދެ އަހަރުގެ ދައުރަކަށް އޭނާ އެ މަޤާމާއި ހަވާލުވިތާ 8 މަސް ހަމަވިތަނާހެންނެވެ. އިސްތިޢުފާ ދެއްވައި، އައިސީސީގެ ސީއީއޯ، ޑޭވް ރިޗަރޑްސަންއަށް ޝަޝާންކް ކުރެއްވި އީމެއިލްގައިވެސް އޭނާ އިސްތިޢުފާ ދެއްވި ސަބަބެއް ހާމަ ކުރައްވާފައެއް ނުވެއެވެ.

ކުރު މުއްދަތަކަށްފަހު އައިސީސީގެ ޗެއާމަންކަމުން އިސްތިއުފާދެއްވި ސަބަބެއް އޭނާ ހާމަ ނުކުރެއްވި ނަމަވެސް، އައިސީސީގެ ކުރިއަށް އޮތް ބޯޑް މީޓިންގއަށް ޝަޝާންކް ހުށަހެޅުއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މާލީ އަދި އިދާރީ ބަދަލުތަކާއި ދެކޮޅަށް، ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި) އިން ފުދޭވަރެއްގެ ތާއީދު ހޯދާފައި ވުމަކީ އޭނާގެ އިސްތިޢުފާގެ ސަބަބަކަށް ވެދާނެ ކަމަށް ކުޅިވަރު އެނަލިސްޓުން ވަނީ ބުނެފައެވެ.

މިފަދަ ބަދަލުތަކެއް ފާސްކުރުމަށް ބޯޑުގެ ތިންބައިކުޅަ ދެބައިގެ ތާޢިދު ބޭނުންވާއިރު، ބީސީސީއައި އިން ވަނީ ޝަޝާންކްގެ އިސްލާހީ ބަދަލުތަކާއި ދެކޮޅަށް، ބަންގްލަދޭޝް، ސްރީލަންކާ އަދި ޒިމްބާބުވޭގެ ތާޢީދު ހޯދާފައެވެ. އެހެންކަމުން، ޝަޝާންކްގެ އިސްތިޢުފާ އަކީ، މި ހުށަހެޅުމުގައި ލިބޭނެ ކަމަށް ޤަބޫލުކުރެވޭ ބޮޑު ނާކާމިޔާބީއަށް ބަލައި އެޅުއްވި ފިޔަވަޅެއް ކަމަށް ޤަބޫލުކުރެވެއެވެ.

ޝަޝާންކްގެ އިސްތިޢުފާގައި ބުނެފައިވަނީ، ނިމިގެން ދިޔަ އަހަރު، އަމިއްލަ ފުރަތަމަ ކެނޑިޑޭޓްގެ ގޮތުގައި ސާފު އަގުލަބިއްޔަތާއެކު، އޭނާ އައިސީސީގެ ޗެއާމަންގެ މަޤާމަށް އިންތިޚާބުވި ކަމަށާއި މަޤާމާ ހަވާލުވި ހިސާބުން ހަމަހަމަ ކަމާއި އެކު އައިސީސީއާއި އެ ކައުންސިލްގެ މެންބަރުންގެ ހައްޤުތައް ރައްކާތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ.

ނަމަވެސް މިވަގުތު އަމިއްލަ ސަބަބުތަކެއް ހުރުމުން، އެ މަސައްކަތް އެންމެ ފުރިހަމައަށް އަދާ ކުރެވޭނެ ކަމުގެ ޔަޤީންކަން ނެތް ކަމަށާ، އެހެން ކަމުން އިސްތިޢުފާ ދެނީ ކަމަށް ޑޭވް އަށް ޝަޝާންކް ފޮނުވި މެއިލްގައިވެއެވެ.

މިދިޔަ އަހަރު ބީސީސީއައިއަށް ގިނަ ދަތިތަކެއް ދިމާވި އިރު އެ ބޯޑުން އިސްތިޢުފާ ދެއްވުމަށްފަހު އައިސީސީއާއި ގުޅިވަޑައިގަތް ޝާޝާންކްއަށް ބީސީސީއައި އިން ވަނީ އެކި ފަހަރުމަތިން ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2019

ނިއު ސަސްޕެންޑް ކުރެވޭނެކަމަށް ގަބޫލެއް ނުކުރަން: ޕްލޭޔާ ސްޓޭޓަސް ކޮމެޓީގެ ޗެއާމަން

27 ޖެނުއަރީ 2019
ނިއު ސަސްޕެންޑް ކުރެވޭނެކަމަށް ގަބޫލެއް ނުކުރަން: ޕްލޭޔާ ސްޓޭޓަސް ކޮމެޓީގެ ޗެއާމަން
17 އޮކްޓޯބަރު 2018

މަހެއް ތެރޭގައި މާލީ ހާލަތު ހައްލުކުރެވޭނެ: ނިއުގެ ޗެއާމަން

17 އޮކްޓޯބަރު 2018
މަހެއް ތެރޭގައި މާލީ ހާލަތު ހައްލުކުރެވޭނެ: ނިއުގެ ޗެއާމަން
14 އޮކްޓޯބަރު 2018

ވީއޭއެމްގެ ސީނިއާ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

14 އޮކްޓޯބަރު 2018
ވީއޭއެމްގެ ސީނިއާ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
07 އޮކްޓޯބަރު 2018

ވިކްޓަރީގެ މަޤާމުތަކުން މުހައްމަދު އިސްމާއިލާއި އަލީ އާރިފް އިސްތިއުފާ ދެއްވައިފި

07 އޮކްޓޯބަރު 2018
ވިކްޓަރީގެ މަޤާމުތަކުން މުހައްމަދު އިސްމާއިލާއި އަލީ އާރިފް އިސްތިއުފާ ދެއްވައިފި
09 ޖެނުއަރީ 2018

ޑިބާލާ ގެންދިޔުމަށް މަސައްކަތެއް ނުކުރަން: ޕީއެސްޖީގެ ޗެއާމަން

09 ޖެނުއަރީ 2018
ޑިބާލާ ގެންދިޔުމަށް މަސައްކަތެއް ނުކުރަން: ޕީއެސްޖީގެ ޗެއާމަން
28 ޑިސެމްބަރު 2017

ވޯލްޑް ކަޕް އޯގަނައިޒިން ކޮމިޓީގެ ޗެއާމަން އިސްތިއުފާ ދެއްވައިިފި

28 ޑިސެމްބަރު 2017
ވޯލްޑް ކަޕް އޯގަނައިޒިން ކޮމިޓީގެ ޗެއާމަން އިސްތިއުފާ ދެއްވައިިފި
13 އޮކްޓޯބަރު 2017

ޕީއެސްޖީގެ ޗެއާމަންގެ މައްޗަށް ސްވިޓްޒަލެންޑްގައި ޖިނާއީ ތަހުގީގެއް ހިންގަނީ

13 އޮކްޓޯބަރު 2017
ޕީއެސްޖީގެ ޗެއާމަންގެ މައްޗަށް ސްވިޓްޒަލެންޑްގައި ޖިނާއީ ތަހުގީގެއް ހިންގަނީ
05 އޮކްޓޯބަރު 2017

ބްރެޒިލްގެ އޮލިމްޕިކް ކޮމިޓީގެ ޗެއާމަން ހައްޔަރުކޮށްފި

05 އޮކްޓޯބަރު 2017
ބްރެޒިލްގެ އޮލިމްޕިކް ކޮމިޓީގެ ޗެއާމަން ހައްޔަރުކޮށްފި
30 އެޕްރީލު 2017

ޝެއިޚް ފަހަދް ފީފާ އިން އިސްތިއުފާ ދެއްވައިފި

30 އެޕްރީލު 2017
ޝެއިޚް ފަހަދް ފީފާ އިން އިސްތިއުފާ ދެއްވައިފި
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު