Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލެ ސިޓީ ކައުންސިލް

ރިންގް ރޯޑް މަޝްރޫއަށް މާލޭގެ ބޮޑެތި ގަސްތައް ކަނޑަމުންދާތީ ސިޓީ ކައުންސިލުން ރަތަށް!

މާލޭގެ ބޮޑެތި ގަސްތައް ކަނޑަމުންދަނީ އީޕީއޭ ނުހަދާކަން ސިޓީ ކައުންސިލުން ފާހަގަކުރި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 12 އެޕްރީލު 2018 | ބުރާސްފަތި 10:13
މާލެ ސިޓީ ކައުންސިލުން ބޭއްވި ޕްރެސް

މާލެ ސިޓީ ކައުންސިލުން ބޭއްވި ޕްރެސް

ހައުސިން މިނިސްޓްރީން ހިންގާ ރިންގް ރޯޑް މަޝްރޫއަށް މާލޭގެ ބޮޑެތި ގަސްތައް ކަނޑަމުންދާތީ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް ވިދާޅުވީ، ބްރިޖް މަޝްރޫއު ނިމެންވާއިރަށް ކަމަށް ބުނެ ބްރިޖް ހިމެނޭ މާލޭ އިރުމަތީ އަޑިޕާކް ސަރަހައްދާއި އެނޫން ވެސް ތަންތަނުގައި ހުރި ބޮޑެތި ބިޔަ ގަސްތައް ކަނޑަމުންދަނީ މާލޭގެ ރައްޔިތުންނާ އެއްވެސް ވަރަކަށް މަޝްވަރާކުރުމެއް ނެތި ކަމަށެވެ. އަދި ރައްޔިތުންނާ ގުޅުން ހުރި އެފަދަ ބޮޑު ކަމެއް ކުރާ އިރު، ރައްޔިތުން އިންތިޚާބު ކޮށްފައި ތިބި ކައުންސިލަރުންނާ ވެސް އެއްވެސް ކަމަކާ މަޝްވަރާ ނުކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

ހައުސިން އިން އެކަން ކުރަނީ ތިމާވެއްޓަށް އެކަމުން ކުރާނެ އަސަރެއް ބެލުމަށް (އެންވަޔަރުމެންޓް އިމްޕެކްޓް އެސެސްމެންޓް) ވެސް ނުހަދާކަން އެނގިފައި ވާކަމަށް ސަމާއު ވިދާޅުވިއެވެ. އަދި ގަސްކަނޑަމުންދާ ދިއުމާ މެދު އީޕީއޭ އާއި ހައުސިން މިނިސްޓްރީއާ ބައްދަލުކުރުމަށް މިހާރު އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ގަހަކީ ވަރަށް މުހިންމު އެއްޗެއް، މިކަހަލަ ގިނަ ވެހިކަލްތައް ދުއްވާ މާގިނަ ފެހިކަމެއް ނެތް ސިޓީއަކަށް ވަރަށް މުހިންމު އެއްޗެއް، މިކަން ވަރަށް ބޮޑަށް ކުށްވެރިކުރަން، ކަމާބެހޭ ހުރިހާ އިދާރާތަކަށް ވެސް ގޮވާލަން މިހާރުން މިހާރަށް ވެސް މި މަސައްކަތް ކުރިއަށް ގެންދާއިރުގައި އެންމެ ރައްކާތެރި ގޮތަކީ ކޮބައިކަން ދެނެގަނެ ގަސްތަކަށް ގެއްލުން ނުލިބޭނެހެން އެކިއެކި މަޝްރޫއުތައް ހިންގުމަށް،" ޝަމާއު ވިދާޅުވިއެވެ.

މި ޕްރެސްގައި ވާހަކަ ދައްކަވަމުން ވިލިމާލޭ ދާއިރާގެ ކައުންސިލް މެންބަރު ހަމްނާ ވަހީދު ވިދާޅުވީ، ވިލިމާލޭގެ އުތުރު ފަރާތުގެ ބަނދަރު ހިމެނޭ ސަރަހައްދުގައި ފަސް ބްލޮކް ވަރުގެ ބޮޑު ސަރަހައްދެއް ޓިނުޖަހައި ބަންދުކޮށް މި ސަރުކާރުން ކުރަނީ ކޮންކަމެއްކަން ނޭނގިގެއް ވިލިނގިލީ ރައްޔިތުން ތިބީ ސުވާލެއްގެ ތެރޭގައި ކަމަށެވެ.

"ތުންތުން މަތީން އަޅުގަނޑަށް މައުލޫމާތު ލިބުނު އެތަނުގައި ހަދަނީ ޕާކަކާއި ޖިމް އެކޭ. އެހެން ވިޔަސް ރައްޔިތުންނަށް އެނގެން ޖެހޭ،" ހަމްނާ ވިދާޅުވިއެވެ.

ހަމްނާ ވިދާޅުވީ، އެތަނުގައި ވެސް ހުރި ބޮޑެތި ގަސްތައް ކަނޑަމުންދާ ކަމަށާއި، އެ ސަރަހައްދަކީ އާއިލާތަކާއި ދޮށީ އުމުރުގެ މީހުންނާއި، ކުޑަކުދިން ހިތްހަމަޖައްސާލަން ނުކުމެ ޖޯލިފަތިތަކުގައި ތިބޭ ހިތްފަސޭހަ ގުދުރަތީ މައިޒާނެއް ކަމަށެވެ. އަދި އެތަން ހަލާކުކޮށްލައި، ގަސްތައް ކަނޑަމުންދާތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ސަރަހައްދަކީ ދޯނިފަހަރު ލަފާފުރާ ބަދަރު އޮންނަ ސަރަހައްދެއް ކަމުން އެތަނަށް ކުޑަކުދިން ވެެސް ދާނެތީ، އެތަނުގައި ޕާކެއް ހެދުމަކީ އެއްގޮތަކަށް ވެސް ރައްކާތެރި ކަމެއް ނޫން ކަމަށެވެ.

"އެ ސަރަހްދަކީ މަސްވެރިން، އޮޑިވެރިން އޮޑި ދޯނިފަހަރު ލަފާ ފުރާ ސަރަހައްދެއް. ދޯނިތަކުގައި ބޭރު މީހުން ފެންވަރާ ހަދާ ސަރަހައްދެއް. ކުޑަކުދިންނަށް އެ ސަރަހައްދު ރައްކާތެރިއެއް ނުވާނެ" ހަމްނާ ވިދާޅުވިއެވެ.

މާލެ އަދި މާލެ ވިލިމާލޭގެ ބައެއް ހިސާބުތަކުގައި ހުރި ބޮޑެތި ބިޔަ ގަސްތައް ކެނޑުން ހުއްޓާލުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

މި ޕްރެސްގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ކައުންސިލުން ވަނީ މާލޭގެ ކުނީގެ މައްސަލައަށް ވެސް އެކަށީގެންވާ ހައްލެއް ނުލިބި ދިގުލައި މުޅި މާލޭގެ މަގުތައް ގޮނޑުވަމުންދާކަން ފާހަގަކޮށްފައެވެ. އަދި މާލޭ ސިޓީކައުންސިލުގެ ދަށުން މާލޭގެ މަގުތައް ބަލަހައްޓާ ކުނިކަހާ ހަދަމުން ދަނިކޮށް ހައުސިން މިނިސްޓްރީގެ ދަށަށް އެ ޒިންމާތައް ނެގިފަހުން މުޅި މާލެ ގޮނޑަކަށް ވެފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އަދި ކުރިއަށް އޮތް ރޯދަމަހު ތިން ގުނައަށް ކުނި އިތުރުވާނެކަމަށާއި، އެކަމާ މެދު ވެސް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި މިހާތަނަށް ވެސް ކުނީގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހައުސިން މިނިސްޓްރީއަށް ހޯދައި ނުދެވެންޏާ އެކަން މިހާރުން މީހާރަށް އަލުން އަނބުރާ ސިޓީ ކައުންސިލާ ހަވާލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ގޮވާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު