Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނިވައިރޯޅިި

ނިވައިރޯޅީގައި ހިމެނޭ ތަރިން އިއުލާންކޮށްފި

ފިލްމީ ދާއިރާއިން ރިޓަޔާކުރަން ނިއުމާ ނިންމާފައި ވަނީ އޭނާގެ 40 ވަނަ އުފަންދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 11 އެޕްރީލު 2018 | ބުދަ 04:01
ނިއުމާ މުހައްމަދު

ނިއުމާ މުހައްމަދު

ރާއްޖޭގެ ފިލްމީ ދާއިރާގެ މަޝްހޫރު ތަރި ނިއުމާ މުހައްމަދުގެ އެންމެ ފަހުގެ ފިލްމު ނިވައިރޯޅީގައި ހިމެނޭ ތަރިން އިއުލާންކޮށްފިއެވެ.

ރޭ ރާނބާ ރެސްޓޯރެންޓުގައި އޮތް ޚާއްސަ ހަފްލާއެއްގައި ފިލްމުގައި ހިމެނޭ ތަރިން އިއުލާން ކޮށްފައިވާއިރު މި ފިލްމަކީ ނިއުމާގެ ވަދާއީ ފިލްމެވެ.

ފިލްމުގެ ފައިނަލް ކާސްޓުންގެ ތެރޭގައި ހިމެނެނީ އައިމިނަތު ރިޝްފާ، އަހްމަދު ޒިޔާ، އަހްމަދު ސައީދު، އަހްމަދު އަޒްމީން (އަޒޭ)، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އާސިފް، އައިމިނަތު އިޝާލް ރަޝީދު، އަޖްނާޒް އަލީ، އިސްމާއިލް ޒާހިރު ، އައިމިނަތު ރަޝީދާ (އައިންތު)، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތިމަތު ޒީނަތު (ޒީތު)، އަދި ނިއުމާ މުހައްމަދެވެ.

ފިލްމީ ދާއިރާއިން ރިޓަޔާ ވެއްޖެކަމަށް ނިއުމާ ނިންމާފައިވަނީ އޭނާގެ 40 ވަނަ އުފަންދުވަހުގައެވެ. ހަމަ އެރޭގައި އޭނާ ވަނީ ނިވައިރޯޅި ފިލްމަކީ އޭނާގެ އެންމެ ފަހުގެ ފިލްމު ކަމަށް ބުނެ ފިލްމުގެ ޓީޒާ ލޯންޗު ކޮށްފައެވެ.

މޫމިން ފުއާދުގެ ސްކްރިޕްޓެއްގެ މައްޗަށް އުފައްދާ މި ފިލްމު ޑައިރެކްޓު ކުރަނީ މުހައްމަދު އަލީ (މޮގާ) އެވެ.އަދި ޕްރޮޑިއުސް ކުރަނީ ނިއުމާއެވެ.

މި ފިލްމާއި ބެހޭގޮތުން ނިއުމާ ރާއްޖޭގެ ބައެއް މީޑިއާތަކަށް ދީފައިވާ އިންޓަވިއުތަކުގައި ބުނެފައިވަނީ މި ފިލްމުން އޭނާ އާއިއެކީގައި އާ ތަރިންތަކެއް ފެންނާނެ ކަމަށެވެ. އަދި ފިލްމުގެ ޝޫޓިންއަށް ތައްޔާރުވުމަށް އޭނާ ފަލަވުމަށް މަސައްކަތް ކުރަމުންދާކަމަށް ވަނީ ބުނެފައެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

1995 ވަނަ އަހަރު ދިވެހި ފިލްމީ ދާއިރާއިން ފެނިގެންދިޔަ ނިއުމާ ވަނީ 1000 އަށް ވުރެ ގިނަ ލަވައިގައި ހަރަކާތްތެރިވެފައެވެ. އަދި އޭގެ އިތުރުން އެތަކެއް ޑްރާމާ ސީރީޒް އަކާއި އެތަކެއް ފިލްމެއްގައި ވަނީ ހަރަކާތްތެރި ވެފައެވެ. ނިއުމާ ކުޅެފައިވާ ފިލްމު ތަކުގެތެރޭގައި 1998 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ޢީސާ ޝަރީފްގެ "ފަތިސް ހަނދުވަރު"، 1999 ވަނަ އަހަރު ނިކުތް ފަރިވާ ފިލްމްސްގެ "ބަދަލު"، 2002 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ފީރޯޒް އައިޝަތު ގެ "ހިތް އެދެނީ"، 2003 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ޢީސާ ޝަރީފްގެ "ގިނި ހިލަ"، 2004 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ފާތިމަތު ނަހުލާގެ "ކަލާޔާ ނުލާ"، 2005 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ އަޙުމަދު ނިމާލް ގެ "ދަރިންނަށްޓަކައި"، 2006 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ އަހުމަދު ނިމާލް ގެ "ހިޔަނި"، އަދި 2008 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ފާތިމަތު ނަޙުލާގެ "ޔޫސުފް" ފަދަ ފިލްމްތައް ހިމެނެއެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2018

މާޗް ފޯ އަވަރަ ލައިވްސް: ހަތިޔާރު ވިއްކުމާ ދެކޮޅަށް ދަރިވަރުންތަކެއް ފެށި މޫވްމަންޓަށް ހޮލީވުޑްގެ ގިނަ ތަރިންތަކެއްގެ ތަރުހީބެއް

25 މާރިޗު 2018
މާޗް ފޯ އަވަރަ ލައިވްސް: ހަތިޔާރު ވިއްކުމާ ދެކޮޅަށް ދަރިވަރުންތަކެއް ފެށި މޫވްމަންޓަށް ހޮލީވުޑްގެ ގިނަ ތަރިންތަކެއްގެ ތަރުހީބެއް
21 މާރިޗު 2018

ޑާކްރެއިންގެ މާމުއިގެ އިތުރު ތަރިން އިއުލާންކޮށްފި

21 މާރިޗު 2018
ޑާކްރެއިންގެ މާމުއިގެ އިތުރު ތަރިން އިއުލާންކޮށްފި
22 ސެޕްޓެމްބަރު 2017

"ޕަދްމާވަތީ" ޑިސެމްބަރު 1 ގައި ރިލީޒް ކުރާނެކަން އިއުލާންކޮށްފި

22 ސެޕްޓެމްބަރު 2017
"ޕަދްމާވަތީ" ޑިސެމްބަރު 1 ގައި ރިލީޒް ކުރާނެކަން އިއުލާންކޮށްފި
21 އޯގަސްޓު 2017

"ސީކްރެޓް ސުޕަސްޓާ" ގައި ގިނަ ތަރިން ފެންނާނެ: އާމިރުޚާން

21 އޯގަސްޓު 2017
"ސީކްރެޓް ސުޕަސްޓާ" ގައި ގިނަ ތަރިން ފެންނާނެ: އާމިރުޚާން
14 އޯގަސްޓު 2017

އެންމެ ފަހުން "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އަށް ތަރިން ހަމަޖެހިއްޖެ

14 އޯގަސްޓު 2017
އެންމެ ފަހުން "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އަށް ތަރިން ހަމަޖެހިއްޖެ
12 ޖުލައި 2017

އައިފާ އެވޯޑަށް ބޮލީވުޑްގެ ތަރިން ނިއުޔޯކަށް ފުރަން ފަށައިފި

12 ޖުލައި 2017
އައިފާ އެވޯޑަށް ބޮލީވުޑްގެ ތަރިން ނިއުޔޯކަށް ފުރަން ފަށައިފި
29 އެޕްރީލު 2017

ވިނޯދް ކަންނާގެ ޖަނާޒާގައި ތަރިން މަދުވުމުން ރިޝީ ކަޕޫރު ފާޑު ކިޔައިފި

29 އެޕްރީލު 2017
ވިނޯދް ކަންނާގެ ޖަނާޒާގައި ތަރިން މަދުވުމުން ރިޝީ ކަޕޫރު ފާޑު ކިޔައިފި
11 އެޕްރީލު 2017

"ރުދަޔަންތާ" ރިލީޒް ކުރާ ދުވަސް ރިތިކް އިއުލާންކޮށްފި

11 އެޕްރީލު 2017
"ރުދަޔަންތާ" ރިލީޒް ކުރާ ދުވަސް ރިތިކް އިއުލާންކޮށްފި
20 ޖެނުއަރީ 2017

ރައީސްގައި ހިމެނޭ ލަވަތައް ލަވަ ޗާޓުތަކުގެ ކުރީގައި

20 ޖެނުއަރީ 2017
ރައީސްގައި ހިމެނޭ ލަވަތައް ލަވަ ޗާޓުތަކުގެ ކުރީގައި
12 ޖެނުއަރީ 2017

ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ތަރިން މުމްބާއީއަށް

12 ޖެނުއަރީ 2017
ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ތަރިން މުމްބާއީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް