Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަންދްރޭ ގޯމޭޒް

ގޯމޭޒް ބޭނުން ވަނީ ބާސާގައި މަޑުކުރަން

10 އެޕްރީލު 2018 | އަންގާރަ 12:24

ބާސާއަށް ބަދަލުވުމަށް ފަހު ގޯމޭޒްއަށް އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 10 އެޕްރީލު 2018 | އަންގާރަ 12:24
އަންދްރޭ ގޯމޭޒް

އަންދްރޭ ގޯމޭޒް

އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި އެހެން ޓީމަކަށް ބަދަލުނުވާނެ ކަމަށާއި މަޑުކުރާނީ ބާސެލޯނާގައި ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ޕޯޗުގަލްގެ މިޑްފީލްޑަރު އަންދްރޭ ގޯމޭޒް ބުނެފިއެވެ.

ވެލެންސިއާ ދޫކޮށް 2016 ވަނަ އަހަރު 35 މިލިއަން ޔޫރޯގެ ފީއަކަށް ބާސާއަށް ބަދަލުވުމަށް ފަހު ގޯމޭޒްއަށް އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވެއެވެ. ބާސާގައި އޭނާއަށް އެންމެ އެދެވޭ ކުޅުން ނުދެއްކުމާ ގުޅިގެން އެހެން ޓީމަކުން އޭނާ ފެނިދާނެ ކަމަށް ރިޕޯޓުތައް އަންނަނީ ބުނަމުންނެވެ. އެގޮތުން އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި އިޓަލީގެ އޭސީ މިލާނުން އޭނާ ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހޮނިހިރު ދުވަހުގެ ރޭ 3-1 އިން ލެގާނޭސް އަތުން ބާސާ މޮޅުވި މެޗުގައި އެ ޓީމުގެ ފުރަތަމަ އެގާރާގައި ހިމެނިގެން އޭނާ މޮޅު ކުޅުމެއް ދެއްކިއެވެ. ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނަމުންދާ ގޮތުގައި އެ މެޗަކީ ބާސާގެ ޖާޒީގައި ގޯމޭޒް ކުޅުނު އެންމެ ފުރިހަމަ މެޗެވެ. އެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ގޯމޭޒް ބުނީ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓާ މެދު ނުވިސްނާ ކަމަށާއި ބާސާއަށް ކުޅުމަކީ އޭނާ ކުޑައިރުއްސުރެ ވެސް ދެކުނު ހުވަފެނެއް ކަމަށެވެ. އޭނާ ބުނީ މިއީ އޭނާ ވަރަށް ގަޔާވާ ޓީމެއް ކަމަށާއި ބާސާގައި ހޭދަކުރަމުންދާ ދުވަސްތަކުގައި އެ ޓީމާއެކު ގިނަ ކާމިޔާބުތަކެއް ހޯދަން ބޭނުންވާ ކަމަށެވެ.

ގޯމޭޒް ވަނީ މީގެ ކުރިން އޭނާއަށް ކުރިމަތިވަމުންދިޔަ ފާޑުކިޔުންތަކާ ގުޅިގެން ވެސް ވާހާކަ ދައްކާފައެވެ. އޭރު އޭނާ ބުނީ ފުރަތަމަ ހަ މަސްދުވަހު ކަންކަން ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި އެހެން ނަމަވެސް އޭގެ ފަހުން ބޮޑު ގޮންޖެހުންތަ ކުރިމަތިވެގެންދިޔަ ކަމަށެވެ. އޭނާ ބުނީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ދަށްވެގެންދިޔަ ކަމަށާއި ފަރިތަކުރުންތަކުގައި އެކަން ވަރަށް ބޮޑަށް ދެއްކި ކަމަށެވެ. އޭނާ ބުނީ ގެއިން ނުނިކުމެ ވެސް ދުވަސްތަކެއް ހޭދަކުރި ކަމަށާއި މީހުންނާ ވާހަކަ ނުދައްކާ ވަގުތުތަކެއް ވެސް ހޭދަކުރި ކަމަށެވެ. އެހެން ނަމަވެސް ޓީމުގެ އެހެން ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށް ގޯމޭޒް ބުނެފައި ވެއެވެ.

ގޯމޭޒްގެ އެ އިންޓަވިއުއަށް ފަހު ބާސާގެ ސަޕޯޓަރުން އަންނަނީ އޭނާއަށް ހިތްވަރުދިނުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. ލެގާނޭސްއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯމޭޒްއަށް ފުރަތަމަ އެގާރައިން ފުރުސަތު ލިބުނީ އަނިޔާގެ ސަބަބުން ސާޖިއޯ ބުސްކެޓްސް ސްކޮޑުން ބާކީ ކުރުމާ ގުޅިގެންނެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގޯމޭޒް ބުނީ އޭނާ ކުރަނީ މަސައްކަތް ކަމަށާއި ކޮންމެ ކުޅުންތެރިއެއް ނެތް ނަމަވެސް އެ މަގާމު އަދާކުރެވޭނެކަން ކޯޗަށް ހާމަކޮށްދޭން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ ބާސާގައި އޭނާ އެންމެ ބޮޑު ރޯލެއްގެ ގޮތުގައި ދެކެނީ ބުސްކެޓްސް ނެތްތަން ފޫބެއްދުން ކަމަށެވެ.

ޕޯޗުގަލްއާ އެކު 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރުމަށް ފަހު ބާސާއަށް ބަދަލުވެ ގޯމޭޒް ވަނީ އެ ޓީމަށް 75 މެޗު ކުޅެދީ ތިން ލަނޑު ޖަހައިދީފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

މަދުވެގެން އެއް މެޗުން މޮޅުވާން ބޭނުން: އަބުޅޯ

27 ފެބުރުއަރީ 2017
މަދުވެގެން އެއް މެޗުން މޮޅުވާން ބޭނުން: އަބުޅޯ
26 ފެބުރުއަރީ 2017

ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ

26 ފެބުރުއަރީ 2017
ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ
22 ފެބުރުއަރީ 2017

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް
16 ފެބުރުއަރީ 2017

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

16 ފެބުރުއަރީ 2017
ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
15 ފެބުރުއަރީ 2017

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް
09 ފެބުރުއަރީ 2017

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

09 ފެބުރުއަރީ 2017
ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް