Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އޫބަރ

އޫބަރ މެދުވެރިކޮށް ބައިސްކަލު ވެސް ވަރަށް އަވަހަށް ކުއްޔަށް ނެގޭނެ

އޫބަރ އިން ވަނީ ބައިސްކަލު ކުއްޔަށް ދޫކުރާ ކުންފުނި ޖަމްޕް ގަނެފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 9 އެޕްރީލު 2018 | ހޯމަ 14:42
ބައިސްކަލު ކުއްޔަށް ދޫކުރާ ޖަމްޕް ކުންފުނިން މިހާރު ވެސް 40 ސިޓީގައި ޚިދުމަތް ދޭ

ބައިސްކަލު ކުއްޔަށް ދޫކުރާ ޖަމްޕް ކުންފުނިން މިހާރު ވެސް 40 ސިޓީގައި ޚިދުމަތް ދޭ

މަޝްހޫރު ރައިޑް ޝެއަރިން އެޕް އޫބަރ މެދުވެރިކޮށް ވަރަށް އަވަހަށް ބައިސްކަލު ވެސް ކުއްޔަށް ނެގޭނެ ކަމަށް އޫބަރ އިން ބުނެފިއެވެ.

އޫބަރ އިން ބައިސްކަލު ކުއްޔަށް ދިނުމުގެ ޚިދުމަތް މިފަށަނީ ބައިސްކަލު ކުއްޔަށްދޭ ކުންފުންޏެއް ކަމަށްވާ ޖަމްޕް ގަތުމަށް ފަހުއެވެ. ނިއުޔޯކްގައި މައި އޮފީސް ޤާއިމްވެފައިވާ ޖަމްޕްއާ އެކު އެމެރިކާގެ ސެންފްރެންސިސްކޯގައި އޫބަރއިން މަސައްކަތްކުރާތާ ވަނީ ދުވަސްކޮޅެއް ވެފައެވެ. އޫބަރއިން ބުނީ ބައިސްކަލު ކުއްޔަށް ދިނުމުގެ ޚިދުމަތް މުޅި ދުނިޔެއަށް ފުޅާކުރުމަށް އެކުންފުނިން މަސައްކަތް ފަށާނެ ކަމަށެވެ.

އެކުންފުނީގެ ވެރިޔާ ޑާރާ ޚުސްރޫޝާހީ ވިދާޅުވީ ދަތުރުފަތުރުގެ އެކި ނިޒާމްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަކީ އެކުންފުނީގެ އަމާޒު ކަމަށެވެ.

ބައިސްކަލު ކުއްޔަށް ދިނުމުގެ ވިޔަފާރި އަހަރަކު 20 އިންސައްތަ ކުރިއަރަމުންދާއިރު، 2020 ވަނަ އަހާރާ ހަމަޔަށްދާއިރު މިވިޔަފާރީގެ ޖުމްލަ އަގު 3.6 ބިލިއަން ޔޫރޯއާއި 5.3 ބިލިއަން ޔޫރޯއާ ދެެމުދުގެ އަގަކަށް އަރާނެކަމަށް ލަފާކުރެވެއެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ކުރިއަށް އޮތްތަނުގައި އޫބަރގެ މައި ވިޔަފާރިކަމަށްވާ ރައިޑް-ޝެއަރކުރުމުގެ ވިޔަފާރި ކުރިއަށް އޮތްތަނުގައި ދަށްވެދާނެ ކަމަށް ލަފާކުރެވޭތީ އެކުންފުނިން ދަނީ އެހެން ވިޔަފާރިތަކަށް ވެސް ލޯއަޅަމުންނެވެ. އަދި ޖަމްޕް ކުންފުނި ގަތުމަށް ނިންމި ނިންމުމަކީ އޭގެ ތެރެއިން ނިންމުމެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

2008 ވަނަ އަހަރު އުފެދުނު ޖަމްޕް ކުންފުނިން ދުނިޔޭގެ 6 ޤައުމެއްގެ 40 ސިޓީއެއްގައި ބައިސްކަލު ކުއްޔަށް ދިނުމުގެ ޚިދުމަތްދެއެވެ. އެކުންފުނިން ބޭނުންކުރާ ބައިސްކަލުތަކަކީ އިލެކްޓްރިކް ބައިސްކަލުތަކެކެވެ. މި ބައިސްކަލުތައް ކުއްޔަށް ދެނީ ފުރަތަމަ ގަޑިއިރަށް 2 ޑޮލަރަށް އަދި އިތުރުވާ ކޮންމެ މިނެޓަކަށް 7 ސެންޓުގެ ރޭޓުންނެވެ.

މި ބައިސްކަލުތައް ތަޅުލުން ފަދަ ކަންކަން ސްމާރޓް ފޯން މެދުވެރިކޮށް ކުރެވޭނެއެވެ.

އޫބަރއިން ޖަމްޕް ގަނެފައި މިވަނީ ވާދަވެރި އެހެން ކުންފުނިތަކުގެ ސަބަބުން އެކުންފުނީގެ ވިޔަފާރިއަށް އަސަރުކޮށްފާނެކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައެވެ. އޫބަރއިން ވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައި އެކުންފުނީގެ ދެކުނު އިރުމަތީ އޭޝިއާގެ އޮޕަރޭޝަންތައް ސިންގަޕޫރުގެ ގްރެބް ކުންފުންޏަށް ވިއްކާލާފައެވެ. ގްރެބްގެ 27.5 އިންސައްތަ ހިއްސާ ކޮންޓްރޯލްކުރަނީ މިހާރު އޫބަރ އިންނެވެ.

އަނެއްކޮޅުން ޗައިނާގެ ޑީޑީ ކުންފުނިން ވަނީ މެކްސިކޯގައި އެކުންފުނީގެ ރައިޑް-ޝެއަރިންގ ޚިދުމަތް ފަށާނެކަން މިދިޔަ ހުކުރު ދުވަހު އިއުލާންކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި

ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި

06 އޯގަސްޓު 2017
މުވާސަލާތީ ޓެކްނޮލޮޖީ މެދުވެރިކޮށް އާ ތަސައްވުރެއް ގެނެސްދޭނަން: އުރީދޫ ސީއީއޯ

މުވާސަލާތީ ޓެކްނޮލޮޖީ މެދުވެރިކޮށް އާ ތަސައްވުރެއް ގެނެސްދޭނަން: އުރީދޫ ސީއީއޯ

02 އޯގަސްޓު 2017
މާރުކޭޓުގައި މެލަން ތިޔާގި، ކަރާ ލިބެން ހުރީ ވަރަށް މަދުން!

މާރުކޭޓުގައި މެލަން ތިޔާގި، ކަރާ ލިބެން ހުރީ ވަރަށް މަދުން!

21 ޖޫން 2017
ފަތުގެ އަގު މައްޗަށް، ކަނޑު މަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް

ފަތުގެ އަގު މައްޗަށް، ކަނޑު މަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް

10 ޖޫން 2017
ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!

ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!

08 ޖޫން 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު