Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސަލްމާން - ކެޓްރީނާ

ސަލްމާނާއި ކެޓްރީނާ: އަނެއްކާ ވެސް ރައްޓެހިވީތަ؟

މި ދެ ތަރިން 2003-2010 ވަނަ އަހަރާ ހަމައަށް އެކުގައި އުޅެފައިވޭ

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 9 އެޕްރީލު 2018 | ހޯމަ 17:14
ސަލްމާން ޚާނާއި ކެޓްރީނާ ކައިފް

ސަލްމާން ޚާނާއި ކެޓްރީނާ ކައިފް

ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމަށް ފަހު ކަފާލާތުގެ ދަށުން މިނިވަން ވެފައިވާ ބޮލީވުޑްގެ ތަރި، ސަލްމާން ޚާނާއި ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފްއާ އަލުން ގުޅުނީތޯ ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފިއެވެ.

ދެ ދުވަސް ޖަލުގައި ހޭދަ ކުރުމަށް ފަހު، މިނިވަން ވުމާ އެކު ސަލްމާން ވަނީ ވަގުތުން މުމްބާއީ އަށް ދަތުރުކޮށްފައެވެ. އަދި އޭނާ ދިރިއުޅޭ ގެލްކްސީ އެޕާޓްމަންޓަށް ގިނަ ތަރިންތަކެއް ވަނީ ޒިޔާރަތް ކޮށްފައެވެ. އޭގެ ތެރޭގައި އެންމެ ފާހަގަ ކުރެވުނު ފަރާތަކީ ކެޓްރީނާއެވެ.

ސަލްމާނަށް ގެއަށް ދެވުނުތާ މާ ގިނަ އިރުތަކެއް ނުވަނީސް ކެޓްރީނާ ކާރެއްގައި ގެލެކްސީ އެޕާޓްމަންޓަށް ވަންނަތަން ފެނެއެވެ. ނަމަވެސް މިއީ ސަލްމާނާއި ކެޓްރީނާ އަލުން ގުޅުނު ކަމުގެ ވާހަކަތައް ފެށުނު ހިސާބެއް ނޫނެވެ. އެއީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ދެކެވޭ ވާހަކަތަކެކެވެ.

ސަލްމާނާއި ކެޓްރީނާ އެންމެ ފުރަތަމަ ރަށްޓެހިވެފައި ވަނީ 2003 ވަނަ އަހަރެވެ. ގިނަ ދުވަސްތަކެއް ވަންދެން އެކުގައި ހޭދަކުރުމަށް ފަހު ވަކިވެފައި ވަނީ 2010 ވަނަ އަހަރެވެ. އޭގެ ފަހުން މިހާތަނަށް އަށް އަހަރު ވެފައިވާ އިރު، ނިމިގެން ދިޔަ އަހަރު ދެ މީހުން އެކުގައި ފެންނަ ހަ ވަނަ ފިލްމް، "ޓައިގަރ ޒިންދާ ހޭ"ގެ މަސައްކަތް ފެށިއެވެ.

ޝޫޓިންގ ފެށުމަށް ފަހު ކެޓްރީނާގެ ސޯޝަލް މީޑީއާ އެކައުންޓްތަކުން ދެ މީހުންގެ ފޮޓޯތައް ފެންނަން ފެށިއެވެ. އަދި ސަލްމާން ވެސް ވަނީ ކެޓްރީނާގެ ފޮޓޯތައް އިންސްޓަގްރާމް މެދުވެރިކޮށް ޝެއާކޮށްފައެވެ. ނަމަވެސް ދެ މީހުން ވެސް ޝެއާ ކޮށްފައި ވަނީ ހަމައެކަނި ފިލްމްގެ ޕްރޮމޯޝަން ފޮޓޯތަކެއް ނޫންކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން، ކެޓްރީނާގެ އާއިލާގެ ފަރާތްތަކަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވައި، ސަލްމާން ވަނީ ފޮޓޯތައް ޝެއާކޮށްފައެވެ.

Loading Instagram post...
Loading Instagram post...

ދެ ބްލެކްބަކް މަރާލިކަމުގެ ކުށް ސާބިތުވެ، ސަލްމާން ފަސް އަހަރަށް ޖަލަށްލުމަށް ބުރާސްފަތި ދުވަހު ހުކުމް ކޮށްފައިވާ އިރު، އޭގެ ދުވަސް ކޮޅެއް ކުރިން ސަލްމާން ވަނީ ރާއްޖެއަށް ދަތުރުކޮށްފައެވެ. އަދި އެ ދުވަސް ކޮޅު، ސަލްމާންގެ ކޮއްކޮ އަރްޕިތާ އާއި ދަރިފުޅު އާހިލްއާ އެކު ކެޓްރީނާ ވަގުތު ހޭދަ ކުރިއެވެ.

އާހިލްގެ ދެވަނަ އުފަން ދުވަސް އަބޫ ދާބީގައި ފާހަގަކޮށްފައިވާއިރު، އެ ހަފްލާގައި ބައިވެރިވުމަށް ކެޓްރީނާއަށް ވެސް ވަނީ ދައުވަތު ދީފައެވެ. ނަމަވެސް މަސައްކަތް ހުރި ގޮތުން އޭނާއަށް އަބޫ ދާބީއަކަށް ދަތުރެއް ނުކުރެވުނެވެ. އެހެންކަމުން، މުމްބާއީއަށް އަނބުރާ ދިއުމަށް ފަހު އަރްޕިތާ އާއި ކެޓްރީނާ ބައްދަލު ކުރިއެވެ. އަރްޕިތާ އާއި ކެޓްރީނާއަކީ ވެސް ގާތް އެކުވެރިން ކަމަށް ރިޕޯޓްތަކުގައި ބުނެއެވެ. އަދި ހުކުމް ކުރުމުގެ އެއް ދުވަސް ކުރިން، ކެޓްރީނާ ވަނީ އަރްޕިތާއާ އެކު ސިދިވިނަޔަކް ޓެމްޕްލްއަށް ގޮސްފައެވެ.

Loading Instagram post...

ސަލްމާން އަދި ކެޓްރީނާ ވެސް މިކަމާ ގުޅޭ ގޮތުން މިހާތަނަށް ބަހެއް ބުނެފައެއް ނުވެއެވެ. މީގެ ކުރިން ވެސް ހަތް އަހަރު އެކީގައި އުޅުނު އިރު، ދެ މީހުންގެ ގުޅުމުގެ ވާހަކަ މިޑީއާގައި ދައްކާފައެއް ނުވެއެވެ. މީޑިއާގައި ތަފާތު ވާހަކަ ދެކެވުނު ނަމަވެސް އެ ދެ މީހުން އެކަން ހާމަކޮށްފައެއް ނުވެއެވެ. ސަލްމާންއާ އެކު "ސީރިއަސް" ރިލޭޝަންޝިޕެއްގައި އުޅުނު ވާހަކަ ކެޓްރީނާ ފުރަތަމަ ހާމަކުރީ ވެސް ރުޅިވިތާ އެއް އަހަރު ފަހުން، 2011 ވަނަ އަހަރެވެ.

ކެޓްރީނާ އާއި ރަށްޓެހިވުމުގެ ކުރިން ސަލްމާން އުޅުނީ 1994 ވަނަ އަހަރުގެ މިސް ވަރލްޑް، އައިޝްވާރްޔާ ރާއީއާ އެކުއެވެ. އެ ގުޅުން ވެސް އޭރު އޮތީ ސިއްރު ގުޅުމެއްގެ ގޮތުގައެވެ. އަދި ރުޅިވެފައި ވަނީ 2001 ވަނަ އަހަރުކަމަށް ބެލެވެއެވެ.

"ޓައިގަރ ޒިންދާ ހޭ" ޝޫޓިންގ ފެށުމުގެ ކުރިން، ސަލްމާނާއި އިއުލިއާ ވަންތޫރުއާ ރަށްޓެހިވެގެން އުޅޭ ވާހަކަތައް ވަނީ ފެތުރިފައެވެ. އޭނާ ވަނީ އާހިލްގެ ފުރަތަމަ އުފަންދުވަސް ފާހަގަ ކުރުމަށް 2017 ވަނަ އަހަރު މާޗް މަހު ސަލްމާނާ އާއިލާއާ އެކު ރާއްޖެއަށް ވެސް ދަތުރުކޮށްފައެވެ. އަދި އެ ނޫނަސް ދެ މީހުން އެކުގައި ގިނައިން ފެނިފައިވާ އިރު ސަލްމާންގެ އާއިލީ ހަފްލާތަކުގައި ވެސް އޭނާ ބައިވެރިކުރެއެވެ. ސަލްމާން މިނިވަން ވުމުން ޒިޔާރަތް ކުރި މީހުންގެ ތެރޭގައި އިއުލިއާ ވެސް ހިމެނެއެވެ. ނަމަވެސް "ޓައިގާ ޒިންދާ ހޭ"ގެ މަސައްކަތް ފެށުމާ އެކު އިއުލިއާ އަށް ވުރެ ސަލްމާނާއި ކެޓްރީނާގެ ވާހަކަ ވަނީ ގަދަވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

26 މާރިޗު 2017
ބާހްބަލީ 2: އަނެއްކާ ވެސް އާ ރެކޯޑެއް ހަދައިފި

ބާހްބަލީ 2: އަނެއްކާ ވެސް އާ ރެކޯޑެއް ހަދައިފި

24 މާރިޗު 2017
ފަސް އަހަރަށް ފަހު ސަލްމާނާއި ކެޓްރީނާ ކުޅޭ ފިލްމުގެ ފުރަތަމަ މަންޒަރު

ފަސް އަހަރަށް ފަހު ސަލްމާނާއި ކެޓްރީނާ ކުޅޭ ފިލްމުގެ ފުރަތަމަ މަންޒަރު

23 މާރިޗު 2017
ޝާހުރުކް ޚާންގެ ކޮނޑުހުޅަށް އަނިޔާވެ އަނެއްކާ ވެސް ސާޖަރީއެއް ހަދައިފި

ޝާހުރުކް ޚާންގެ ކޮނޑުހުޅަށް އަނިޔާވެ އަނެއްކާ ވެސް ސާޖަރީއެއް ހަދައިފި

13 މާރިޗު 2017
ކެޓްރީނާއަށް އަނިޔާ ވުމުގެ ސަބަބުން ބަދަލުގައި ކަރީނާ ނަށައިފި

ކެޓްރީނާއަށް އަނިޔާ ވުމުގެ ސަބަބުން ބަދަލުގައި ކަރީނާ ނަށައިފި

12 މާރިޗު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު