Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ކެޓްރީނާ ބެޑް ރެސްޓްގައި

އަނިޔާވީ ކަނދުރާ މައްޗަށް ބަރު އެއްޗެއް ޗެއްޓިގެން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 11 މާރިޗު 2017 | ހޮނިހިރު 11:22
ކެޓްރީނާ ކައިފް

ކެޓްރީނާ ކައިފް

ބޮލީވުޑް އެކްޓްރެސް ކެޓްރީނާ ކައިފް އޭނާ އެންމެ ފަހުން ކުޅުނު ފިލްމް "ޖައްގާ ޖާސޫސް" އަންނަ އެޕްރީލް މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު ފިލްމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދަނިކޮށް ކެޓްރީނާއަށް އަނިޔާ ވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ޖައްގާ ޖާސޫސް"ގެ ސެޓްގައި ކެޓްރީނާ މަސައްކަތް ކުރަމުން ދަނިކޮށް އޭނާގެ ކަނދުރާ މައްޗަށް ބަރު އެއްޗެއް ވެއްޓިގެންނެވެ.

ކެޓްރީނާގެ ކަނދުރާއާއި ބުރަކައްޓަށް އަނިޔާވުމާ ގުޅިގެން ކުއްލި ގޮތަކަށް މެޑިކަލް ޗެކަޕް ހެދުމަށްފަހު އޭނާ ބެޑްރެސްޓް ކުރުމަށް ވަނީ ލަފާ ދީފައެވެ.

މީގެ އިތުރުން މިދުވަސްކޮޅު ހެލިފެލިވެ އެއްވެސް ބުރަ މަސައްކަތް ނުކުރުމަށް ވެސް ވަނީ އަންގާފައެވެ.

އަނޫރާގް ބަސޫ ޑައިރެކްޓް ކުރާ މި ފިލްމްގައި ކެޓްރީނާ އާއި އެކު ލީޑްރޯލުން ފެނިގެން ދަނީ އޭނާގެ ކުރީގެ ލޯބި ވެރިޔާ ރަންބީރު ކަޕޫރެވެ.

އަންނަ އެޕްރީލް މަހު ގެ 7 ވަނަ ދުވަހު "ޖައްގާ ޖާސޫސް" ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު ކެޓްރީނާ ދެން މަސައްކަތް ހަމަޖެހިފައިވަނީ ސަލްމާން ޚާން އާއި އެކު "ޓައިގާ ޒިންދާހޭ" ގައެވެ.

އަދި ރަންބީރު ކަރޫރް ދަނީ ސަންޖޭދަތުގެ ހަޔާތުހެ މައްޗަށް ބިނާކޮށް ތައްޔަރުކުރާ ފިލްމްގެ މަސައްކަތްތައް ކުރަމުން ނެވެ.

އިތުރަށް ކިޔާލަން

10 ޖުލައި 2017

ކުޅުނު ފިލްމުތަކާ އަޅާ ބަލާއިރު "ޖައްގާ ޖާސޫސް" އަކީ އެންމެ މަޖާކުރުވުނު ފިލްމު: ކެޓްރީނާ

10 ޖުލައި 2017
ކުޅުނު ފިލްމުތަކާ އަޅާ ބަލާއިރު "ޖައްގާ ޖާސޫސް" އަކީ އެންމެ މަޖާކުރުވުނު ފިލްމު: ކެޓްރީނާ
03 ޖުލައި 2017

ޓޮލީވުޑްއިން ކެޓްރީނާ ނެގީ ޕްރަބާސް އާއި ވިކްރަމް

03 ޖުލައި 2017
ޓޮލީވުޑްއިން ކެޓްރީނާ ނެގީ ޕްރަބާސް އާއި ވިކްރަމް
16 މެއި 2017

"ތަގްސް އޮފް ހިންދުސްތާން" ގެ  ބަތަލާއަށް ކެޓްރީނާ

16 މެއި 2017
"ތަގްސް އޮފް ހިންދުސްތާން" ގެ  ބަތަލާއަށް ކެޓްރީނާ
29 އެޕްރީލު 2017

ކެޓްރީނާއަށް 24 ގަޑިއިރުގެ ތެރޭގައި މިލިއަން ފޮލޯވާސް

29 އެޕްރީލު 2017
ކެޓްރީނާއަށް 24 ގަޑިއިރުގެ ތެރޭގައި މިލިއަން ފޮލޯވާސް
29 އެޕްރީލު 2017

ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާގެ ރޯލު ކުޅޭނީ ޝްރައްދާ

29 އެޕްރީލު 2017
ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާގެ ރޯލު ކުޅޭނީ ޝްރައްދާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު