Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ރައީސް ނަޝީދު

ރާއްޖޭގައި އުޅެން ދަތިވެއްޖެ ކަމަށް ހިތަށް ވަންނަ ޒުވާނުން ގިނަވެއްޖެ: ނަޝީދު

9 އެޕްރީލު 2018 | ހޯމަ 04:02

ހާއްސަކޮށް މާލޭގައި ނޫޅެވޭ ދަރަޖައަށް ކަންތައްތައް ގޮސްފި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 9 އެޕްރީލު 2018 | ހޯމަ 04:02
ރާޅާއަޅާ ޒުވާނުންތަކަކާއެކު ރައީސް މުހައްމަދު ނަޝީދު

ރާޅާއަޅާ ޒުވާނުންތަކަކާއެކު ރައީސް މުހައްމަދު ނަޝީދު

ރާއްޖޭގައި އުޅޭން ދަތިވެއްޖެ ކަމަށް ގަބޫލު ކުރެވޭ ޒުވާނުންގެ އަދަދު އިތުރުވެފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި ޒުވާނުންނަށް އަމާޒު ހިފަންޖެހޭ ކަންތައްތަކާ ގުޅޭ ގޮތުން، އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތް ހިއްސާކުރުމަށް ހޯމަ ދުވަހު އާންމު ކުރެއްވި އޯޑިއޯއެއްގައެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދުގެ ވާހަކަފުޅު ފެއްޓެވީ ޒުވާން ކުއްޖެއްގެ ވާހަކައަކުންނެވެ. މަދުރަސީ ތައުލީމު ނިންމައި ކައިވެނިކޮށްގެން ދަރިއަކު ހޯދާފައިވާ ޒުވާނެއްގެ ވާހަކައަކުންނެވެ. ޒަމާނީ ފެޝަނަށް ލޯބިކުރާ އެ ޒުވާނާ އާމްދަނީ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރި ނަމަވެސް، އޭނާއަށް ގޮންޖެހުމެއް ކުރިމަތިވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ކިތަންމެ ޒުވާނެއްގެ ދިރިއުޅުން ވަރަށް އުނދަގޫވެފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް މާލޭގައި ނޫޅެވޭ ދަރަޖައަށް ކަންތައްތައް ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ މަގުމައްޗަށް ނުކުންނަ ޒުވާނާއަކީ ދިވެހި މުޖުތަމައުގެ މީހެއް ނޫން ކަން ދެއްކުމަށް މަސައްކަތް ކުރާ މީހުން ވެސް ގިނަވެފައިވާ ކަމަށެވެ.

"ކިތަންމެ ޒުވާނެއްގެ ދިރިއުޅުން ވަރަށް އުނދަގޫވެއްޖެ. ރާއްޖޭގައި ވަކިން ހާއްސަކޮށް މާލޭގައި ނޫޅެވޭ ދަރަޖައަށް ކަންތައްތައް ހިނގައްޖެ. ޒުވާނުންނަށް ނޫޅެވޭ ދަރަޖައަށް ކަންތައްތައް ހިނގައްޖެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

"ވަރަށް ގިނަ ޒުވާނުންނަށް ރާއްޖޭގައި އުޅޭން ދަތިވެއްޖެ ކަމަށް ހިތަށް ވަންނަ އަދަދު ގިނަވެއްޖެ. އެ ޒުވާނުންނަކީ ވަރަށް ގިނަ ފަހަރަށް ތަންދޮރު ދަންނަ، މަސައްކަތްތެރި ޒުވާނުން. ރާއްޖޭގެ އިގުތިސާދު އަދި މުސްތަގުބަލް ބިނާ ކުރުމުގައި އެ ޒުވާނުންގެ އެހީތެރިކަން، އަދި ފުރިހަމަ ބައިވެރިވުން އިންތިހާއަށް ބޭނުންވާނެ. އެ މީހުން ބާކީކޮށް ވަކި ދެން ބިނާކުރާނެ ރާއްޖެއެއް ނެތް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ މެނިފެސްޓޯ ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފާހަގަ ކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ ޕާޓީގެ މެނިފެސްޓޯގެ، އެއް އަމާޒަކަށް ވާންޖެހޭނީ ހުރިހާ އެންމެންނަށް ވެސް އަމާންކަމާއެކު އެކުވެރިކަމާއި އުފަލުގައި އުޅެވޭނެ މާހައުލެއް އުފެއްދުން ކަމަށެވެ.

އެ މީހަކު އެދޭ ގޮތަށް އެ މީހެއްގެ އާއިލާއާއެކު ރާއްޖޭގައި ދިރިއުޅެވެން ޖެހޭނެ ކަމަށާއި ބުރުގާ އެޅި ކުދިންނަށް ވެސް އަދި ބުރުގާ ނާޅާ ކުދިންނަށް ވެސް އުފުލާއި ރައްކާތެރިކަމާއެކު ރާއްޖޭގައި އުޅެވެންޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ބުރުގާ އެޅި ކުދިންނަށް ވެސް، އަދި ބުރުނާ ނާޅާ ކުދިންނަށް ވެސް އުފަލާއި ރައްކާތެރިކަމާއެކު އުޅެވޭނެ ރާއްޖެއެއް ހޯދުން،" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އުފާވެރި ދިރިއުޅުމެއްގެ އުންމީދުގައި ދައްކާ ކޮންމެ ވާހަކައަކީ ލާދީނީ ވާހަކައެއްގެ ގޮތުގައި މަރުކާޖެހިދާނެ ކަމުގެ ބިރުގައި ސިޔާސީ ލީޑަރުން ފަހަތަށް ޖެހިވަޑައިގެން ނުވާނެ ކަމަށެވެ.

"މަޖާކުރުމާއި މުނިފޫހިފިލުވުމާއި އުފަލުގައި އުޅުމުގެ ފުރުސަތުތައް ހޯދައި ދިނުމަކީ ވަކި ސިޔާސީ ޕާޓީއެއްގެ އެކަނި މަސައްކަތަކަށް ވެގެން ނުވާނެ. އުފާވެރި ދިރިއުޅުމެއްގެ އުންމީދުގައި ދައްކާ ކޮންމެ ވާހަކައަކީ ލާދީނީ ވާހަކައެއްގެ ގޮތުގައި މަރުކާޖެހިދާނެ ކަމުގެ ބިރުގައި ރާއްޖޭގެ ސިޔާސ ލީޑަރުން ފަހަށް ޖެހިވަޑައިގެން ނުވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން

13 ފެބުރުއަރީ 2017
އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން
12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް