Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއިންޑިއަން އައިޑޮލް

ސަލްމާނަށް ލިބުނު ފައިސާ ހަރަދުކުރަނީ ގޭގެ ފުރާޅު މަރާމާތު ކުރަން

25 ޑިސެމްބަރު 2018 | އަންގާރަ 13:11

އޭނާ އަކީ ވަރަށް ފަގީރު އާއިލާއަކުން އައިސްފައިވާ ކުއްޖެއް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 25 ޑިސެމްބަރު 2018 | އަންގާރަ 13:11
ސަލްމާން އަލީ

ސަލްމާން އަލީ

އިންޑިއަން އައިޑޮލް ސީޒަން 10 ކާމިޔާބު ކުރި ހަރްޔާނާ އަށް އުފަން ސަލްމާން އަލީ ބެނުން ވަނީ އޭނާއަށް އިނާމުގެ ގޮތުގައި ލިބުނު ފައިސާ އިން ގޭގެ ފުރާޅު މަރާމާތު ކުރަން ކަމަށް އޭނާ ބުނެފިއެވެ.

އުމުރުން 20 އަހަރުގެ ސަލްމާން މި މުބާރާތް ކާމިޔާބު ކޮށްފައިވަނީ އަންކުޝް ބަރްދްވާޖް، ނީލަންޖަނާ ރޭ، ނިތިން ކުމާރު، އަދި ވިބްހޫރު ޕަރަޝާރު އާއި ވާދަކޮށް ގިނަ އަދަދެއްގެ ވޯޓުގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މުބާރާތް ކާމިޔާބު ކުރުމުން އޭނާއަށް ވަނީ އިނާމްގެ ގޮތުގައި 25 ލައްކަ އިންޑިއަން ރުޕީސް އާއި ޑެޓްސަން ކާރެއް ލިބިފައެވެ.

އައިއޭއެންއެސް އަށް ދިން އިންޓަވިއު އެއްގައި އޭނާ ވަނީ ބެލުންތެރިންނަށާއި ޖަޖުންނަށް ޝުކުރު އަދާކޮށްފައެވެ.

އޭނާ ބުނެފައިވަނީ އޭނާގެ ވިލެޖްގެ މީހުން ތިބީ ވަރަށް އުފަލުން ކަމަށާއި އޭނާއަށް ވަރަށް ގިނަ ފަރާތްތަކުން ގުޅަމުންދާ ކަމަށެވެ. އަދި އެކަމުގެ އުފަލުގައި އެމީހުން ދަނީ ފޮނިކާތަކެތި ބަހަމުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އޭނާއަށް އިނާމްގެ ގޮތުގައި ލިބުނު ފައިސާއަށް ހަދާނީ ކިހިނެތްތޯ އެ ނޫހުން ސުވާލު ކުރުމުން ސަލްމާން ބުނެފައިވަނީ އޭނާ އަކީ ވަރަށް ފަގީރު އާއިލާއަކުން އައިސްފައި ހުރި ކުއްޖެއް ކަމަށާއި އޭނާގެ ގެ ހުރީވެސް އެހާ ރަނަގަޅު ހާލަތެއްގައި ނޫން ކަމަށެވެ. އަދި ގޭގެ ފުރާޅުވެސް ހުރީ މަރާމާތު ކުރަން ޖެހިފައި ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެމީހުން ވަނީ ލޯނެއް ނަގާފައި ކަމަށާއި އެ ފައިސާ ޚަރަދު ކުރަން ބޭނުންވަނީ މި ހުރިހާ ކަމަކަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އަހަރެން ބޭނުން ވަނީ މި ފައިސާއިން ދިރުއުޅުން ކުރިއަށް ގެންދަން" ސަލްމާބް ވަނީ ބުނެފައެވެ.

މީގެ އިތުރުން ސަލްމާން ބުނެފައިވަނީ އެނާ ގެ ހަޔާތުގައި ވަރަށް ބައިވަރު ކަންތައްތައް ކުރަން ބޭނުންވާ ކަމަށާއި އޭނާ ބޮލީވުޑްގައި މަސައްކަތް ކުރުމަށް ބޭނުންވާ ކަމަށެވެ. ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން އިންޑިއަން އައިޑޮލް ސެޓަށް ދިޔަ ކަމަށާއި އެމީހުން އޭނާއަށް ތައުރީފް ކުރި ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން އެމީހުން އޭނާއަށް ބޮލީވުޑުން ފުރުސަތު ދޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި އެނާއަށް އެކަން ކުރެވޭކަން ދައްކުވައިދޭނެ ކަމަށް ވަނީ ބުނެފައެވެ.

ސަލްމާން ވަނީ ވަރުން ދަވަން އާއި އަނުޝްކާ ޝަރްމާ ކުޅޭފައިވާ ދާދި ފަހުން ރިލީޒް ކުރި "ސުއިދާގާ" އަށް ލަވައެއް ލިޔއިދީފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2017

ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާގެ ގޮތުގައި ސަމާލުކަން ލިބުނު އީމާން މަރުވެއްޖެ

25 ސެޕްޓެމްބަރު 2017
ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާގެ ގޮތުގައި ސަމާލުކަން ލިބުނު އީމާން މަރުވެއްޖެ
15 އޯގަސްޓު 2017

"ޓިއުބްލައިޓް" ގެ ޑިސްޓްރިބިއުޓަރުންނަށް ސަލްމާން އެންމެ ފަހުން ފައިސާ ދީފި

15 އޯގަސްޓު 2017
"ޓިއުބްލައިޓް" ގެ ޑިސްޓްރިބިއުޓަރުންނަށް ސަލްމާން އެންމެ ފަހުން ފައިސާ ދީފި
12 ޖުލައި 2017

މޮޑެލް ކްރިތިކާ މަރާލީ އޭނާ ގަތް ޑްރަގްތަކަށް ފައިސާ ނުދައްކައިގެން: ޕޮލިސް

12 ޖުލައި 2017
މޮޑެލް ކްރިތިކާ މަރާލީ އޭނާ ގަތް ޑްރަގްތަކަށް ފައިސާ ނުދައްކައިގެން: ޕޮލިސް
09 ޖުލައި 2017

"ޓިއުބްލައިޓް" ގެ ޑިސްޓްރިބިއުޓަރުންނަށް ސަލްމާން ފައިސާ ދެނީ

09 ޖުލައި 2017
"ޓިއުބްލައިޓް" ގެ ޑިސްޓްރިބިއުޓަރުންނަށް ސަލްމާން ފައިސާ ދެނީ
29 ޖޫން 2017

"ޑަންގަލް" އަށް އަދިވެސް ފައިސާ އޮހެނީ

29 ޖޫން 2017
"ޑަންގަލް" އަށް އަދިވެސް ފައިސާ އޮހެނީ
26 ޖޫން 2017

"ޓިއުބްލައިޓް" އަށް ހީކުރިވަރުގެ އާމްދަނީއެއް ނުލިބުނު

26 ޖޫން 2017
"ޓިއުބްލައިޓް" އަށް ހީކުރިވަރުގެ އާމްދަނީއެއް ނުލިބުނު
01 މެއި 2017

ބިޔޯންސޭ ހިތްހަމަ ޖެހޭ ގެއެއް ނުލިބުނު!

01 މެއި 2017
ބިޔޯންސޭ ހިތްހަމަ ޖެހޭ ގެއެއް ނުލިބުނު!
24 އެޕްރީލު 2017

"ނޫރަށް" އެހާ ތަރުހީބެއް ނުލިބުނު

24 އެޕްރީލު 2017
"ނޫރަށް" އެހާ ތަރުހީބެއް ނުލިބުނު
19 އެޕްރީލު 2017

ސޯނޫ ނިގަމްއަށް ކީ ފާޑު ކިޔުންތަކާއެކު އޭނާގެ ގޭގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

19 އެޕްރީލު 2017
ސޯނޫ ނިގަމްއަށް ކީ ފާޑު ކިޔުންތަކާއެކު އޭނާގެ ގޭގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
08 ޖެނުއަރީ 2017

ޑަންގަލް": ބޮލީވުޑްގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެދާނެބާ؟"

08 ޖެނުއަރީ 2017
ޑަންގަލް": ބޮލީވުޑްގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެދާނެބާ؟"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް