Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި މުއްސަނދިކަން

ދަރިފުޅަށް ގަނެދެއްވި ފުލެޓާ އެކު ނިހާނަށް ފާޑުކިޔުން!

6 އެޕްރީލު 2018 | ހުކުރު 08:14

ފުލެޓް ގަންނަން މުސާރަ އެއްކުރެއްވީ ނުކައި ނުބޮއިތޯ: ރޮޒައިނާ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 6 އެޕްރީލު 2018 | ހުކުރު 08:14
ނިހާންގެ ދެކަނބަލުން ދޮށީ ފިރިހެން ދަރިފުޅާ އެކު

ނިހާންގެ ދެކަނބަލުން ދޮށީ ފިރިހެން ދަރިފުޅާ އެކު

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ ދަރިކަލުންނަށް އަގުބޮޑު ފުލެޓެއް ގަނެދިން މައްސަލަ ފަޅާއެރުމުން، ނުހައްގު މުއްސަނދިކަމެއް ނިހާން ހޯއްދެވި ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން ތުހުމަތު ކުރައްވައިފިއެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ވިލިމާލެ ދާއިރާގެ މެމްބަރު ނިހާންގެ ދަރިކަލުން، މުހައްމަދު އަލާން އަހުމަދަށް 4.7 މިލިއަން ރުފިޔާގެ ފުލެޓެއް ބައްލަވައިގަތީ ހުޅުމާލޭގައި މަތީ ފެންވަރުގައި ހަދާފައިވާ ޕްލެޓިނަމް ރެސިޑެންސްއިންނެވެ.

Advertisement - newsAdvertisement

ނިހާންގެ ދަރިކަލުންނަށް ފުލެޓް ބައްލަވައިގަތް ކަމުގެ މައުލޫމާތު ލިބުމާ އެކު އެކަމާ ގުޅޭ ގޮތުން ނިހާނާ އެންމެ ފުރަތަމަ ސުވާލު ކުރީ ރާއްޖެއެމްވީންނެވެ. ބުރާސްފަތި ދުވަހުގެ ހެނދުނު ނިހާނާ ރާއްޖެއެމްވީން ގުޅައި ސުވާލު ކުރުމުން ނިހާން ސީދާ ޖަވާބެއް ނުދެއްވިއެވެ.

އެ ޚަބަރު މީޑިއާތަކުން ޖެހުމާ އެކު ނިހާން ވިދާޅުވީ އޭނާގެ ދަރިކަލުންނަށް ފުލެޓް ބައްލަވައިގަތީ ހަލާލު ފައިސާއިން ކަމަށެވެ. އޭނާއަކީ 2009 ވަނަ އަހަރުން ފެށިގެން މަޖިލީހުގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށާއި ކޮންމެ މަހަކު މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވާ 79،000 ރުފިޔާއާ އެކު މިހާތަނަށް 8.5 މިލިއަން ރުފިޔާ ލިބިވަޑައިގެންފައިވާ ކަމަށް ނިހާން ވިދާޅުވެފައިވެއެވެ. އަދި ބޯހިޔާވަހިކަން ހޯއްދެވުމަށް ލޯނެއްގެ ގޮތުގައި ރާއްޖޭގެ ދެ ބޭންކަކުން 5.2 މިލިއަން ރުފިޔާގެ ލޯނެއް ނަންގަވާފައިވާ ކަމަށާއި އެ ލޯނުތަކަށް ބަރާބަރަށް ފައިސާ ދައްކަވަމުން އަންނަ ކަމަށް ވެސް ނިހާން މީޑީއާތަކަށް މައުލުމާތު ދެއްވާފައިވެއެވެ.

ފުލެޓް ބައްލަވައިގަތުމަށް ފައިސާ ހޯއްދެވި ގޮތާ ގުޅޭ ގޮތުން ނިހާން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ނިހާނަކީ އޭނާއާ އެކު މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރެއް ކަމަށާއި މުސާރަ ވެސް ލިބިވަޑައިގަންނަވަނީ އެއް ވަރަކަށް ކަމަށެވެ.

އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލެޓް ގަތުމަށް ފައިސާ ހޯއްދަވައި، އެ ވަރުގެ މުއައްސަނދި ކަމަކަށް ނިހާން ދެއްވި ޖަވާބު ކަމަކުނުދާ ކަމަށެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނާއިބު ލީޑަރު ރޮޒައިނާ އާދަމް ވަނީ ނިހާން މެމްބަރުކަމުގައި ހޭދަ ކުރެއްވި ނުވަ އަހަރުގެ ތެރޭގައި ލިބިވަޑައިގެންނެވި މުސާރަ، ނުކައި ނުބޮއި އެއްކުރެއްވީ ފްލެޓް ގަންނަންތޯވިދާޅުވެ، ސުވާލު އުފެއްދަވާފައެވެ. އަދި ރޮލެކްސް ގަޑި އާއި ބީއެމްޑަބްލިޔު ކާރު ފަދަ ތަކެތި ވެސް ލިބިވަޑައިގެންނެވީ ހަދިޔާގެ ގޮތުގައިތޯ ރޮޒައިނާ ވަނީ ސުވާލު ކުރައްވާފައެވެ. މާލޭގައި ނިހާން ކުއްޔަށް ހުންނަވަނީ ވެސް ހަދިޔާގެ ގޮތުގައިތޯ ވެސް ނިހާނާ ރޮޒައިނާ ވަނީ ސުވާލު ކުރައްވާފައެވެ.

"އެހެން މީހުންނަށް މިހެން ނުވަނީ ކީއްވެބާ؟،" ރޮޒައިނާ ނިހާނަށް ސުވާލު ކުރައްވާފައިވެއެވެ.

ނިހާންގެ ދޮށީ ފިރިހެން ދަރިކަލުން، އަލާންގެ 18 ވަނަ އުފަން ދުވަހުގެ ހަދިޔާއަކަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އަގު ބޮޑު ކާރެއް ވެސް ނިހާން ހަދިޔާކުރެއްވި ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. ސޯޝަލް މީޑިއާގައި އަލާން އަގުބޮޑު ކާރެއްގައި އިންނަވާ މަންޒަރު ފެންނަ ފޮޓޯއެއް އާއްމުވެފައިވާއިރު، ދަރިފުޅުގެ އުފަންދުވަހުގެ ތަހުނިޔާ ވިދާޅުވުމަށް ނިހާނު ކުރެއްވި ޓްވީޓްގައި ކާރެއްގެ ތަޅުދަނޑިއެއް ފެނެއެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނެފައި ވަނީ ނިހާން ފަދަ ބޭފުޅަކު ދިރިއުޅުއްވާ ފެންވަރަށް ބަލާއިރު ގޭގެ ކުއްޔާއި އެނޫން ވެސް ޚަރަދުތަކަށް މަހަކު 40،000 އަށް ވުރެ ގިނަ ރުފިޔާ ހޭދަވާނެ އެވެ. އެހެންކަމުން މަޖިލީހުގައި ހޭދަކުރެއްވި 9 އަހަރަށް މަދުވެގެން އެ ޚަރަދުތަކަށް އެކަނި ވެސް 4.3 މިލިއަން ރުފިޔާ ހޭދަވާ އިރު އަމިއްލަ ބޭނުންތަކަށް ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކާ އެކު މި އަދަދަށް ވުރެ ބޮޑު ހޭދައެއް ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. އެ ހިސާބުތަކަށް ބަލާއިރު ނުވަ އަހަރުގެ ތެރޭގައި އިތުރު ވިޔަފާރިއެއް ނުކުރައްވާ ނަމަ ހަތަރު މިލިއަނެއްހާ ރުފިޔާ ރައްކާކުރެއްވުމަކީ ވާނެ ކަމެއް ކަމަށް ނުބެލެވޭ ކަމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެންކަމަށްވާ ނަމަށް އަގު ބޮޑު ކާރާއި ފްލެޓްތައް ބައްލަވައިގަންނަވަނީ ކިހިނެއްތޯ އެ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

ނިހާންގެ ދަރިކަލުންނަށް އަގުބޮޑު ފްލެޓެއް ބައްލަވައިގެންފައިވާ އިރު، ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދެކަނބަލުން ވަނީ އެފްޑަބްލިއު ކޮންސްޓްރަކްޝަނުން މާލޭގައި އިމާރާތްކުރި "ރެހެންދި-6" އިން 9 މިލިއަން ރުފިޔާ އަށް ދެ ފްލެޓް ބަައްލަވައިގެންފައެވެ. އަދި ނިހާނު ވެސް 4.5 މިލިއަން ރުފިޔާ ހޭދަކުރައްވައިގެން ރެހެންދި ފްލެޓެއް ބައްލަވައިގެންނެވި ކަމަށް މީގެ ކުރިން އަޑުތައް ފެތުރިފައި ވެއެވެ. މި ވާހަކަތަކާ ގުޅިގެން ނިހާން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަން ތަފާތު އެކިފަހަރު މަތިން ވަނީ ދެކޮޅު ހައްދަވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް