Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުލެކިއުޓް

ލެކިއުޓުން ސްމާޓް ފޯނު އެޕްލިކޭޝަނެއް ތައާރަފްކޮށްފި

ލެކިއުޓްގެ ނަމުގައި ތައާރަފްކުރުވެނު މިއެޕްލިކޭޝަން އެޕަލް އެޕްސްޓޯ އަދި އެންރޮއިޑް ޕްލޭސްޓޯރ އިން ޑައުންލޯޑްކުރެވޭނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 6 އެޕްރީލު 2018 | ހުކުރު 06:37
ލެކިއުޓް މޮބައިލް އެޕްލިކޭޝަން ތައާރަފް ކުރުން

ލެކިއުޓް މޮބައިލް އެޕްލިކޭޝަން ތައާރަފް ކުރުން

ދުނިޔޭގެ މަޝްހޫރު ބިއުޓީ ބްރޭންޑްތައް ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަމުން ގެންދާ "ލެކިއުޓް" ފިހާރައިގެ ސްމާޓް ފޯނު އެޕްލިކޭޝަން ބާޒާރަށް ތައާރަފްކޮށްފިއެވެ.

ލެކިއުޓުން ބުނި ގޮތުގައި ލެކިއުޓްގެ ނަމުގައި ތައާރަފްކުރުވެނު މިއެޕްލިކޭޝަން އެޕަލް އެޕްސްޓޯ އަދި ގޫގުލް ޕްލޭސްޓޯރ އިން ޑައުންލޯޑްކުރެވޭނެއެވެ.

ލެކިއުޓުން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ކަސްޓަމަރުންނަށް ޒަމާނާ ގުޅޭ ތަފާތު ޝޮޕިންގ އެކްސްޕީރިއެންސްއެއް ދިނުމަށެވެ. އެގޮތުން ޒަމާނާއި، އަންނަމުންދާ ބަދަލާ އެކު، ކަސްްޓަމަރުންނަށް ކޮންމެ ތަނަކު ހުރެ ވެސް ލެކިއުޓް އިން ވިޔަފާރި ކުރެވޭނެ މަގު ފަހިކުރުމަށްޓަކައި 2015 ވަނަ އަހަރު lecute.com ގެ ނަމުގައި އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ މަގު ތަނަވަސްކުރެވިފައިވާ ކަމަށް ލެކިއުޓުން ބުނެއެވެ. މި އެޕްގެ މަޤްސަދަކީ، ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތަކަށް ލެކިއުޓް އަދި ލެކިއުޓް ލައިފްސްޓައިލް އިލެކްޓްރޯނިކްސް އިން ވިއްކާ މުދާ ކޮންމެ ވަޤުތަކު ވެސް ގަނެވޭނެ މަގު ފަހިކޮށްދިނުމެވެ. " ލެކިއުޓް " އެޕްއަކީ ކަސްޓަމަރުންގެ އަތަށް ލެކިއުޓްގެ ފިހާރަތައް ގެނެސްދިނުމަށް އެޅުނު ވަރަށް ބޮޑު ލިންކެކެވެ.

ލެކިއުޓް އެޕް އިން ގަންނަ މުދަލަށް ބެންކް އޮފް މޯލްޑިވްސްގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ފައިސާ ދެއްކުމުގެ އިތުރުން ކޭޝް އޮން ޑެލިވަރީ (ފައިސާ އަދި ކާޑް މެޝިން ބޭނުންކޮށްގެން) އަދި އިންޓަނެޓް ބޭންކް ޓްރާންސްފަރ ބޭނުންކޮށްގެން ވެސް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި އެޕް ބޭނުންކޮށްގެން ގަނެވޭ ހުރިހާ މުދަލަކީ ވެސް ރައްކާތެރިކަމާ އެކު ބަންދު ކުރެވި ލެކިއުޓުން ގަނެވުނު މުދަލެއްކަން ޔަޤީންވާ ގޮތަށް ލެކިއުޓްގެ ސީލްކުރެވިފައިވާ މުދަލަށް ވުމަކީ ވެސް ގަނެވޭ މުދަލާ މެދު ކަސްޓަމަރުންނަށް ޔަޤީންކަން އިތުރުވާނެ ކަމެއް ކަމަށް ލެކިއުޓުން ބުނެއެވެ.

މި އެޕް އިން ރާއްޖޭގެ ކޮންމެ ތާކު ހުރެގެން ވެސް ވިޔަފާރި ކޮށްލެވޭ އަދި ގަންނަ ތަކެތި އެތަނަކަށް ފޮނުވައިދެވޭނެ ކަމަށާއި ގެސްޓް ހައުސް އަދި ރިސޯޓްތަކުގައި އުޅޭ ކަސްޓަމަރުންނަށް ވެސް ކޮންމެ ވަގުތެއްގައި ވެސް އެޕް މެދުވެރިކޮށް ފަސޭހަ ކަމާއެކު މުދާ ގަނެވޭނެ ކަމަށް އެތަނުން ބުންޏެވެ.

ލެކިއުޓަކީ 1990 ވަނަ އަހަރުން ފެށިގެން، ދުނިޔޭގެ މަޝްހޫރު ބިއުޓީ ބްރޭންޑްތައް ރާއްޖެ އަށް ތަޢާރަފްކޮށް، ކަސްޓަމަރުންނަށް ޚިދުމަތް ދެމުން އަންނަ ފިހާރައެކެވެ. ލެކިއުޓް ހިންގަމުން އަންނަނީ ލިންޓެލް އިންވެސްޓްމަންޓްސް އެންޑް މެނޭޖްމަންޓް ސާރވިސަސް ޕްރައިވެޓް ލިމިޓެޑުންނެވެ. ފާއިތުވެ ދިޔަ 28 އަހަރު ދުވަހުގެ ތެރޭގައި ލެކިއުޓުން ވަނީ ދުނިޔޭގެ އެންމެ މަޝްހޫރު ސެންޓް، މޭކްއަޕް އަދި ސްކިންކެއަރ ބްރޭންޑްތައް، އެބްރޭންޑެއް އުފައްދާ ކުންފުނިތަކުން ގެނެސް، ކަސްޓަމަރުންނާ ހަމަޔަށް އޮރިޖިނަލް މުދާ ފޯރުކޮށްދީފައެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2018

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

16 މާރިޗު 2018
ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
29 ޖެނުއަރީ 2018

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު އެއް ތަނަކުން ލިބޭނެ އެޕްލިކޭޝަނެއް ތައާރަފުކޮށްފި

29 ޖެނުއަރީ 2018
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު އެއް ތަނަކުން ލިބޭނެ އެޕްލިކޭޝަނެއް ތައާރަފުކޮށްފި
26 އޮކްޓޯބަރު 2017

ޕޮއިސް އިން "މޮންޓްވުޑް" ބްރޭންޑްގެ ގޭސް ފްރީ ބޮޑީ ސްޕްރޭ ތައާރަފްކޮށްފި

26 އޮކްޓޯބަރު 2017
ޕޮއިސް އިން "މޮންޓްވުޑް" ބްރޭންޑްގެ ގޭސް ފްރީ ބޮޑީ ސްޕްރޭ ތައާރަފްކޮށްފި
08 އޮކްޓޯބަރު 2017

މޯބައިލް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ދިރާގު ޕޭ ތައާރަފްކޮށްފި

08 އޮކްޓޯބަރު 2017
މޯބައިލް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ދިރާގު ޕޭ ތައާރަފްކޮށްފި
20 ޖުލައި 2017

ޕޮއިސްއިން ކުޅިވަރު ކުޅޭ ފަރާތްތަކަށް ޚާއްސަ "ހޮޓްއައިސް ސްޕޯޓްސް" ތައާރަފްކޮށްފި

20 ޖުލައި 2017
 ޕޮއިސްއިން ކުޅިވަރު ކުޅޭ ފަރާތްތަކަށް ޚާއްސަ "ހޮޓްއައިސް ސްޕޯޓްސް" ތައާރަފްކޮށްފި
24 މެއި 2017

އުރީދޫއިން ހުވާވޭ "ޕީ10" އަދި "ޕީ10 ޕްލަސް" ފޯނު ބާޒާރަށް ނެރެފި

24 މެއި 2017
އުރީދޫއިން ހުވާވޭ "ޕީ10" އަދި "ޕީ10 ޕްލަސް" ފޯނު ބާޒާރަށް ނެރެފި
22 މެއި 2017

އިސްލާމީ ޝަރީޢާއާ އެއްގޮތް ގަނެވިއްކުމުގެ ފައިނޭންސް ސްކީމެއް އެލިއާއިން ތައާރަފްކޮށްފި

22 މެއި 2017
އިސްލާމީ ޝަރީޢާއާ އެއްގޮތް ގަނެވިއްކުމުގެ ފައިނޭންސް ސްކީމެއް އެލިއާއިން ތައާރަފްކޮށްފި
09 ފެބުރުއަރީ 2017

ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި

09 ފެބުރުއަރީ 2017
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި
08 ފެބުރުއަރީ 2017

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި
09 ޖެނުއަރީ 2017

ނޮކިއާވެސް ސްމާޓްފޯނުގެ ދުނިޔެއަށް!

09 ޖެނުއަރީ 2017
ނޮކިއާވެސް ސްމާޓްފޯނުގެ ދުނިޔެއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު