Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމޮބައިލް އެޕްލިކޭޝަން

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު އެއް ތަނަކުން ލިބޭނެ އެޕްލިކޭޝަނެއް ތައާރަފުކޮށްފި

މޮބައިލް އެޕްލިކޭޝަންގައި ލިސްޓް ކުރުމުގެ ފުރުސަތު ހިލޭ ވަނީ ހުޅުވާލާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 ޖެނުއަރީ 2018 | ހޯމަ 12:17
ފީލް އިންވަސްޓްމަންޓްގެ ފަރާތުން މީޑިއާތަކަށް އިންޓަވިއު ދެއްވަނީ

ފީލް އިންވަސްޓްމަންޓްގެ ފަރާތުން މީޑިއާތަކަށް އިންޓަވިއު ދެއްވަނީ

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު އެއް ތަނަކުން ލިބޭނެ މޮބައިލް އެޕްލިކޭޝަނެއް "ފީލް މޯލްޑިވްސް" ގެ ނަމުގައި ފީލް އިންވަސްޓްމަންޓްގެ ފަރާތުން ތައާރަފުކޮށްފިއެވެ.

ފީލް އިންވަސްޓްމަންޓްގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރ އިބްރާހިމް ހުލައިލް ވިދާޅުވީ މިމޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖޭގެ ގެސްޓް ހައުސްތަކާއި ރިސޯޓްތަކާއި ސަފާރީތަކުގެ މައުލޫމާތު ލިބިގެންދާނެ ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް މޮބައިލް އެޕްލިކޭޝަންގައި ލިސްޓް ކުރުމުގެ ފުރުސަތު ހިލޭ ހުޅުވާލާފައިވާ ކަމަށެވެ.

މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ގެސްޓް ހައުސްތަކާއި ރިސޯޓްތަކުގެ ބުކިންގް ހެއްދުމުގެ ފުރުސަތު އަގޯޑާ މެދުވެރިކޮށް ވަނީ ހުޅުވާލާފައެވެ. އަދި މި އެޕްގައި ހިމެނީ ޝޮޕް ލައިވް މެދުވެރިކޮށް ސޮވެނިއަރ ފިހާރަތަކުގައި ހުންނަ ސާމާނުތައް ގަތުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން އެ އައިޓަމެއް ފަތުރުވެރިޔާ ގަތުމަށް ފަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އަށް ފުރަން ދިޔުމުން އެ ގަތް އައިޓަމް ހަވާލުކުރެވިގެންދާނެ ކަމަށް ފީލް އިންވެސްޓްމަންޓުން ބުންޏެވެ. އަދި ރާއްޖޭ އިން ބޭރުގައި ދިރިއުޅޭ ފަރާތްތަކުން ޝޮޕް ލައިވް މެދުވެރިކޮށް އައިޓަމެއް ގަތުމުން ޕޯސްޓް މެދުވެރިކޮށް ފޯރުކޮށްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި މޮބައިލް އެޕް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ކޮންމެ ފަތުރުވެރިކަމުގެ މަންޒިލަކަށް ޑިސްކައުންޓް އަގަކާ އެކު ދަތުރު ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

މި މޮބައިލް އެޕް ގޫގުލް ޕްލޭ ސްޓޯރުންނާއި އެޕަލްގެ ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ.

އިތުރަށް ކިޔާލަން

08 އެޕްރީލު 2018

ފޭސްބުކް ބޭނުންކުރާ މީހުންގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކެނެޑާގެ ކުންފުންޏެއް ފޭސްބުކްއިން ސަސްޕެންޑްކޮށްފި

08 އެޕްރީލު 2018
ފޭސްބުކް ބޭނުންކުރާ މީހުންގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކެނެޑާގެ ކުންފުންޏެއް ފޭސްބުކްއިން ސަސްޕެންޑްކޮށްފި
22 ފެބުރުއަރީ 2018

ޓެކްސްއާ ބެހޭ މައުލޫމާތު ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މީރާ ދަތުރެއް ފަށަނީ

22 ފެބުރުއަރީ 2018
ޓެކްސްއާ ބެހޭ މައުލޫމާތު ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މީރާ ދަތުރެއް ފަށަނީ
19 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ރަތަށް!

19 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ރަތަށް!
10 ޖެނުއަރީ 2018

ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކޮށްފި

10 ޖެނުއަރީ 2018
ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކޮށްފި
08 ޖެނުއަރީ 2018

މި އަހަރު އެކި ފެއަރތަކުގައި ބައިވެރިވާ، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެމްއެމްޕީއާރްސީ އިން ބައްދަލުކޮށްފި

08 ޖެނުއަރީ 2018
މި އަހަރު އެކި ފެއަރތަކުގައި ބައިވެރިވާ، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެމްއެމްޕީއާރްސީ އިން ބައްދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު