Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުނޮކިއާ ފޯން

ނޮކިއާވެސް ސްމާޓްފޯނުގެ ދުނިޔެއަށް!

ފޯނުގެ އަގު ގާތްގަނޑަކަށް 250 އެމެރިކާ ޑޮލަރު

އާލާ އިބުރާހިމް
އާލާ އިބުރާހިމް | 9 ޖެނުއަރީ 2017 | ހޯމަ 14:13
ނޮކިއާ 6 ސްމާޓްފޯނު

ނޮކިއާ 6 ސްމާޓްފޯނު

އެންޑްރޮއިޑް ނޯގަޓް އެކުލެވޭ ގޮތަށް ނޮކިއާ ބްރޭންޑްގެ ފޯނެއް ލޯންޗްކޮށްފިއެވެ.

ފިންލޭންޑްގައި ނޮކިއާ ބްރޭންޑްގެ ފޯނުތައް އުފައްދާ ކުންފުންޏެއް ކަމަށްވާ އެޗްއެމްޑީ ގްލޯބަލް އިން ލޯންޗްކުރި ނޮކިއާ 6 ގައި އެންޑްރޮއިޑް ނޯގަޓް އެކުލެވޭއިރު، މިއީ ސްމާޓްފޯނުތަކުގެ ތެރެއަށް ނޮކިއާ ފޯނެއް އިތުރުވި ފުރަތަމަ ފަހަރެވެ.

ނޯގަޓްއަކީ އެންޑްރޮއިޑް އޮޕަރޭޓިންގ ސިސްޓަމްގެ ހަތްވަނަ މޭޖަރ ވާޝަންއެވެ. މިވާޝަން ހިމަނައިގެން ނެރުނު ނޮކިއާ 6 ގައި 4 ޖީބީ ރެމެއް ހުންނައިރު، އިންޓާނަލް ސްޓޯރޭޖްގައި 64 ޖީބީ ހުރެއެވެ. މައިކްރޯ އެސްޑީ ކާޑު ހިމަނައިގެން 128 ޖީބީގެ ސްޓޯރޭޖެއް ފޯނުގައި އެކުލެވިގެން ވެއެވެ. "ކުއަލްކޮމް ސްނެޕްޑްރެގަން" ގެ 430 ގެ ޕްރޮސެސަރއެއް އެކުލެވޭ މި ނޮކިއާ ސްމާޓް ފޯނު ޗައިނާގައި ލޯންޗްކޮށްފައިވާއިރު، "ޖޭޑީ ޑޮޓް ކޮމް" އިން މި ފޯނު އެކްސްކްލޫސިވްކޮށް މިހާރު ލިބެން އެބަހުރި ކަމަށް ޚަބަރުތައް ބުނެއެވެ.

އެއްހާސް ހަސަތޭކަ ނުވަދިހަ ނުވަ ޔުއާން،(ގާތްގަނޑަކަށް 250 ޑޮލަރުގެ އަގަކަށ) ބާޒާރަށް ނެރޭ މި ފޯނަކީ ގޮރިއްލާ ގްލާސް ކޯޓިންގއަކާއެކު 5.5 އިންޗީގެ ފުލް އެޗްޑީ ޑިސްޕްލޭއެއް ހުންނަ ފޯނެކެވެ. ދެ އެމްޕްލިފަޔަރ ސްޕީކަރާއެކު އުފައްދާފައިވާ މި ފޯނުގައި 16 މެގަޕިކްސެލް ޕީޑީއޭފް ރެއަރ ކެމެރާއެއް ހުންނައިރު، ފްރޮންޓް ކެމެރާގައި 8 މެގަޕިކްސެލް ހުރެއެވެ.

3، ނޮކިއާ 6 ގެ ހޯމް ބަޓަންގައި ފިންގަރ ޕްރިންޓް ސެންސަރެއް ހަރުކޮށްފައި ހުރެއެވެ. 4ޖީ ވެސް ލިބޭ މި ސްމާޓްފޯނަށް ބްލޫޓޫތު، ވައިފައި، ޖީޕީއެސްގެ އިތުރުން ޔޫއެސްބީ-އޯޓީޖީ ވެސް ސަޕޯޓް ކުރެއެވެ.

އެޗްއެމްޑީ ގްލޯބަލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ނޮކިއާގެ އިތުރު އެންޑްރޮއިޑް ސްމާޓް ފޯނުތައް މިއަހަރުގެ ފަހު ދެ ކުއާޓަރގައި ފެނިގެންދާނެއެވެ. އެބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ކުންފުނިން ސްމާޓްފޯނުގެ ކެޓެގަރީގައި ފައިތިލަ ސާބިތުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށާއި ގަންނަ ފަރާތްތަކުން އެންމެ ބޭނުންވާ ޒާތުގެ ފޯނުތައް އުފައްދަން އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ. އެގޮތުން ނޮކިއާ 6 އަކީ ފޯނު ގަންނަ ފަރާތްތަކުގެ ބޭނުންތަކުގެ އަޑު އަހައިގެން އެކަންތައްތަކަށް ބަލައިގެން ނެރުނު ވަރަށް ކާމިޔާބު އުފެއްދުމެއް ކަމަށް އެ ކުންފުނީގެ ސީއީއޯ އާޓޯ ނަމޭލާ ބުންޏެވެ.

އިތުރަށް ކިޔާލަން

26 ސެޕްޓެމްބަރު 2021

"ވެކްސިން އައުމުގެ މާ ކުރިން ރާއްޖޭގެ ޓޫރިޒަމް، ދުނިޔެއަށް މިސާލު ދައްކައިފި"

26 ސެޕްޓެމްބަރު 2021
"ވެކްސިން އައުމުގެ މާ ކުރިން ރާއްޖޭގެ ޓޫރިޒަމް، ދުނިޔެއަށް މިސާލު ދައްކައިފި"
08 ޖޫން 2020

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތާއެކު، ފަތުރުވެރިކަމުގެ ދާއިރާ ހުޅުވުމަށް ކުރާ މަސައްކަތް މިރޭ ދުނިޔެއަށް ދައްކާލަނީ!

08 ޖޫން 2020
ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތާއެކު، ފަތުރުވެރިކަމުގެ ދާއިރާ ހުޅުވުމަށް ކުރާ މަސައްކަތް މިރޭ ދުނިޔެއަށް ދައްކާލަނީ!
25 ޖެނުއަރީ 2018

ބީއެމްއެލްގެ މިސްރާބު ބޭރު ދުނިޔެއަށް!

25 ޖެނުއަރީ 2018
ބީއެމްއެލްގެ މިސްރާބު ބޭރު ދުނިޔެއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު