Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައި ކޯޓް

ގާނޫނާ ހިލާފަށް ކައުންސިލަރުން ސަސްޕެންޑް ކުރާތީ، ދުސްތޫރީ މައްސަލައެއް ހައިކޯޓަށް ހުށަހަޅައިފި

5 އެޕްރީލު 2018 | ބުރާސްފަތި 09:49

ކައުންސިލްތައް ހިންގަންޖެހޭނީ އެލްޖީއޭގެ ޑިޕާޓްމަންޓެއް ގޮތަށް ކަމަށް ދެކުމަކީ މޮޔަކަމެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 5 އެޕްރީލު 2018 | ބުރާސްފަތި 09:49
އެލްޖީއޭގެ ބައްދަލުވުމެއްގެ ތެރެއިން

އެލްޖީއޭގެ ބައްދަލުވުމެއްގެ ތެރެއިން

ގާނޫނާ ހިލާފަށް ކައުންސިލްތަކާއި ވަކިވަކި ކައުންސިލަރުން ސަސްޕެންޑް ކުރާތީ، އެއީ ގާނޫނުން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ކަނޑައެޅުމަށް، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ހައިކޯޓަށް މިމައްސަލަ ހުށަހެޅުއްވީ އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް އެވެ. ޔަސްރިފްގެ ފަރާތުން ހައިކޯޓަށް އެމައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފު އެވެ.

Advertisement - newsAdvertisement

ޔަސްރިފްގެ ފަރާތުން މިމައްސަލަ ހައިކޯޓަށް ހުށަހެޅުއްވީ، ޔަސްރިފް ވެސް ހިމެނޭގޮތުން އައްޑޫ ސިޓީއަށް ނިސްބަތްވާ ހަތަރު ކައުންސިލަރަކު އެލްޖީއޭއިން ސަސްޕެންޑްކޮށްފައިވާތީ އާއި މީގެ އިތުރުން ވެސް ބައެއް އަތޮޅު ކައުންސިލަރުންނާއި ރަށު ކައުންސިލަރުން ސަސްޕެންޑް ކުރަމުންދާ ދިއުން ނިމުމަކަށް ގެނެސް މިނިވަން ކަމާއެކު ކައުންސިލަރުންނަށް މަސްކަތް ކުރެވޭނެ މާހައުލެއް ހޯދައި ދިނުމަށް ކަމަށް ޔަސްރިފްއާއި ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މި ފިޔަވަޅަކީ އެލްޖީއޭއަށް އެޅޭނެ ފިޔަވަޅެއް ނޫން. އެލްޖީއޭއަށް ބާރުތަކާއި މަސްއޫލިއްޔަތުތައް މިއޮންނަނީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމާބެހޭ ގާނޫނުގައި. މިގާނޫނުގެ ދަށުން އެ ބޭފުޅުންނަކަށް އިންތިހާބު ކޮށްފައިވާ ކައުންސިލަރުންނާމެދު މިބާވަތުގެ ސުލޫކީ ފިޔަވަޅުތައް އަޅާ ކައުންސިލްތަކާއި ކައުންސިލަރުން ސަސްޕެންޑްކޮށް މިބާވަތުގެ ކަންކަމެއް ނުކުރެވޭނެ،" ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވި އެވެ.

ގާނޫނީ ވަކީލު އަހުމަދު ވިދާޅުވީ ހައިކޯޓުގައި އެދިފައިވާނީ އެލްޖީއޭއިން ނިންމާފައިވާ ނިންމުން ބާޠިލް ކޮށްދިނުމަށާއި، އެލްޖީއޭއިން އެ ނިންމުން ބިނާ ކޮށްފައިވާ، އެލްޖީއޭއިން ހަދާފައިވާ އުސޫލް ކަމަށްވާ ކައުންސިލަރުންގެ މައްސަލަތައް ބަލާ، ކައުންސިލަރުންނާ މެދު ސުލޫކީ ފިޔަވަޅުތައް އެޅުމާބެހޭ ގަވާއިދުގައި ކައުންސިލަރުންނާމެދު ސުލޫކީ ފިޔަވަޅު އެޅުމަކީ އެލްޖީއޭއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ކަނޑައަޅާ ދިނުމަށް ކަމަށެވެ.

ސަބަބެއް ކަމަށް އަހުމަދު ވިދާޅުވީ ގަވާއިދެއް ހެދިޔަސް އުސޫލެއް ހެދިޔަސް އެއިން ކޮންމެ ކަމެއްވެސް ކުރެވޭނީ އެލްޖީއޭއަށް ގާނޫނުން ލިބިދީފައި އޮންނަ ބާރުގެ ނުވަތަ އިމުގެ ތެރެއިން ކަމަށެވެ.

"ކައުންސިލަރުން ސަސްޕެންޑް ކުރުމުގެ ބާރެއް ގާނޫނުން އެލްޖީއޭއަށް ދީފައެއް ނުވޭ. އެހެންކަމުން އެލްޖީއޭއިން ހަދާފައިވާ އެ އުސޫލް ބާޠިލް ކުރުމަށްވެސް އެދިފައިވާނެ،" ގާނޫނީ ވަކީލު އަހުމަދު ވިދާޅުވި އެވެ.

މީގެއިތުރުން އަހުމަދު ވިދާޅުވީ ކައުންސިލަރުން ސަސްޕެންޑް ކުރުމަށް އެލްޖީއޭއިން އެކަމުގައ ބައިވެރިވެވަޑައިގެންނެވި މީހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެއްވުމަށް ވެސް މިމައްސަލައިގެ ތެރެއިން އެދިފައިވާނެ ކަމަށެވެ.

"އެލްޖީއޭއިން ކައުންސިލަރުން ސަސްޕެންޑް ކުރިކުރުމަކީ ގާނޫނު އުގޫބާތުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކުށެއް. އެއީ ރަސްމީ ހައިސިއްޔަތުން ދައުލަތުގެ މުވައްޒަފަކު އަދާކުރަމުންދާ މަސްއޫލިއްޔަތަށް ހުރަސްއަޅައި ހުއްޓުވުމަކީ ގާނޫނު އުގޫބާތުގައި ކަނޑައެޅިފައިވާ ކުށެއް. އަޅުގަނޑުމެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ކިބައިން އެދިފައިވާނެ މިކަން ތަހުގީގުކޮށް މިމައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާ ދައުވާކުރުމަށް އަމުރު ކޮށްދެއްވާށޭ. އެގޮތަށް އަމުރު ކުރުމުގެ ބާރު ހައިކޯޓަށް ލިބިގެންވޭ،" އަހުމަދު ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ މިމައްސަލަ ޔަސްރިފްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައެއް ނަމަވެސް މި މައްސަލަ ނިމޭގޮތަކުން ލާމަރުކަޒީ ނިޒާމު ހިންގުން ހަރުދާނާ ކުރުމަށާއި ކައުންސިލަރުން މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ލިބިގެންދާނެ ބާރަކަށް ވާނެކަމަށެެވެ. އަދި އިންސާފުވެރި ހުކުމެއް ލިބި، ކައުންސިލަރުން ސަސްޕެންޑް ކުރަމުންދިޔަދިޔުމަށް ނިމުމެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އަހުމަދު ވިދާޅުވި އެވެ.

"އެލްޖީއޭއިން ދެކެނީ ކައުންސިލްތަކަކީ އެލްޖީއޭގެ ޑިޕާޓްމަންޓެއްގެ ގޮތުގައި. ކައުންސިލްތައް ހިންގަންޖެހޭނެ ގޮތް ވެސް އަންގަންޖެހެނީ އެލްޖީއޭއިން، މިއީ ކުރެވޭނެ ކަމެއް ނޫން. ރައްޔިތުން އިންތިހާބު ކޮށްފައިވާ ސިޓީ އާއި އަތޮޅު އަދި ރަށު ކައުންސިލަރުންނަށް ގާނޫނުން ދީފައިވާ ބާރުތަކާއި މިނިވަންކަން އަނބުރާ އިއާދަ ކޮށްދިނުމަށްޓަކައި އަޅުގަނޑުމެން ހުށަހެޅި މައްސަލައެއް މިމައްސަލައަކީ،" ގާނޫނީ ވަކީލު އަހުމަދު ވިދާޅުވި އެވެ.

ޔަސްރިފް ވިދާޅުވީ އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވެސް ހިމެނޭ ގޮތަށް ހަތަރު ކައުންސިލަރުން ސަސްޕެންޑް ކުރުމަކީ ޖެއްސުން ކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނާމެދު ފިޔަވަޅު އަޅާ ސަސްޕެންޑް ކުރުމުން ރައްޔިތުންނަށް ހިދުމަތް ދިނުމަށް މިވަނީ ވަރަށް ބޮޑަށް ދަތިވެފައި. މިމައްސަލައަކީ ވަރަށް ބޮޑު ދުސްތޫރީ މައްސަލައެއް. އެލްޖީއޭގެ ޑިޕާޓްމަންޓްތަކެއް ހެން ކައުންސިލްތައް މަސައްކަތް ކުރާނެ ކަމަށް އެލްޖީއޭއިން ގަބޫލު ކުރުމަކީ ވަރަށް ދެރަކަމެއް. ރައްޔިތުން އިންތިހާބު ކުރާ ކައުންސިލްތަކުގައި ސަރުކާރާ ހިޔާލު ތަފާތު ކައުންސިލަރުން ތިބެދާނެކަން ސަރުކާރުންނާއި އެލްޖީއޭއިން ގަބޫލު ކުރަންޖެހޭ. ތަފާތު ހިޔާލުތަކާއެކު ނަމަވެސް ކުރިއަށް ދާންޖެހޭ. ސަރުކާރުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި ހިޔާލު ތަފާތުވުން ހުރި ކައުންސިލަރުން ބައިވެރިނުވުމަކީ ކައުންސިލަރުންނާމެދު ފިޔަވަޅު އަޅަންޖެހޭ ސަބަބެއް ނޫން. އަދި ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލާ ބާރު އެޅުމަކީ ވެސް ފިޔަވަޅު އަޅަންޖެހޭ ކަމެއް ނޫން. ޝަރުއީ ކޯޓުތަކުގެ އަމުރުތަކަށް ތަބާވުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ މައްޗަށް ލާޒިމްކަމެއް،" އައްޑޫ ސިޓީ ޑެޕިއުޓީ މޭޔަރު ޔަޝްރިފް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

07 މާރިޗު 2017

"ފ އަތޮޅު ވިއްކުމާ ދެކޮޅު ޝުޢޫރުފާޅުކުރާތީ އެމްޑީޕީގެ މެމްބަރުންނަށް ދަނީ އިންޒާރު ދެމުން"

07 މާރިޗު 2017
 "ފ އަތޮޅު ވިއްކުމާ ދެކޮޅު ޝުޢޫރުފާޅުކުރާތީ އެމްޑީޕީގެ މެމްބަރުންނަށް ދަނީ އިންޒާރު ދެމުން"
01 މާރިޗު 2017

!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް

01 މާރިޗު 2017
!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް
24 ފެބުރުއަރީ 2017

އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު

24 ފެބުރުއަރީ 2017
އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު
20 ފެބުރުއަރީ 2017

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި
15 ފެބުރުއަރީ 2017

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ
12 ފެބުރުއަރީ 2017

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު
11 ފެބުރުއަރީ 2017

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!
06 ފެބުރުއަރީ 2017

ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު

06 ފެބުރުއަރީ 2017
ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް