Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޕީއެލް

ހަތް ދުވަސްތެރޭގައި ރަޖިސްޓްރީ ނުވާ މަޖޫރީންގެ ހުއްދަ ބާތިލް ކުރަން ނިންމައިފި

5 އެޕްރީލު 2018 | ބުރާސްފަތި 04:31

އަލުން ރަޖިސްޓްރީވުމަށް ވަނީ އަންގާފަ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 5 އެޕްރީލު 2018 | ބުރާސްފަތި 04:31
ލޯކަލް މާރުކޭޓް ސަރަަހައްދުގައި އާންމު ރައްޔިތަކު މަސައްކަތުގައި

ލޯކަލް މާރުކޭޓް ސަރަަހައްދުގައި އާންމު ރައްޔިތަކު މަސައްކަތުގައި

ދުވާލު ގަޑީގައި މާލޭގައި މުދާ ނުއުފުލޭ ގޮތަށް ހަމަޖެއްސުމުން އެކަމާ އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރާ މަޖޫރީން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، މަޖޫރީންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތަށް ހަތް ދުވަސް ތެރޭގައި އަލުން ރަޖިސްޓްރީންވުމަށް އަންގައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން ބުދަ ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެމްޕީއެލް ސަރަހައްދުގައި މަޖޫރީންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތައް ހަތް ދުވަސް ތެރޭގައި ރަޖިސްޓްރީ ނުވާ މަޖޫރީންގެ ހުއްދަ ބާތިލް ކުރާނެ ކަމަށެވެ. މަޖޫރީން އަލުން ރަޖިސްޓްރީވާން ޖެހޭގޮތަށް ކަނޑައެޅީ، އާންމު ރައްޔިތުންނާއި ވިޔަފާރިކުރާ ފަރާތްތާކައި ވިޔަފާރީގެ ޙިދުމަތްތައް ލިބިގަންނަ ފަރާތައް ހިމާޔަތްކުރުމުގެ ގޮތުން ކަމަށް އެމްޕީއެލުން ބުންޏެއެވެ.

މިފަދަ ބަދަލެއް ގެންނަނަން އެމްޕީއެލް އިން ނިންމާފައިވާއިރު، މާލޭ ވިޔަފާރި ބަދަރުގައި މުދާ ހުސްކުރުމުގެ ޚިދުމަތުގެ އަގުތައް ބޮޑުވެގެން ނެގޭނެ ރޭޓްތައް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. މިބަދަލު ވެސް ގެނެސްފައި މި ވަނީ ކުއްލި ގޮތަކަށް މުދާ އުފުލާ ގަޑިތަކަށް ސަރުކާރުން ގެނައި ބަދަލާއެކުގައި މަޖޫރީންގެ މަސައްކަތުގެ އަގު ދެގުނަ ބޮޑުކޮށްފައި ވަނިކޮށެވެ.

އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރިއަށް ދަނީ

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މުދާ ހުސް ކުރުމަށް ނެގޭނެ އެންމެ ބޮޑު އަގު (މަޖޫރީންނަށް ނެގޭނެ އެންމެ ބޮޑު އަގު) ކަނޑައެޅީ މުދާ ލިބިގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަައް ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓްރީއަށް ލިބިގައިވާ ބާރުގެ ދަށުން ކަމަށެވެ. އަދި މާލޭގައި މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނައުމުން މުދަލުގެ އަގު ބޮޑުވާ ގޮތަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރާ ކަމަށް ވެސް އެ އިއުލާންގައި ބުނެގައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތުގައި މަޖޫރީންނަށް ހެނދުނު 6:00 އިން ރޭގަނޑު 12 އަށް ބިއްލޫރި ޝީޓް ފިޔަވައި އެހެން ބާވަތްތަކުގެ 20 ފޫޓް ކޮންޓެއިނަރ އަކަށް ނެގޭނީ 2500 ރުފިޔާ އެވެ. އަދި 40 ފޫޓް ކޮންޓެއިނަރަކުން ނެގޭނީ 5000 ރުފިޔާ ކަމަށާއި، ބިއްލޫރި ޝީޓް ހިމެނޭ ކޮންޓެއިނަރެއްނަމަ 20 ފޫޓް ކޮންޓެއިނާއެއް 4000 ރުފިޔާ އަދި 40 ފުޓް ކޮންޓެއިނަރަކުން ނެގޭނީ 7000 ރުފިޔާ ކަމަށް އިއުލާންގައި ބުނެފައިވެއެވެ.

އޭގެއިތުރުން މެންދަމު 12:00 އިން ހެނދުނު 6:00 އަށް ބިއްލޫރިޝީޓް ފިޔަވައި އެހެން ބާވަތްތަކުގެ ކޮންޓެއިނަރެއް ނަމަ 20 ފޫޓް ކޮންޓެއިނަރަކަށް ނެގޭނީ 4500 ރުފިޔާ އަދި 40 ފޫޓް ކޮންޓެއިނަރަކަށް ނެގޭނީ 7000 ރުފިޔާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ. އަދި ބިއްލޫރި ޝީޓްގެ 20 ފޫޓް ކޮންޓެއިނަރަކުން 4500 ރުފިޔާ ނެގޭނެކަމަށާއި، 40 ފޫޓް ކޮންޓެއިނަރަކުން ނެގޭމީ 7500 ރުފިޔާކަމަށް އިއުލާންގައި ބުނެފައިވެއެވެ.

އެއް ކޮންޓެއިނާގައި ގިނަ ފަރާތުން ގެންނަ މުދާ ވަކި ވަކިން ހުސްކުރުމަށް ވެސް މިނިސްޓްރީން އަގު ކަނޑައަޅާފައިވެއެވެ. އެގޮތުން ބިއްލޫރި ޝީޓް ފިޔަވައި އެހެން ބާވަތްތަކުން އެއް ކިއުބިކް މީޓަރުން ފެށިގެން ފަސް ކިއުބިކް މީޓަރާ ހަމަައަށް ނެގޭނީ 250 ރުފިޔާ ކަމަށާއި، އަދި ހަ ކިއުބިކް މީޓަރުން ފެށިގެން 10 ކިއުބިކް މީޓަރާ ހަމައަށް 175 ރުފިޔާ އެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް